News & Announcements

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ފަށައިފި

from the opening ceremony 

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމުޢިއްޔާ، ފީނާ އާއި މި އެސޯސިއޭޝަނާއި ގުޅިގެން ހިންގާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް މިއަދު ފަށައިފިއެވެ. މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް ގެ ސެމިނަރ ރޫމްގައި ކުރިއަށްގެންދާ މި ކްލިނިކްގައި 22 މީހުން ބައިވެރިވެފައިވެއެވެ.

ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުންދާ ކޯޗުންނާއި، އަލަށް ކޯޗިންގެ ދާއިރާގައި ޚަރަކާތްތެރިވާން ބޭނުންވާ ފެތުންތެރިންނާއި ރިޓަޔަރޑް ފެތުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ 10 ދުވަހުގެ މި ކްލިނިކްގައި ތިއަރީ ސެޝަންތަކުގެ އިތުރުން ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިކްލިނިކް ގައި ކިޔަވާދެއްވާނީ އިނގިރޭސިވިލާތުގެ ޖޭމްސް މާރޓިން ރިޗަރޑްސް އެވެ. ޖޭމްސް އަކީ ލީޑްސް މެޓްރޮޕޯލިއަން ޔުނިވަރސިޓީއިން ސްޕޯރޓްސް ކޯޗިންގގެ ދާއިރާއިން އޮނަރސް ޑިގްރީ ޙާޞިލްކޮށްފައިވާ އަދި ޔޫ.ކޭ.ސީ.ސީ ލެވެލް 3 ސްވިމިންގ ކޯޗެކެވެ.

މި ކްލިނިކް ފެށުމުގެ ރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު އަބްދުއްސައްތާރު ދެއްކެވި ވާހަކަފުޅުގައި، މި ކްލިނިކްގައި ކޯޗުންއުނގެނޭ ތަކެތި ރާއްޖޭގެ ފެތުންތެރިން ކުރިއެރުވުމަށް ބޭނުންކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


our sponsors and partners

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ފަށައިފި