News & Announcements

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު

2016 ވަނަ އަހަރު ބުޑަޕެސްޓް (ހަންގޭރީ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: މާރޗް 21 ން 10 ޖޫން 2016ގެ ނިޔަލަށް.
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ޔުނިވަރސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން، ބުޑަޕެސްޓް، ހަންގޭރީ
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިބވާ ޚިދުމަތް އަދި ކުރަމުންދާ މައްސައްކަތް.
  • ނަންފޮނުވުމުގައި އަންހެން އެޕްލިކަންޓުންނަށް އިސްކަން ދެވޭނެއެވެ.

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ ފަރާތަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕާސްޕޯރޓް ކޮޕީ

ސުންގަޑި: 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00

އަމިއްލަ ގޮތުން މިކޯހުގައި ބައިވެރިވުން.

އަމިއްލަ ޚަރަދުގައި މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުންވެސް މަތީގައި ދަންނަވާފައިވާ ލިޔުންތައް 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އެބޭފުޅަކު ހުށަހާޅާ ސިޓީގައި ބައިވެރިވާން ބޭނުންވަނީ އަމިއްލަގޮތުންކަން ބަޔާންކޮށްފައި އޮންނަން ވާނެއެވެ. (އަމިއްލަ ގޮތުން ބައިވެރިވާނަމަ ކުރަންޖެހޭނެ ބޮޑެތި ޚަރަދުތައް: މިކޯހުގެ ފީގެ ގޮތުގައި 6900 ޔޫރޯ އަދި ހުރުމާއި، ކެޔުމާއި، ޓިކެޓް)

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ 45 ދުވަސް ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު