News & Announcements

ތަފާތު ބޮޑު ނަތީޖާ އަކުން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އައުކޮށްފި

nishwan at the rio2016 olympic games, photo by: usha fath

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި ތަފާތު ބޮޑު ނަތީޖާއަކުން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އިބްރާހީމް އައުކޮށްފިއެވެ.

މިއަދު ކެނެޑާގެ ވިންޑްސާގައި ކުރިޔަށްދިޔަ 100 މީޓަރު ބަޓަފްލައި އިވެންޓުގައި ރާއްޖެއިން ވާދަކުރީ އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި ނިޝްވާން އިބްރާހީމް އެވެ.

ދުނިޔޭގެ ތަފާތު ޤައުމުތަކުގެ 8 ފެތުންތެރިން ވާދަކުރި މިއިވެންޓް ނިޝްވާން އިބްރާހީމް ފުރިހަމަ ކޮށްފައިވަނީ 01:00.71 ންނެވެ. އިސްމާޢީލް މުޢުތަސިމް ޢަދުނާން އިވެންޓް ފުރިހަމަ ކޮށްފައިވަނީ 01:05.97 ންނެވެ.

މިއަދު 100 މީޓަރު ބަޓަފްލައިގެ އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފައިވަނީ މީގެ ކުރިން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑަށްވުރެ 8 ސިކުންތު އަވަސް ވަގުތަކުންނެވެ. 100 މީޓަރު ބަޓަފްލައި އިވެންޓުގެ ރެކޯޑް މީގެ ކުރިން އޮތީ މުޙައްމަދު މުއުތަސިމް ޢަދުނާނުގެ އަތުގައެވެ. 2014 ވަނައަހަރު ޤަތަރުގެ ދޯހާގައި އޮތް 12 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި 100 މީޓަރު ބަޓަފްލައިގެ ޤައުމީ ރެކޯޑް ހަދާފައިވަނީ 01:08.13 ންނެވެ.

ނިޝްވާން އިބްރާހީމް އަކީ ރާއްޖޭގެ ހުނަރުވެރި ފެތުންތެރިއެކެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ނިޝްވާން އިބްރާހީމް ތަޢުލީމު ޙާޞިލްކުރުމާއެކު މިހާރު ފެތުމުގެ ތަމްރީނު ހަދަމުންދަނީ ދެކުނު އެފްރިކާގެ ޑާބަންގައެވެ.

އިއްޔެ ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ.


our sponsors and partners

ތަފާތު ބޮޑު ނަތީޖާ އަކުން 100 މީޓަރު ބަޓަފްލައި އިވެންޓުގެ ޤައުމީ ރެކޯޑް ނިޝްވާން އައުކޮށްފި