News & Announcements

އިޢުލާން: 2016 ވަނަ އަހަރުގެ ޤައުމީ ސްކޮޑްތަކަށް އަދި 12 ވަނަ ސާފްގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނެ ފެތުންތެރިން ހޮވުމަށް ބޭއްވޭ ޓްރަޔަލްސް

National Squads are Sponsored by:

Sponsor - Arena Banner


2016 ވަނަ އަހަރުގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ފެތުމުގެ ސްކޮޑަށް އަދި 12 ވަނަ ސާފް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނެ ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް ޑިސެމްބަރ މަހުގެ 7 އަދި 8 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޓްރަޔަލްގައި ބައިވެރިވާން ބޭނުންވާ ފެތުންތެރިން، ޑިސެމްބަރ މަހުގެ 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭފޯރމް ފުރިހަމަކުރުމަށްފަހު، މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ރޭންކިން ޓްރަޔަލްގެ ޤަވައިދު: ޓްރަޔަލްގެ ޤަވައިދު ޑައުންލޯޑް ލިންކް

12 ވަނަ ސާފްގޭމްސް ޓްރަޔަލްގެ ޤަވައިދު: ޓްރަޔަލްގެ ޤަވައިދު ޑައުންލޯޑް ލިންކް

ޓްރަޔަލްގައި ބައިވެރިވުމަށް އެދޭފޯރމް: ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފޯރމް

ރާއްޖޭގައި ޓްރަޔަލް ބޭއްވޭތަން: މާލޭ ސްވިމިންގ ޓްރެކް، މާލެ

ޓްރަޔަލް ބާއްވާ ތާރީޚް: 7 ޑިސެމްބަރ 2015 ގައި ސީނިއަރ ސްކޮޑްއަށް  އަދި ސައުތު އޭޝިއަން ގޭމްސް ގައި ދިވެހިރާއްޖެ ތަމްޞީލް ކުރާނެ ފެތުންތެރިން ހޮވުމަށްބާއްވާ ޓްރަޔަލްސް* އަދި 8 ޑިސެމްބަރ 2015 ގައި ޖޫނިއަރ ސްކޮޑަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް.

*މި 2 ޓްރަޔަލް އޮންނާނީ އެކުއެކީގައެވެ. ކޮންމެ ފެތުންތެރިޔަކުވެސް 1 ފަހަރު އެ އިވެންޓެއް ޖެހުމުން، ދެ ޓްރަޔަލްގައިވެސް ބައިވެރިވެވުނީއެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަދަންނަވަމެވެ.

ޓްރަޔަލްގައި ބައިވެރިވުމަށް އެދޭފޯރމް: ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފޯރމް ޑައުންލޯޑްކުރެއްވުމަށް

އޮންލައިންކޮށް ފޯރމް ހުށަހެޅުއްވުމަށް:

އޮންލައިން އެޕްލިކޭޝަން ފޯރމް ލިންކް


އިޢުލާން: 2016 ވަނަ އަހަރުގެ ޤައުމީ ސްކޮޑްތަކަށް އަދި 12 ވަނަ ސާފްގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނެ ފެތުންތެރިން ހޮވުމަށް ބޭއްވޭ ޓްރަޔަލްސް