News & Announcements

ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތް ޖުލައި 20 ވަނަ ދުވަހު ކ.ދިއްފުށީގައި

dhiffushi

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތް ޖުލައި 20 ވާ ހުކުރު ދުވަހު ކ.ދިއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބައެއް ބަދަލުތަކާއިއެކު ކ.ދިއްފުށީގައި ބާއްވާ މި މުބާރާތް މިފަހަރު ރާވާފައިވަނީ ކޮންމެ އުމުރުފުރައެއްގެ ފެތުންތެރިއަކަށްވެސް ބައިވެރިވެވޭ ގޮތަށް ކެޓަގަރީތައް ބަހާލައިގެންނެވެ.

މުބާރާތުގައި ބާއްވާނެ ކެޓަގަރީތައް:

Category: National
Distance: 5km
Winner Title: National Open Water Champion
Age Group: Over 14
Gender: Male and Female

 

Category: Junior National
Distance: 3km
Winner Title: Junior National Open Water Champion
Age Group: Over10 to Under 14
Gender: Male and Female

 

Category: Swim Challenge
Distance: 1km
Winner Title: Swim Challenge Winner
Age Group: Over 10
Gender: Male and Female

 

Category: Kids Swim Challenge
Distance: 500m
Age Group: Under 10
Gender: Male and Female

 

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި މިއެސޯސިއޭޝަނުން ދޫކުރާ ފޯމު ފުރިހަމަކޮށް 2018 ޖޫން 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަނުގެ އިދާރާތަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދި ހުށަހަޅާފޯރމް، ތިރީގައިވާ ވެބްލިންކް މެދުވެރިކޮށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މުބާރާތުގެ މަޢުލޫމާތާއި ޤަވާޢިދު އަދި އެޕްލިކޭޝަން ފޯރމް ޑައުންލޯޑު ކުރެއްވުމަށް: ލިންކް

މި މުބާރާތް ރާވައި ހިންގުމަށް ހަމަޖެހިފައިވަނީ މިއެސޯސިއޭޝަނުގެ އޯޕަންވޯޓަރ ސްވިމިންގ ޑިވެލޮޕްމަންޓް ޕާރޓްނަރ، މާލޭ ފިޓްނަސް ކްލަބްގެ އެހީތެރިކަމާއިއެކުގައެވެ.


our sponsors and partners

ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތް ޖުލައި 20 ވަނަ ދުވަހު ކ.ދިއްފުށީގައި