News & Announcements

ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ދިވެހިރާއްޖޭގެ ފެތުންތެރިން ފުރައިފި

swimmers representing maldives at the 1st south asian aquatic championships 2016 (photo by: Firass)

މި އޮކްޓޯބަރު މަހުގެ 18 ން 23 ށް ސްރީލަންކާގެ ކޮލޮންބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ރާއްޖޭގެ ފެތުންތެރިން ރާއްޖެއިން ފުރައިފިއެވެ. ސާކް ސަރަޙައްދުގެ ޤައުމުތަކަށް ހުޅުވާލައިގެން ސައުތު އޭޝިއަން ސްވިމިންގ ފެޑަރޭޝަނާއި ސްރީލަންކާ އެކުއަޓިކް ސްޕޯރޓްސް ޔޫނިއަންއާއި ގުޅިގެން ބޭއްވޭ މިމުބާރާތުގައި ސާރކް ސަރަޙައްދުގެ 7 ޤައުމަކުން ބައިވެރިވެއެވެ. އެއީ، އަފްގާނިސްތާން، ބަންގަލަދޭޝް، އިންޑިއާ، ޕާކިސްތާން، ނޭޕާލް، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.

މިމުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރާނީ 23 ފެތުންތެރިންނެވެ.

ފިރިހެން ފެތުންތެރިން:

  • މުޙައްމަދު ނަޒްރާން ނަޒީރު
  • ލީވާން އަބްދުލް ސައްތާރު
  • ޙަސަން ޒައިން
  • ޢަލީ އިއްމާން
  • ޙަސަން އަޝްރަފް
  • އުމަރު ޢަލީ ރިޔާޒު
  • އިސްމާޢީލް މުޢުތަސިމް އަދުނާން

އަންހެން ފެތުންތެރިން:

  • އައިޝަތު ސާޖިނާ
  • އައިމިނަތު ޝަޖަން
  • އައިޝަތު ސައުސަން
  • އައިމިނަތު އަޒްކާ އާދިލް
  • އައިޝަތު މުފްލިޙާ ޒިޔާދު
  • ފާތިމަތު ޒުހާ ޒިޔާދު
  • އައިމިނަތު ޒާނާ ޝިރާޒް
  • އައިޝަތު ތުޙުފާ ނާޒިމް
  • އަންމާޢު އަޙްމަދު ސަލީމް
  • އަފްލާކް ތާއިޢާ ބިންތި ސުޢޫދު
  • ތޫލާ އަބްދުލް ޙަސީބް
  • އައިޝަތު ޙުލްވާ ޚުލައިލް
  • އައިޝަތު އުލްޔާ ޝާއިޤް
  • އީމާ މުޙައްމަދު ފަޙުމީ
  • އައިމިނަތު ޖުހައިނާ މުޙައްމަދު
  • ޙަމްނާ އަޙްމަދު

ދިވެހިރާއްޖޭގެ ފެތުންތެރިންގެ ކޯޗުންގެ ގޮތުގައި ޚަރަކާތްތެރިވާނީ އިސްމާޢީލް ފަރުޙާނު އަދި މުޙައްމަދު ޒާޙިދެވެ.  މެނޭޖަރެއްގެގޮތުގައި ޓީމާއި ޙަވާލުވެގެން ހުންނާނީ ޢަލީ ޝަމީމެވެ. އަދި އެސިސްޓަންޓް މެނޭޖަރެއްގެ ގޮތުގައި މަރިޔަމް ނަފްޙާ ޢަލީ ޚަރަކާތްތެރިވާނެއެވެ.

ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ މިމުބާރާތުގައި އަށާރައަހަރުން މަތި، އަށާރައަހަރުން ދަށް އަދި ފަނަރަ އަހަރުން ދަށުގެ އުމުރުފުރާތަކުގައި ފެތުންތެރިން ވާދަކުރާނެއެވެ.


our sponsors and partners

ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ދިވެހިރާއްޖޭގެ ފެތުންތެރިން ފުރައިފި