ވިނިންގ ޕަވަރ ތްރޫ ނިއުޓްރިޝަންގެ ނަމުގައި ޤައުމީ ސްކޮޑްގެ ފެތުންތެރިންނަށް މަޢުލޫމާތު ދިނުމުގެ ސެމިނަރއެއް ހިންގައިފި

winning power thrugh nutrition

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އައި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗް.ޕީ.އޭ) ގުޅިގެން ޤައުމީ ސީނިއަރ އަދި ޖޫނިއަރ ސްކޮޑްގެ ފެތުންތެރިންނަށާއި އެފެތުންތެރިންގެ ބެލެނިވެރިންނަށް އަދި ފެތުމުގެ ދާއިރާގައި އިސްކޮށް ޚަރަކާތްތެރިވާ ކޯޗުންނަށް ނިއުޓްރިޝަންއާއިބެހޭ ސެމިނަރއެއް ހިންގައިފިއެވެ.

ފެތުންތެރިން އިތުރަށް ކުރިއެރުވުމުގެ މަޤްސަދުގައި ކުރިއަށްގެންދެވުނު ސެމިނަރ ފައްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ގުޑްވިލް އެންބެސެޑަރ، މުޙައްމަދު ކަލީމެވެ. މިރަސްމިއްޔާތުގައި ކަލީމް ދެއްކެވި ވާހަކަފުޅުގައި، ވާދަވެރި ކުޅިވަރު ކުޅޭ ކުޅުންތެރިންނަކީ ނުގުޑާފަދަ އަޒުމެއްގެ ވެރިބަޔަކަށް ވާންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ކާމިޔާބީ ހޯދަންބޭނުންވާ ކުޅިވަރު ކުޅުންތެރިން ކެއުންބުއިމާއި ދިރިއުޅުމުގެ އާދަތައްވެސް ބަހައްޓަންޖެހޭނީ ވަކިލެވެލްއެއްގައި ކަމަށާއި، ކާމިޔާބީ އަކީ ފަސޭހައިން ޙާސިލް ކުރެވޭނެއެއްޗެއް ނޫންކަމަށާއި، އެއީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރާ ކުޅުންތެރިންގެ ހައްޤެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

ދެސެޝަނަކަށް ބަހާލައިގެން ޖަމާލުއްދީން ސްކޫލްގައިބޭއްވި މި ސެމިނަރގައި ވާދަވެރި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ ކެއުންބުއިމާއި، ކެއުމުގައި އިސްކަން ދޭންވީ ކަންކަމާއި، މުބާރާތްތަކާއި ފަރިތަކުރުންތަކަށް ތައްޔާރުވާއިރު ގެންގުޅޭނެ ކެއުމުގެ މިންގަނޑުތަކާއި، ޕްލޭންތައް ހަދާނެގޮތް ވަނީ ފެތުންތެރިންނަށް އޮޅުންފިލުވައިދީފައިއެވެ. މިބައި ކުރިއަށް ގެންގޮސްދެއްވީ އައި.ޖީ.އެމް ހޮސްޕިޓަލުގެ ޑައެޓީޝަން އާސިޔާ ޢަބްދުއްރަޙީމެވެ.

މީގެއިތުރުން މިހާރު ރާއްޖޭގެ މާރކެޓްގައި ގެންގުޅޭ ބައެއް ތައްޔާރީ ކާނާއާއި އެތަކެތި ބޭނުންކުރުމުން އެތްލީޓް ކެރިއަރ އަށް ލިބޭ ގެއްލުމާއި ބެހޭގޮތުންވެސް މިސެމިނަރގައި ވަނީ މަޢުލޫމާތު ދީފައެވެ. މިމަޢުލޫމާތު ބައިވެރިންނަށް ދެއްވީ، އެޗް.ޕީ.އޭ ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރ (ނިއުޓްރިޝަން)، ފާތިމަތު ޠޯހިރާއެވެ.

ފެތުންތެރިން އިތުރަށް ޚަރުދަނާކޮށް މަޢުލޫމާތު މުއްސަނދިކުރުމަށް އިތުރު ސެމިނަރތައް މިއަހަރުގެ ތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

our partners for the semniar

IGMH

HPA


our sponsors and partners

ވިނިންގ ޕަވަރ ތްރޫ ނިއުޓްރިޝަންގެ ނަމުގައި ޤައުމީ ސްކޮޑްގެ ފެތުންތެރިންނަށް މަޢުލޫމާތު ދިނުމުގެ ސެމިނަރއެއް ހިންގައިފި