News & Announcements

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ބާއްވާ ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

sports administrator’s course 2016, photo by: maldives olympic committee

އޮލިމްޕިކް ސޮލިޑާރިޓީއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން 2017 ސެޕްޓެމްބަރ 27 ން 30 އަށްމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ‘ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯސް’ ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައވެރިވުމަށް އެދޭފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު 7 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ސަބްމިޓްކުރެއްވުމަށް ދަންނަވަމެވެ.

ކޯހުގެ މަޤްސަދު: ކުޅިވަރު ހިންގުމުގެ ދާއިރާގައި ޚަރަކާތްތެރިވާ ބޭފުޅުންނަށް އެރޮނގުން އިތުރު ކުރިއެރުންތަކެއް ޙާސިލްކޮށްދިނުމާއި، ކުޅިވަރު ޢިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ފަސޭހަކަމާއިއެކު މެނޭޖުކުރުމަށް ދަސްކޮށްދިނުމާއި، ކުޅިވަރު ހިންގުންތެރިން ކިބައިގައި ފަންނުވެރިކަށް ހަރުދަނާކޮށް، އިދާރީ ހުނަރު އަށަގެންނެވުމާއި އެކު، ކުޅިވަރު ޚަރަކާތްތަކަށް ފަންޑު ހޯދުމާއި ހިންގުމުގައި ރޭވުންތެރިކަމުގެ ހުނަރު އިތުރުކުރުމެވެ.

ކޯހުގެ ނަން: ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯސް

ކޯހުގެ ތާރީޚް: 27 ން 30 ސެޕްޓެމްބަރ 2017

ކޯހުގެ ފީ: ހިލޭ

ކޯހުގައި ކިޔަވައިދޭ ބައިތައް:

  • އޮލިމްޕިކް މޫވްމަންޓް
  • މުޖްތަމަޢުއަކަށް ކުޅިވަރުގެ މުޙިއްމުކަން
  • ކުޅިވަރުގެ އަޚްލާޤް
  • ކުޅިވަރުގެ ސުލޫކީ މިންގަނޑުތައް
  • ކުޅިވަރުގެ ޢިދާރީ ހިންގުމުގެ ޢުސޫލީ މިންގަނޑު
  • ޖަލްސާ އަދި ބައްދަލުވުން
  • ބަޖެޓާއި ފައިސާ ބެލެހެއްޓުން
  • އާމްދަނީ ހޯދޭނެ ގޮތް
  • މުޢާމަލާތްތައް ހިންގާނެ ގޮތް

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް ލިންކް: Application Form

ކޯހާއިބެހޭ އިތުރު މަޢުލޫމާތު: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، 3346640

our sponsors and partners

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ބާއްވާ ކުޅިވަރުގެ ހިންގުންތެރިން ބިނާކުރުމުގެ އަސާސީ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު