ސްވިމިންގ އެސޯސިއޭޝަންގައި ކޯޗުންގެ ގޮތުގައި އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ޤައުމީ ހެޑް ކޯޗް
- ބޭނުންވާ ޢަދަދު: 1
- ފެންވަރު ނުވަތަ ޝަރުޠު:
- ■3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ޕްރޮގްރާމެއް ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވުން. ނުވަތަ ބައިނަލް އަޤުވާމީ ކޯޗިންގ އެސޯސިއޭޝަނަކުން ލެވެލް 2 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.
- ■ ނެޝަނަލް ސްވިމިންގ ކޯޗިންގ ލެވެލް 1 ފުރިހަމަކޮށްފައިވުން. ނުވަތަ ފީނާ އެޑްވާންސް ކޯޗިންގ ކްލިނިކް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން.
- ■ އިނގިރޭސިބަހުން އަދި ދިވެހިބަހުން ފަސޭހަކަމާއެކު ލިޔެކިޔައި މުޢާމަލާތު ކުރުން.
- ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
- ■ ފާއިތުވި 5 އަހަރު ވާދަވެރި ފެތުންތެރިން ތަމްރީނު ކުރުމުގައި ޙަރަކާތްތެރިވެފައިވުން.
- ■ ޤައުމީ ހެޑް ކޯޗުގެ ވަޒީފާގެ މުއްދަތުގައި އެއްވެސް އެހެން ކުލަބެއްގައި ކޯޗެއްގެ ގޮތުގައި ނުވަތަ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނެ މީހަކަށް ނުވުން.
- ■ ހަފްތާގެ 6 ދުވަހު، ކޮންމެ ރެއަކާއިދުވާލު 2 ސެޝަނަށް ފަރިތަކުރުންތައް ރާވައިގެން ކުރިޔަށްގެންދެވޭނެ މީހަކު ކަމުގައިވުން.
- ■ ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފެންވަރު ހުރި މީހަކަށްވުން.
- މުސާރައާއި އުޖޫރަ: 12000.00 އާއި 15000.00 އާއި ދެމެދު (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި ކޯޗުންގެ މަސައްކަތުގެ ތަޖުރިބާ އާއި ހުށަހަޅާ ޕްލޭނަށް ބަލާފައެވެ.)
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ހެނދުނާއި ހަވީރު ނުވަތަ ހެނދުނާއި ރޭގަނޑު (ޖުމުލަ: 6 އާއި 8 ގަޑިއިރާއި ދެމެދު)
- ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން. ފަރިތަކުރުންތައް ގެންދާނެ ގޮތުގެ އެނުއަލް ޕްލޭން.
- ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00
ޤައުމީ އެސިސްޓެންޓް ކޯޗް
- ބޭނުންވާ ޢަދަދު: 1
- ފެންވަރު ނުވަތަ ޝަރުޠު:
- ■3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ޕްރޮގްރާމެއް ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވުން. ނުވަތަ ބައިނަލްއަޤުވާމީ ކޯޗިންގ އެސޯސިއޭޝަނަކުން ލެވެލް 2 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.
- ■ ނެޝަނަލް ސްވިމިންގ ކޯޗިންގ ލެވެލް 1 ފުރިހަމަކޮށްފައިވުން. ނުވަތަ ފީނާ އެޑްވާންސް ކޯޗިންގ ކްލިނިކް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން.
- ■ އިނގިރޭސިބަހުން އަދި ދިވެހިބަހުން ފަސޭހަކަމާއެކު ލިޔެކިޔައި މުޢާމަލާތު ކުރުން.
- ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
- ■ ފާއިތުވި 5 އަހަރު ވާދަވެރި ފެތުންތެރިން ތަމްރީނު ކުރުމުގައި ޙަރަކާތްތެރިވެފައިވުން.
- ■ ޤައުމީ އެސިސްޓެންޓް ކޯޗުގެ ވަޒީފާގެ މުއްދަތުގައި އެއްވެސް އެހެން ކުލަބެއްގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ މީހަކަށް ނުވުން.
