News & Announcements

ބީ.އެމް.އެލް، ޤައުމީ ފެތުމުގެ 43 ވަނަ މުބާރާތުގެ ޗެމްޕިއަން ކަން ނިއުލެގޫންސް ސްވިމިންގ ކްލަބް އަދި މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން

swimmers 2018

ބީ.އެމް.އެލް، ޤައުމީ ފެތުމުގެ 43 ވަނަ މުބާރާތުގެ ފިރިހެނުންގެ ކެޓަގަރީގެ ޗެމްޕިއަންކަން ނިއު ލެގޫން ސްވިމިންގ ކްލަބަށް އަދި އަންހެންނުންގެ ކެޓަގަރީގެ  ޗެމްޕިއަންކަން މޯލްޑިވްސް ލައިފް ގާރޑް އެސޯސިއޭޝަނުން ހޯދައިފިއެވެ. މިމަހުގެ 17 އިން 24 އަށް ކުރިއަށްގެންދިޔަ މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ، ބީއެމް.އެލް މާލޭ ސްވިމިންގ ޓްރެކްގައެވެ. މި މުބާރާތް ސްޕޮންސަރ ކޮށްދެއްވާފައިވަނީ، ސްވިމިންގ އެސޯސިއޭޝަންގެ ނޭޝަންވައިޑް އެކްސްކްލޫސިވް ޕާރޓްނަރ، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

މިމުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ނިއު ލެގޫން ސްވިމިންގ ކްލަބް ޖެހި ޖެހިގެން ހޯދި މިއީ ހަތަރުވަނަ އަހަރެވެ. މިދިޔަ އަހަރު، ނިއު ލެގޫންސް ސްވިމިންގ ކްލަބުން ވަނީ ޤައުމީ މުބާރާތުގެ ވާދައިގެތަށި އަންހެނުން އަދި ފިރިހެނުންގެ ބައިންވެސް މިލްކުކޮށްފައެވެ.


our sponsors and partners

ބީ.އެމް.އެލް، ޤައުމީ ފެތުމުގެ 43 ވަނަ މުބާރާތުގެ ޗެމްޕިއަން ކަން ނިއުލެގޫންސް ސްވިމިންގ ކްލަބް އަދި މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން