News & Announcements

ބްރެސްޓްސްޓްރޯކް 50 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް 2 ވަނަފަހަރަށް ސާޖިނާ އާކޮށްފި

National Squads are Sponsored by:

Sponsor - Arena Banner


އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ދެވަނަ ފަހަރަށް އާއިޝަތު ސާޖިނާ އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފައިވަނީ މިއަދު ހަވީރު ބޭއްވި މިއިވެންޓްގެ ފައިނަލްގައި 00:39.30 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

2015 ވަނަ އަހަރު އާކޮށްފައިވާ 50 މީޓަރ ބްރެސްޓްސްޓްރޯކްގެ ކުރީގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި މި އިވެންޓްގެ ހީޓްގައި 00:39.68 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއާއިއެކު މިމުބާރާތުގައި އެއްދުވަހު އެއްއިވެންޓަކުން ޤައުމީ 2 ރެކޯރޑެއް އާކުރުމުގެ ޝަރަފް ސާޖިނާ ވަނީ ޙާޞިލްކޮށްފައެވެ.

މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 6 ވަނަ ޤައުމީ ރެކޯރޑެވެ.

Show All Results of 12th South Asian Games 2016

official photographer of 12th South Asian Games Team Maldives

our sponsors and partners

ބްރެސްޓްސްޓްރޯކް 50 މީޓަރ އިވެންޓްގެ ޤައުމީ ރެކޯރޑް 2 ވަނަފަހަރަށް ސާޖިނާ އާކޮށްފި