News & Announcements

ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ޓީމް ސްރީލަންކާގައި ކޭމްޕް ކޮށްފި

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ހަންގޭރީގެ ބުޑަޕެސްޓްގައި ބާއްވާ 17 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ދިވެހިރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ސްރީލަންކާގައި ކޭމްޕް ކޮށްފިއެވެ. ސްރީލަންކާގެ ކްލަބެއް ކަމަށްވާ ރެއިންބޯ އެކުއަޓިކްސް އާއި ގުޅިގެން، އެ ކްލަބްގެ ހެޑްކޯޗު، ޖޫލިއަން ބޯލިންގގެ ބެލުމުގެ ދަށުން ކުރިއަށްގެންދެވޭ މި ކޭމްޕް ހިންގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިވެހިރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ޓީމްގައި ހިމެނޭ ފެތުންތެރިންނަކީ އިސްމާޢީލް މުޢުތަސިމް އަދުނާނު އާއި، މުބާލް ޢައްޒާމް އިބުރާޙީމް އާއި، އައިޝަތު ސާޖިނާ އަދި އާމިނަތު ޝަޖަންއެވެ. ޓީމް މެނޭޖަރެއްގެ ގޮތުގައި އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު ދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ޓީމްގެ ކޯޗެއްގެ ގޮތުން އިބްރާޙީމް މޫސާ އަދި ޓީމްގެ ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި ފިޓް4ލައިފް ގެ ފަރާތުން މުޙައްމަދު ފަޔާޒު ޢަލީ ރިޒާ (ފިއްޓެ) ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހި ޓީމް ހަންގޭރީއަށް ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި 19 ވަނަ ދުވަހު ސްރީލަންކާއިންނެވެ. އެނބުރި އައުމަށް ހަމަޖެހިފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.


our sponsors and partners

ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ޓީމް ސްރީލަންކާގައި ކޭމްޕް ކޮށްފި