News & Announcements

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް ދައުރަށް ހިންގާކޮމިޓީ އިންތިޚާބުކޮށްފި

new executive committee of swimming association

ކުރިއަށް އޮތް ހަތަރު އަހަރުދުވަހުގެ ދައުރަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފިއެވެ. 57 މެންބަރުންނާއި އެކު، މިރޭ މާލޭ ޔޫތު ސެންޓަރުގެ ސެމިނަރ ހޯލްގައި ބޭއްވި މި އިންތިޚާބުގައި ކުރިއަށްއޮތް ދައުރުގެ ރައީސްކަމަށް 51 ވޯޓުން ލިބިވަޑައިގެން އިންތިޚާބުވެވަޑައިގަތީ މިހާރުވެސް މިމަޤާމް ހުންނެވި މއ.ޓިއުލިޕްވިލާ، މުޙައްމަދު އަބްދުއްސައްތާރެވެ. 50 ވޯޓު ލިބިވަޑައިގެން ނައިބު ރައީސް ކަމަށް ހޮވިވަޑައިގަތީ އެސޯސިއޭޝަނުގެ ނައިބު ރައީސް ކަމުގެ މަޤާމު މިހާރުވެސް ހުންނެވި ފ.ނިލަންދޫ، ހިކިހުވަނދުމާގެ، އިސްމާޢީލް ޢަލީ އެވެ. ޚަޒާންދާރުގެ މަޤާމަށް 48 ވޯޓާއިއެކު އިންތިޚާބުވެވަޑައިގަތީ ބ.ތުޅާދޫ، ފެހިވިލު ޢަލީ ޝަމީމެވެ.

އާންމު މެންބަރުން ތަމްޞީލްކުރެއްވުމަށް އިންތިޚާބުވެވަޑައިގެންވި 3 ބޭފުޅުންނަކީ ދަފްތަރު ރސ 9731، މުޙައްމަދު ސަމީރު (56 ވޯޓު)، ގ.މޭވާގެ، ޙަސަން ސިރާރު (55 ވޯޓު) އަދި ގ.ބްލޫލައިން، ޔާމީން ފައިސަލް އިބްރާޙީމް (36 ވޯޓު) އެވެ.

އެސޯސިއޭޝަނުގެ 5 މެންބަރު ކްލަބުން، އެސޯސިއޭޝަނުގެ ހިންގާކޮމިޓީގައި އެކްލަބުތައް ތަމްޞީލްކުރުމަށް އިންތިޚާބުކުރީ މ.ހަތިހާ، އަޙްމަދު ފަޔާޟް (4 ވޯޓު) އެވެ.

މިއިންތިޚާބުގެ ކަންތައްތައް ބަލަހައްޓަވައިދެއްވީ ޢަލީ ސަލީމް އަދި މުޙައްމަދު އަނީލް އެވެ. މިއިންތިޚާބުގެ ކަންކަން ހިނގާދިޔަގޮތް އޮބްޒާރވްކުރެއްވުމަށްޓަކައި ކުޅިވަރުގެ ޤައުމީ މަޖްލީހުގެ ފަރާތުން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން މަންދޫބުން ބައިވެރިވިއެވެ.

އިންތިޚާބުގެ ވޯޓުގެ ނަތީޖާ ނިމުމާއިއެކު އެސޯސިއޭޝަނުގެ މިހާރުގެ އަދި އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު އަބްދުއްސައްތާރު މެންބަރުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވިއެވެ. އަދި ފެތުމުގެ ކުޅިވަރު މިހާރަށްވުރެ ކުރިއަރުވައި ރަނގަޅުނަތީޖާތަކެއް ހޯއްދެވުމަށް ކުރިއަށްއޮތް ދައުރުގައިވެސް މަސައްކަތްކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އެސޯސިއޭޝަނުން ރާވައިހިންގާ ޙަރަކާތްތަކުގައި މެންބަރުންގެ ފަރާތުންނާއި އެސޯސިއޭޝަނަށް ހެޔޮއެދޭފަރާތްތަކުން އަދި އެސޯސިއޭޝަނުގެ ސްޕޮންސަރުންގެ ފަރާތުން އަދި ވަކިން ޚާއްސަކޮށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.

Newly Elected Executive Committee

Ex-Officio Members

President

MOHAMED ABDUL SATTAR

Vice President

ISMAIL ALI

Treasurer

ALI SHAMEEM


Individual Member Representatives

HASSAN SIRAAR

MOHAMED SAMEER

YAAMIN FAISAL IBRAHIM


Club Representative

AHMED FAYAZ


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް ދައުރަށް ހިންގާކޮމިޓީ އިންތިޚާބުކޮށްފި