ދިވެހިރާއްޖޭގެ ފެތުންތެރިންނާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބެސެޑަރ ބައްދަލުކޮށްލައްވައިފި

swimmers with maldivian ambassador for sri lanka

ސްރީލަންކާގެ ކޮލޮންބޯގައި މިހާރު ކުރިއަށްދާ ފުރަތަމަ ސައުތު އޭޝިއަން އެކުއެޓިކް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ފެތުންތެރިންނާއި ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ އެންބެސެޑަރ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށްދިޔައީ ސޯސަންވިލާގައި ހުންނަ، މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައެވެ. މިބައްދަލުކޮށްލެއްވުމުގައި، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީގެ އިސްވެރިންނާއި މިއެސޯސިއޭޝަނުގެ އިސް ވެރިން ބައިވެރިވެލެއްވިއެވެ.

މިބައްދަލުވުމުގައި އެންބެސެޑަރ ޒާޙިޔާ ޒަރީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ފެތުންތެރިން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް އެފެތުންތެރިންނަށް މަރުޙަބާ ދެންނެވިއެވެ. އަދި މީގެއިތުރުން، ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތައް ކުރިއަށްދާމިންވަރު ފާހަގަކޮށް މިިއެސޯސިއޭޝަނުގެ އިސްވެރިންނަށާއި، ހީވާގި ކޯޗުންނާއި، ފެތުންތެރިން، އަދި އެފެތުންތެރިންގެ ބެލެނިވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ކުރިއަށް އޮތްތަނުގައި ދިވެހިރާއްޖެ ތަމްޞީލްކުރާ މުބާރާތްތަކުގައިވެސް އިތުރު ކާމިޔާބީތައް ހޯދުމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ސްވިމިންގ އެސޯސިއޭޝަނުގެ ރައީސް، ދެއްކެވި ވާހަކަފުޅުގައި، އެމްބެސެޑަރ ދިވެހިފެތުންތެރީންނާއި ބައްދަލުކޮށްލެއްވީތީ އެކަމަށްޓަކައި އެކަމަނާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މުބާރާތް ކުރިއަށްދިޔައިރު އެންބަސީގެ ފަރާތުން ލިބުނު އެހީތެރިކަންފާހަގަކޮށް، އެކަމަށްވެސް އެންބެސެޑަރ އަށާއި، އެންބަސީގެ އިސްވެރިންނަށް ޝުކުރުޢަދާކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުން ނިންމަވާލެއްވީ ދިވެހިފެތުންތެރިންގެ ޝަރަފުގައި އެންބެސަޑަރ ދެއްވި ރޭގަނޑުގެ ފަރިއްކޮޅަކުންނެވެ.


our sponsors and partners

ދިވެހިރާއްޖޭގެ ފެތުންތެރިންނާއި ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބެސެޑަރ ބައްދަލުކޮށްލައްވައިފި