News & Announcements

ޝޯރޓް ކޯސް ފީނާ ވޯލްޑް ސްވިމިންގ 14 ވަނަ ޗެމްޕިއަންޝިޕްސް ގައި 5 ޤައުމީ ރެކޯރޑެއް އައުކޮށްފި

swimmers of 14th fina world swimming championships (25m)

ޗައިނާގެ ހަންގޒޯގައި ޑިސެމްބަރ 11 އިން 17 އަށް ކުރިއަށްދާ ފީނާ ވޯލްޑް ސްވިމިންގ 14 ވަނަ ޗެމްޕިއަންޝިޕްސް (ޝޯރޓް ކޯސް) ގައި، ޤައުމީ 5 ރެކޯރޑެއް އައުކޮށްފިއެވެ.

މި މުބާރާތުގައި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް 02:26.35 އިން އަދި 200 މީޓަރ ފްރީސްޓައިލް އިވެންޓް 02:09.57 އިން ފުރިހަމަކޮށް މުބާލް ޢައްޒާމް އިބްރާޙީމް ވަނީ 2017 ވަނަ އަހަރު 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އޭނާ ހަދާފައިވާ ޤައުމީ ދެރެކޯރޑް އައުކޮށްފައެވެ.

މީގެ އިތުރުން ޢަލީ އިމްއާން ވަނީ 100 މީޓަރ ބެކްސްޓްރޯކް އިވެންޓް 01:08.71 އިން އަދި 50 މީޓަރ ބެކްސްޓްރޯކް އިވެންޓް 00:31.16 އިން ފުރިހަމަކޮށް 2017 ވަނަ އަހަރު 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އިމްއާން އައުކޮށްފައިވާ ރެެކޯރޑްތައް އައުކޮށްފައެވެ.

އަންހެން ފެތުންތެރިންގެ ތެރެއިން، އައިޝަތު ސައުސަން ވަނީ 2017 ވަނަ އަހަރު 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އާމިނަތު ޝަޖަން އައުކޮށްފައިވާ 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފައެވެ. މި ރެކޯރޑް ސައުސަން އައުކޮށްފައިވަނީ 01:23.16 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރީ، މުބާލް ޢައްޒާމް އިބްރާޙީމް، ޢަލީ އިމްއާން، އައިޝަތު ސައުސަން އަދި، ހަމްނާ އަޙްމަދެވެ. ކޯޗް އަދި ޓީމް ލީޑަރ އެއްގޮތުގައި ޓީމްޢާއި ޙަވާލުވެގެން ގޮސްފައިވަނީ ޤައުމީ ހެޑްކޯޗު، އިބްރާޙީމް މޫސާއެވެ.


our sponsors and partners

ޝޯރޓް ކޯސް ފީނާ ވޯލްޑް ސްވިމިންގ 14 ވަނަ ޗެމްޕިއަންޝިޕްސް ގައި 5 ޤައުމީ ރެކޯރޑެއް އައުކޮށްފި