News & Announcements

ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތާއި، އަކުއަތްލޯން ފުރަތަމަ މުބާރާތުގެ ޓައިޓްލް ސްޕޮންސަރއަކަށް މޯލްޑިވްގޭސް

photo by: maldive gas

ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތާއި، ޤައުމީ އަކުއަތުލޯން ފުރަތަމަ މުބާރާތުގެ ޓައިޓްލް ސްޕޮންސަރއަކަށް މޯލްޑިވް ގޭސް ހަމަޖައްސައިފިއެވެ. މި ސްޕޮންސަރޝިޕް އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މާރކެޓިންގ އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރ، އައިމިނަތު މުޙައްމަދު ސަޢީދެވެ. އަދި، މިއެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ، އެސޯސިއޭޝަނުގެ ރައީސް، މުޙައްމަދު އަބްދުއްސައްތާރެވެ.

ކުޅިވަރު ހަފްތާބަންދެއްގެ ގޮތުގައި ކ.ދިއްފުށީގައި މި ޖުލައި 20 އަދި 21 ވާ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެމުބާރާތުގައި މުޅިން އަލަށް ޤައުމީ ޖޫނިއަރ ޗެމްޕިއަން ހޮވުމަށް ހަމަޖެހިފައިވާ އިރު، މިމުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ވަރަށް ފޯރީގައި ކ.ދިއްފުށީގައި ދަނީ ކުރަމުންނެވެ.

  • މޯލްޑިވް ގޭސް ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތުގެ މަޢުލޫމާތު: swim.mv/event/13nowsc
  • މޯލްޑިވް ގޭސް ޤައުމީ އަކުއަތުލޯން ފުރަތަމަ މުބާރާތުގެ މަޢުލޫމާތު: swim.mv/event/1nac

our sponsors and partners

ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތާއި، އަކުއަތްލޯން ފުރަތަމަ މުބާރާތުގެ ޓައިޓްލް ސްޕޮންސަރއަކަށް މޯލްޑިވްގޭސް