އިތުރު 2 ޤައުމީ ރެކޯރޑެއް އައުކޮށްފި

nishwan and shajan at 2014 award night

ކެނެޑާގެ ވިންޑްސާގައި މިހާރު ކުރިޔަށްދާ 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައި، ފިރިހެނުންގެ ޝޯރޓްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓް އަދި އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފިއެވެ.

ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓް 00:56.25 ސިކުންތުން ނިންމައިގެން ޤައުމީ ރެކޯރޑް އާކޮށްފައިވަނީ ނިޝްވާން އިބްރާޙީމެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން ވެސް އައުކޮށްފައިވަނީ ނިޝްވާނެވެ. އެއީ 2013 ވަނަ އަހަރު ޤަތަރުގެ ދޯހާގައި ބޭއްވި 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 100 މީޓަރު ފްރީސްޓައިލް އިވެންޓް 00:56.81 ސިކުންތުން ނިންމައިގެންނެވެ.

އަންހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ އާމިނަތު ޝަޖަންއެވެ. ޝަޖަން ވަނީ މިއިވެންޓް 00:29.81 ސިކުންތުން ނިންމާފައެވެ. މި ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ އާމިނަތު ރޫޔާ ޙުސައިންއެވެ. 2008 ވަނަ އަހަރު ޔޫކޭ ގެ މެންޗެސްޓަރ ގައި ބޭއްވި 9 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 50 މީޓަރ ފްރީސްޓައިލް އިވެންޓް ރޫޔާ ފުރިހަމަކޮށްފައިވަނީ 00:29.84 ސިކުންތުންނެވެ.

މިމަހު 7 ވަނަދުވަހު ކެނެޑާގައި ފެށި 13 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ރާއްޖެ ތަމްސީލުރަނީ ނިޝްވާން އިބްރާހީމް އާއި އިސްމާޢީލް މުއުތަސިމް ޢަދުނާން އާއި އާމިނަތު ޝަޖަންގެ އިތުރުން ޢާއިޝަތު ސައުސަން އެވެ. ޓީމާ ޙަވާލުވެގެން ކެނެޑާއަށް ގޮސްފައިވަނީ ޤައުމީ ހެޑްކޯޗް އިސްމާޢީލް ފަރުޙާނު އެވެ. މި މުބާރާތުގެ މިހާތަނަށް ދިވެހި ފެތުންތެރިންވަނީ ޤައުމީ 5 ރެކޯރޑެއް އައުކޮށްފައެވެ.


our sponsors and partners

އިތުރު 2 ޤައުމީ ރެކޯރޑެއް އައުކޮށްފި