ޤައުމީ ދިގުފެތުމުގެ 13ވަނަ މުބާރާތާއި، ޤައުމީ އަކުއަތުލޯން ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް އިތުރުފުރުޞަތު

dhiffushi

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކ.ދިއްފުށީގައި ޖުލައި 20ވާ ހުކުރުދުވަހު ބާއްވާ ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތާއި، ޖުލައި 21 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ އަކުއަތުލޯން ފުރަތަމަ މުބާރާތުގެ ބައިވެރިވުމަށް ފޯރމް ހުށަހެޅުމަށް 1 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 14:00 އަށް އިތުރު ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތްތަކާއި ގުޅޭ މަޢުލޫމާތާއި، ބައިވެރިވުމަށް އެދޭފޯރމް ތިރީގައިވާ ލިންކްތަކުން ލިބިވަޑައިގަންނަވާނެއެވެ.

  • ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތުގެ މަޢުލޫމާތާއި އެޕްލިކޭޝަން ފޯރމް: swim.mv/event/13nowsc
  • ޤައުމީ އަކުއަތުލޯން ފުރަތަމަ މުބާރާތުގެ މަޢުލޫމާތާއި އެޕްލިކޭޝަން ފޯރމް: swim.mv/event/1nac

މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯރމް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުގެ ފަސޭހައަށް، 29 އަދި 30 ޖޫން ވާ ހުކުރު އަދި ހޮނިހިރު ދުވަހާއި 1 ޖުލައި ވާ އާދީއްތަ ދުވަހުމާލޭ ފިޓްނަސް ކްލަބްގެ ރިސެޕްޝަން އިން ފޯރމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ސަރުކާރު ހުޅުވިފައި ހުންނަ ވަގުތު ތަކުގައި މިއެސޯސިއޭޝަނުގެ އޮފީހުން މި ފޯރމް ބަލައިގަންނާނެ ވާހަކަ ދަންނަވެމެވެ.

މާލޭ ފިޓްނަސް ކްލަބްގެ ރިސެޕްޝަން ހުޅުވާފައި ހުންނަ ގަޑިތައް ބެއްލެވުމަށް: www.maalefitnessclub.com/contact

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7788916 އަށް ނުވަތަ މިއެސޯސިއޭޝަނަށް ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވަން ބޭނުންފުޅުވާނަމަ އީމެއިލް ކުރައްވާނީ maldives@swim.mv އަށެވެ.


our sponsors and partners

ޤައުމީ ދިގުފެތުމުގެ 13ވަނަ މުބާރާތާއި، ޤައުމީ އަކުއަތުލޯން ފުރަތަމަ މުބާރާތުގައި ބައިވެރިވުމަށް އިތުރުފުރުޞަތު