ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗް

ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ކޯޗުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

  • މަޤާމް: ކޯޗް (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ފަރިތަކުރުންތަކަށް) – ވަގުތީ، ޕާރޓްޓައިމް
  • ބޭނުންވާ ޢަދަދު: 3
  • މުސާރަ: މަސައްކަތުގެ ތަޖުރިބާ އަށް ބެލުމަށްފަހު ސެޝަނަކަށް ކޮންމެ މީލާދީ މަހަކު 1000.00 އާއި 2000.00 އާއި ދެމެދު.
  • މަސައްކަތްކުރަންޖެހޭތަން: މާލެ
  • މުއްދަތު: 6 މަސްދުވަސް
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 5 ދުވަސް ދުވާލަކު 1 ގަޑިއިރު (ހެނދުނު 06:00 – 07:00 ނުވަތަ ހަވީރު 05:00 – 06:00)

މިނިމަމް ފެންވަރު ނުވަތަ ޝަރުތު:

  • ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ކްލިނިކެއް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކް ދަސްކޮށްދީ، އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތައް
  • އައިޑެންޓިޓީކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.

our sponsors and partners

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު: ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗް