ތުއްތުކުދިންނާއި މުޢާމަލާތް ކުރުމާއިބެހޭ ވޯރކްޝޮޕެއް ސްވިމިންގ ކޯޗުންނަށް ހިންގައިފި

from workshop

ތުއްތުކުދިންގެ އުޅުންދެނެގަނެ، އެކުދީންނާއި މުޢާމަލާތްކުރާނެ ގޮތްތަކާއި ބެހޭ ވޯރކްޝޮޕެއް ސްވިމިންގ ކޯޗުންނަށް ހިންގައިފިއެވެ. އިންސްޓިޓިއުޓް ފޮރ މެންޓަލް ވެލްބީންގ އާއި ސްވިމިންގ އެސޯސިއޭޝަނާއި ގުޅިގެން ހިންގި މިވޯރކްޝޮޕްގައި، ތުއްތުކުދިންނާއި މުޢާމަލާތްކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، އެކުދިންގެ އުޅުން ދެނެގަންނާނެ ގޮތްތަކާއި، އެކުދީންގެ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ޙައްލުހޯދައިދިނުމަށް ކުރެވިދާނެކަންކަމާއި ބެހޭގޮތުން ވަނީ މަޢުލޫމާތުދީފައެވެ.

ރާއްޖޭގައި މިވަގުތު ޚަރަކާތްތެރިވާ އެންމެ މަތީލެވެލްގެ ސްވިމިންގ ކޯޗުންނަށް އަމާޒުކޮށްގެން ހިންގިމި ވޯރކްޝޮޕްގައި ޖުމްލަ 15 ކޯޗުން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ ސެމިނަރ ރޫމްގައި މިއަދު ކުރިއަށްދިޔަ މި ވޯރކްޝޮޕްގައި އިންސްޓިޓިއުޓް ފޮރ މެންޓަލް ވެލްބީންގގެ ފަރާތުން ކޯޗުންނަށް މަޢުލޫމާތުދެއްވީ އައިޝަތު ސަނޫރާއެވެ. ސަނޫރާއަކީ މިދާއިރާއިން މަތީތަޢުލީމް ޙާޞިލްކޮށްފައިވާ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ސައިކޮލޮޖީ  ލެކްޗަރަރ އެއްގެ މަޤާމް ފުރަމުންދާ ފުންނާބުއުސް ބޭފުޅެކެވެ.

އިންޓިޓިއުޓް ފޮރ މެންޓަލް ވެލްބީންގ އަކީ އާއިލާތަކާއި، ކުދިބޮޑު އެންމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކޮށް ނަފްސާނީ ބަލިތަކަށް ފަރުވާދޭ އިންސްޓިޓުޓްއެކެވެ. މި އިންސްޓިޓުޓްގެ ފަރާތުން ނަފްސާނީ ބަލިތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ނަފްސާނީ ބަލިތަކާއި ގުޅުންހުރި ދިރާސާތަށް ވަރަށް ފުޅާދާއިރާއެއްގައި ދަނީރާއްޖޭގައި ކުރަމުންނެވެ.

މިއީ ސްވިމިންގ ކޯޗުންނަށް އަމާޒުކޮށްގެން މިފަދަ ވޯރކްޝޮޕެއް ހިންގި ފުރަތަމަފަހަރެވެ.

Institute for Mental Well-Being 


our sponsors and partners

ތުއްތުކުދިންނާއި މުޢާމަލާތް ކުރުމާއިބެހޭ ވޯރކްޝޮޕެއް ސްވިމިންގ ކޯޗުންނަށް ހިންގައިފި