ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތް ހއ. ދިއްދޫގައި

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު ބާއްވަން ހަމަޖެހިފައިވާ ޤައުމީ ދިގުފެތުމުގެ 12 ވަނަ މުބާރާތް ހއ. ދިއްދޫގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީން ހަމަޖައްސާފައިވަނީ ޤައުމީ ދިގުފެތުމުގެ މުބާރާތް މާލެ ނޫނީ މާލެ ހިމެނޭ ސަރަޙައްދުގައި ބޭއްވޗުމުގެ ބަދަލުގައި މިއަހަރުން ފެށިގެން ކޮންމެވެސް އެއް އަތޮޅެއްގައި ބޭއްވުމަށެވެ. މިގޮތުން މިއަހަރުގެ މުބާރާތް ބާއްވަން ހަމަޖައްސާފައިވަނީ ހއ. ދިއްދޫގައެވެ.

ރާއްޖޭގައި ބާއްވާ ފެތުމުގެ އެންމެ ދިގު ރޭސްތައް ހިމެނޭ މި މުބާރާތް ހއ. ދިއްދޫގައި މިއަހަރުގެ މޭމަހުގެ 6 އަދި 7 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައި މިހާރު ވަނީ އެކަން ހއ. ދިއްދޫ ކައުންސިލަށާއި ހއ. އަތޮޅު ކައުންސިލަށް އަންގާފައެވެ. އަދި މި މުބާރާތް ބޭއްވުމުގައި ދިއްދޫ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ދިއްދޫގައި ބާއްވާ ޤައުމީ 13 ވަނަ ދިގުފެތުމުގެ މުބާރާތުގައި އޮންނާނީ 5 ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހާއި 1 ކިލޯ މީޓަރުގެ ދިގުމިނުގެ ރޭހެވެ. އަދި ޢުމުރުން 35 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށް 1 ކިލޯ މީޓަރުގެ ރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި އަންހެން ފެތުންތެރިންނާއި ފިރިހެން ފެތުންތެރިން ވާދަކުރާނީ ވަކިވަކިންނެވެ.

ޤައުމީ ދިގުފެތުމުގެ މުބާރާތުން އެކި ވަނަތަކަށްދާ ފެތުންތެރިންނަށް ފައިސާގެ އިނާމާއި މެޑެލް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2016 މޭމަހުގެ 1 ވަނަ ދުވަހުގެ 14:00 އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި މިއެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަކޮށް 2016 މޭ 1 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

މުބާރާތުގެ ޤަވާޢިދާއި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އޭގެ އިތުރުން ހއ. ދިއްދޫ ކައުންސިލް އިދާރާއިންވެސް މުބާރާތުގެ ޤަވާޢިދާއި ފޯމު ލިބެންހުންނާނެއެވެ.

our sponsors and partners

ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތް ހއ. ދިއްދޫގައި