- ■ ޤައުމީ ހެޑްކޯޗުގެ ލަފައާއި މަޝްވަރާގެމަތިން ނެޝަނަލް ޖޫނިއަރ ސްކޮޑުގެ ފަރިތަކުރުންތައް ގެންދެވޭނެ އަދި ނެޝަނަލް ހެޑް ކޯޗް ނެތް ޙާލަތެއްގައި ނެޝަނަލް ސީނިއަރ ސްކޮޑުގެ ފަރިތަކުރުންތައް ގެންދެވޭނެ މީހަކަށްވުން.
- ■ ހަފްތާގެ 6 ދުވަހު، ކޮންމެ ރެއަކާއިދުވާލު 2 ސެޝަނަށް ފަރިތަކުރުންތައް ރާވައިގެން ކުރިޔަށްގެންދެވޭނެ މީހަކު ކަމުގައިވުން.
- ■ އެސޯސިއޭޝަނުން އެދިއްޖެ ޙާލަތެއްގައި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފެންވަރުގެ މީހަކަށްވުން.
- މުސާރައާއި އުޖޫރަ: 7000.00 އާއި 10000.00 އާއި ދެމެދު (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި ކޯޗުންގެ މަސައްކަތުގެ ތަޖުރިބާ އާއި ހުށަހަޅާ ޕްލޭނަށް ބަލާފައެވެ.)
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ހެނދުނާއި ހަވީރު ނުވަތަ ހެނދުނާއި ރޭގަނޑު (ޖުމުލަ: 6 އާއި 8 ގަޑިއިރާއި ދެމެދު)
- ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން. ފަރިތަކުރުންތައް ގެންދާނެ ގޮތުގެ އެނުއަލް ޕްލޭން.
- ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00
ޓެކްނިކަލް އެސިސްޓެންޓް (ޕާޓްޓައިމް)
- ބޭނުންވާ ޢަދަދު: 1
- ފެންވަރު ނުވަތަ ޝަރުޠު:
- ■ ގްރޭޑް 10 ފުރިހަމަ ކުރުމާއެކު ފެތުމުގެ ދާއިރާއިން ތަމްރީނު ލިބިފައިވާ މީހަކަށްވުން.
- ■ ފެތުމުގެ އޮފިޝިއޭޓިންގ ދާއިރާގައި މަދުވެގެން 5 އަހަރު މަސައްކަތްކޮށްފައިވާ މީހަކަށްވުން.
- ■ ފެތުމުގެ ސްޓްރޯކްތަކުގެ ޤަވާޢިދުތަކާއި ބައިނަލް އަޤުވާމީ ފެތުމުގެ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތައް އެނގޭ މީހަކަށްވުން.
- ■ ކޯޗުން ހުށަހަޅާ ޕްލޭންތަކާއި ފަރިތަކުރުންތައް ބަލައި މޮނިޓަރ ކުރެވޭފަދަ މަޢުލޫމާތާއި ތަޖުރިބާ ހުރި މީހަކަށްވުން.
- ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
- ■ އެސޯސިއޭޝަނުން އެދިއްޖެ ޙާލަތެއްގައި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފަދަ މީހަކަށްވުން.
- ■ ޤައުމީ ސްކޮޑްތައް އަދި، ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް މޮނީޓަރުކޮށް ބަލަހައްޓައި، ފަރިތަކުރުންތަށް މޮނީޓަރުކުރުމަށް ޓްރެއިނިންގ ވެނޫއަށް ޤަވައިދުން ޒިޔާރަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
- މުސާރައާއި އުޖޫރަ: 6500.00 ރުފިޔާ. (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބަލާފައެވެ.)
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ދުވާލަކު 4 އާއި 6 ގަޑިއިރާއި ދެމެދު.
- ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން.
- ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00
މެސެންޖަރ (ޕާޓްޓައިމް)
- ބޭނުންވާ ޢަދަދު: 1
- ފެންވަރު ނުވަތަ ޝަރުޠު:
- ■ އެސޯސިއެޝަނުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ގެންގޮސްދެވޭނެ މީހަކަށްވުން.
- ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
- މުސާރައާއި އުޖޫރަ: 2000.00 ރުފިޔާ.
- މަސައްކަތްކުރަންޖެހޭ ވަގުތު: ރަސްމީ ވަގުތުތައް
- ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ،
- ސުންގަނޑި: 5 ޖެނުއަރީ 2017 ވާ ބުރާސްފަތި ދުވަހު 14:00
our sponsors and partners