މާލޭ ސްވިމިންގ ޓްރެކް ސަރަޙައްދަށް ބަޔަކުމީހުން ކަޅުތެޔޮ އަޅައި ތަކެއްޗަށް ގެއްލުންދިން މައްސަލަ ކުށްވެރިކޮށް ނެރޭބަޔާން

photo by: firas afeef

މާލޭ އިރުދެކުނު ފަރާތު މޫދަށްއެރޭ ސަރަޙައްދުގައި މިއެސޯސިއޭޝަނުން ޤާއިމް ކޮށްފައިވާ ޕްލެޓްފޯރމްތައް މައްޗަށާއި މޫދުތެރެއަށް ރޭގެ ވަގުތެއްގައި ބަޔަކު މީހުން ގިނަ ޢަދަދެއްގެ ކަޅުތެޔޮ އަޅައި، ޕްލެޓްފޯރމްތަކަށް ގެއްލުންދީ ހަދާފައިވާކަން މިއެސޯސިއޭޝަނުން ހިތާމައާއިއެކު ފާހަގަ ކުރަމެވެ.

އެސަރަޙައްދަކީ، އެކި އުމުރުފުރާތަކުގެ މީހުން ފަތަން ދަސްކުރުމަށާއި، ކަސްރަތުގެ ގޮތުން ފެތުމަށް ބޭނުންކުރާ ސަރަޙައްދެއްގެ އިތުރުން ވާދަވެރި ފެތުންތެރިން ތަމްރީންކުރުމަށް ބޭނުންކުރާ އަދި މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުން މޫދަށްއެރި، އުފާފާޅުކުރުމަށް ބޭނުންކުރާ ސަރަޙައްދެކެވެ.

އިސްވެދެންނެވިފަދަ އިޖްތިމާޢީ ޙަރަކާތްތަކެއް ރައްޔިތުންގެ އެތައްބަޔަކު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ހިންގަމުންދާ ސަރައްޙައްދަކަށް ކަޅުތެޔޮ އަޅައި އެތައްބަޔަކަށް އޭގެ ގެއްލުން ލިބޭނެފަދަ ނާތަހުޒީބު ކަންކަން ކުރުމަކީ ތަހުޒީބީ މުޖްތަމަޢެއްގައި ކުރެވިގެންވާނެ ކަމެއް ނޫންކަމަށް މިއެސޯސިއޭޝަނުން ދެކެމެވެ.

މާލޭ ސްވިމިންގ ޓްރެކް ސަޙައްދުގެ ސާފުތާހިރުކަން ދަމަހައްޓައި، ރައްކާތެރިތަނެއްގެ ގޮތުގައި ސާފުތާހިރުކަންމަތީ އެސަރަޙައްދު އަބަދުވެސް ދެމިއޮތުމަކީ ސްވިމިންގ ޓްރެކްސަރަޙައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމުގައި ވާތީވެ، ސްވިމިންގ ޓްރެކް ސަރަޙައްދު ހަޑިވާނެފަދަ އަދި އެތަނުގައި ހުރި ތަކެއްޗަށް ގެއްލުން ލިބޭނެފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް މިއެސޯސިއޭޝަނުން އިލްތިމާސް ކުރަމެވެ.


photo by: firas afeef

photo by: firas afeef

our sponsors and partners

މާލޭ ސްވިމިންގ ޓްރެކް ސަރަޙައްދަށް ބަޔަކުމީހުން ކަޅުތެޔޮ އަޅައި ތަކެއްޗަށް ގެއްލުންދިން މައްސަލަ ކުށްވެރިކޮށް ނެރޭބަޔާން