National Squads are Sponsored by:
2016 ވަނަ އަހަރުގެ ޤައުމީ ސީނިއަރ އަދި ޖޫނިއަރ ފެތުމުގެ ސްކޮޑަށް އަދި 12 ވަނަ ސާފް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާނެ ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް ޑިސެމްބަރ މަހުގެ 7 އަދި 8 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ޓްރަޔަލްގައި ބައިވެރިވާން ބޭނުންވާ ފެތުންތެރިން، ޑިސެމްބަރ މަހުގެ 6 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭފޯރމް ފުރިހަމަކުރުމަށްފަހު، މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.
ރޭންކިން ޓްރަޔަލްގެ ޤަވައިދު: ޓްރަޔަލްގެ ޤަވައިދު ޑައުންލޯޑް ލިންކް
12 ވަނަ ސާފްގޭމްސް ޓްރަޔަލްގެ ޤަވައިދު: ޓްރަޔަލްގެ ޤަވައިދު ޑައުންލޯޑް ލިންކް
ޓްރަޔަލްގައި ބައިވެރިވުމަށް އެދޭފޯރމް: ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފޯރމް
ރާއްޖޭގައި ޓްރަޔަލް ބޭއްވޭތަން: މާލޭ ސްވިމިންގ ޓްރެކް، މާލެ
ޓްރަޔަލް ބާއްވާ ތާރީޚް: 7 ޑިސެމްބަރ 2015 ގައި ސީނިއަރ ސްކޮޑްއަށް އަދި ސައުތު އޭޝިއަން ގޭމްސް ގައި ދިވެހިރާއްޖެ ތަމްޞީލް ކުރާނެ ފެތުންތެރިން ހޮވުމަށްބާއްވާ ޓްރަޔަލްސް* އަދި 8 ޑިސެމްބަރ 2015 ގައި ޖޫނިއަރ ސްކޮޑަށް ފެތުންތެރިން ހޮވުމަށް ބާއްވާ ޓްރަޔަލްސް.
*މި 2 ޓްރަޔަލް އޮންނާނީ އެކުއެކީގައެވެ. ކޮންމެ ފެތުންތެރިޔަކުވެސް 1 ފަހަރު އެ އިވެންޓެއް ޖެހުމުން، ދެ ޓްރަޔަލްގައިވެސް ބައިވެރިވެވުނީއެވެ.
ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަދަންނަވަމެވެ.
ޓްރަޔަލްގައި ބައިވެރިވުމަށް އެދޭފޯރމް: ޓްރަޔަލްގައި ބައިވެރިވުމަށް އެދޭ ފޯރމް ޑައުންލޯޑްކުރެއްވުމަށް
އޮންލައިންކޮށް ފޯރމް ހުށަހެޅުއްވުމަށް:
އޮންލައިން އެޕްލިކޭޝަން ފޯރމް ލިންކް