photo by: newlagoons swimming club
މާލޭ ސްވިމިންގ ޓްރެކަށް ޖަމާވެފައިވާ ފަސްތައް ނަގައި ޓްރެކް ސަރަޙައްދު ފުންކުރުމުގެ މަސައްކަތް މިއަދު (5 މެއި 2018، ހޮނިހިރު) މެންދުރުންފެށިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރަމުންދާނެއެވެ.
އެމަސައްކަތް ކުރަމުންދާއިރު، އެސަރަޙައްދުގެ މޫދު ލޮނުގަނޑު ކިލަނބުވެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ޞިއްޙީ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި އެސަރަޙައްދަން މޫދަށް އެރި އުޅުން މަނާކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
އެސަރަޙައްދުގައި މިމަސައްކަތް ނިމި މޫދަށް އެރުމަށް އެށީގެންވާވަރަށް މޫދުލޮނުގަނޑު ސާފުވުމުން މިއެސޯސިއޭޝަނުން އެކަން އަންގަމުންގެންދާނެ ވާހަކަ ދަންނަވަމެވެ.
މިމަސައްކަތް ކުރިޔަށްދާއިރު މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ދެއްވުން އެދި ދަންނަވަމެވެ.
our sponsors and partners