ޤައުމީ ކޯޗަކަށް އިބްރާޙީމް މޫސާ ހަމަޖައްސައި، ޤައުމީ ސްވިމިންގ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށައިފި

ޤައުމީ ހެޑްކޯޗުގެ މަޤާމަށް އިބްރާޙީމް މޫސާ ހަމަޖައްސައި، ޤައުމީ ޖޫނިއަރ އަދި ސީނިއަރ ފެތުމުގެ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށައިފިއެވެ. ކުރިން ޤައުމީ އެސިސްޓަންޓް ކޯޗުގެ މަޤާމުގައި ހުރި އިބްރާޙީމް މޫސާ އަކީ، ފެތުމާއި ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޚާސިލްކޮށްފައިވާ ފެތުމުގެ ދާއިރާގައި ތަޖުރިބާހުރި ކޯޗެކެވެ.

60 ފެތުންތެރިންގެ މައްޗަށް އެކުލަވާލާފައިވާ ޤައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންގެ ތެރެއިން ބައެއް ފެތުންތެރިން ރާއްޖޭގައި މިވަގުތު ހިނގަމުންދާ ސްވިމިންގ ކްލަބް ތަކުގެތެރެއިން ދެ ކްލަބެއްގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ފުރިހަމަކުރަމުން ގެންދާނެއެވެ. އެއީ، މުޙައްމަދު ޒާޙިދުގެ ބެލުގެދަށުން ފަރިތަކުރުންތައް ކުރިއަށްގެންދާ މޯލްޑިވްސް ލައިފް ގާރޑް އެސޯސިއޭޝަނާއި، އިސްމާޢީލް ފަރުޙާންގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ކުރިއަށްގެންދާ ނިއު ލެގޫންސް ސްވިމިންގ ކްލަބްގެ ފަރާތުންނެވެ.

މީގެ އިތުރުން ޤައުމީ ފެތުމުގެ ސީނިއަރ ސްކޮޑްގައި ހިމެނޭ ނިޝްވާން އިބްރާޙީމް ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕްއެއްގައި ސައުތު އެފްރިކާގެ ޑަރބަންގެ ސީގަލްސް ސްވިމިންގ ކްލަބްގައި ގްރަހަމް ހިލް ގެ ބެލުމުގެ ދަށުންނެވެ. އަދި، ޤައުމީ ފެތުމުގެ ސީނިއަރ ސްކޮޑްގައި ހިމެނޭ އިސްމާޢީލް މުޢުތަސިމް އަދުނާން ފަރިތަކުރުންތައް ފުރިހަމަކުރަމުންދަނީ ސްރީލަންކާގެ ކެންޑީގައި ހިނގަމުންދާ ކޮލޮންބޯ އިންޓަރނޭޝަނަލް ސްކޫލް (ކެންޑީ ބްރާންޗްގެ) ސްވިމިންގ ސްކޮޑްގައި ޔޫ.އެޗް ސުގާތުގެ ބެލުމުގެ ދަށުންނެވެ.

މާލޭގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންދާ ޤައުމީ ސްކޮޑްތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައެވެ.

national head coach, ibrahim moosa

ibrahim moosa coaching national swimmers


our sponsors and partners

ޤައުމީ ކޯޗަކަށް އިބްރާޙީމް މޫސާ ހަމަޖައްސައި، ޤައުމީ ސްވިމިންގ ސްކޮޑްތަކުގެ ފަރިތަކުރުންތައް ފަށައިފި