News & Announcements

މިހާތަނަށް ހަތަރު ޤައުމީ ރެކޯރޑާއި، 14 މެޑަލް: ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސް

under 18 girls relay team, 1st south asian aquatic championships

އޮކްޓޯބަރ 18 ން 23 ސްރީލަންކާގެ ކޮލޮންބޯގައި ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ 3 ވަނަ ދުވަހުގެ އިވެންޓްތައް ނިމުނު އިރު، ދިވެހިރާއްޖޭގެ ފެތުންތެރިންވަނީ ދިވެހިރާއްޖެއަށް މުޅި ޖުމްލަ 14 މެޑަލް ހޯދައިދީ، 4 އިވެންޓެއްގެ ޤައުމީ ރެކޯރޑް އާކޮށްފައެވެ.

މުބާރާތުގެ 3 ވަނަ ދުވަހު ފެތުންތެރިން ދިވެހިރާއްޖެއަށް ހޯދައިދީފައިވާ މެޑަލްތަކުގެ ތަފްޞީލް:

200 މީޓަރ ބްރެސްޓް ސްޓްރޯކް، 18 އަހަރުން މަތި، އަންހެން، ރިހި މެޑަލް.

ޢާއިޝަތު ސާޖިނާ

4 ގުނަ 100 ފްރީސްޓައިލް ރިލޭ، 15 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.

  • ހަމްނާ އަޙްމަދު
  • އީމާ މުޙައްމަދު ފަހުމީ
  • އާމިނަތު ޖުޙައިނާ މުޙައްމަދު
  • އައިޝަތު އުލްޔާ ޝާއިޤް

4 ގުނަ 100 ފްރީސްޓައިލް ރިލޭ، 18 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.

  • އަންމާޢު އަޙްމަދު ސަލީމް
  • އައިޝަތު ތުހުފާ ނާޒިމް
  • ފާތިމަތު ޒުހާ ޒިޔާދު
  • އާމިނަތު ޒާނާ ޝިރާޒް

މި މުބާރާތުގެ 3 ވަނަ ދުވަހުގެ އިވެންޓްތައް ނިމުނު އިރު ދިވެހިރާއްޖޭގެ ފެތުންތެރިންވަނީ 12 ރަންވަންލޯ މެޑަލްއާއި، 2 ރިހި މެޑަލް ހޯދައިފައެވެ. އަދި ވަނީ ޤައުމީ 4 ރެކޯރޑެއް އާކޮށްފައެވެ.


our sponsors and partners

މިހާތަނަށް ހަތަރު ޤައުމީ ރެކޯރޑާއި، 14 މެޑަލް: ފުރަތަމަ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސް