News & Announcements

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓްރެއިނިންގ ސްކޮލަރޝިޕްގައި ނިޝްވާން ސައުތު އެފްރިކާއަށް

National Squads are Sponsored by:

Sponsor - Arena Banner


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރާއްޖެއަށް ހޯދައިދިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ޓްރެއިނިންގ ސްކޮލަރޝިޕްގައި ދިވެހިރާއްޖޭގެ އެންމެ ބާރު އެއްފެތުންތެރިޔާ، ނިޝްވާން އިބްރާޙީމް ފުރައިފިއެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ޚަރަދުގައި ނިޝްވާންގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ސައުތު އެފްރިކާގެ ޑާރބަންގައި ހިންގަމުންދާ ޕްރައިމް ހިއުމަން ޕަރފޮރމަންސް އިންސްޓިޓިއުޓް ގައެވެ. މި އިންސްޓިޓިއުޓަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ ފެންވަރު ރަނގަޅު ސްޕޯރޓްސް އިންސްޓިޓިއުޓް ތަކުގެތެރޭގައި ހިމެނޭ އެއް އިންސްޓިޓިއުޓެވެ.

2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށް އަޒުމް ކަނޑައަޅާފައިވާ ނިޝްވާން ވަނީ ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ޤައުމީ ރެކޯރޑްތަކެއް އާކޮށް، 2014 ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

އޮލިމްޕިކް ޓްރެއިނިންގ ސްކޮލަރޝިޕްގެ ދަށުން މިހާރުވެސް ދިވެހިރާއްޖޭގެ 2 ފެތުންތެރިން ކަމަށްވާ އައިމިނަތު ޝަޖަން އަދި އާއިޝަތު ސާޖިނާ އަންނަނީ ތައިލެންޑްގެ ޕުކެޓްގައި ހިންގަމުންދާ ތަންޔަޕޫރަ ހައިޕްރޮފޮރމަންސް ޓްރެއިނިންގ ސެންޓަރގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންނެވެ. މި ދެފެތުންތެރިން ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސް 2016 ގައި ގިނަ ޤައުމީ ރެކޯރޑްތަކެއް އާކޮށްފައެވެ. އަދި، ސަޖަން ވަނީ މިމުބާރާތުގައި ބްރައުންޒް މެޑަލްއެއް ދިވެހިރާއްޖެއަށް ހޯދައިދީފައެވެ.

our sponsors and partners

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓްރެއިނިންގ ސްކޮލަރޝިޕްގައި ނިޝްވާން ސައުތު އެފްރިކާއަށް