ބެންގކޮކް (ތައިލެންޑް) ގައި މިހާރު ކުރިއަށްދާ 8 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އާކޮށްފިއެވެ. ސާޖިނާ މި ރެކޯރޑް އާކޮށްފައިވަނީ 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓް 00:39.81 އިން ފުރިހަމަކޮށްގެންނެވެ.
50 މީޓަރ ބްރެސްޓްސްޓްރޯކްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ސާޖިނާއެވެ. އެއީ 2014 ވަނަ އަހަރު ބޭއްވުނު 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 00:40.81 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި ޤައުމީ ދެވަނަ ރެކޯރޑެވެ.
National Swimming Squads Sponsored by: