News & Announcements

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2019 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2019 ވަނަ އަހަރު ބުޑަޕެސްޓް (ހަންގޭރީ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 6 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: މާރޗް 18 ން 07 ޖޫން 2019 ގެ ނިޔަލަށް.
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ޔުނިވަރސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން، ބުޑަޕެސްޓް، ހަންގޭރީ
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.
  • 2 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • ނަންފޮނުވުމުގައި އަންހެން އެޕްލިކަންޓުންނަށް އިސްކަން ދެވޭނެއެވެ.
  • އުމުރުން 25 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުން.
  • 5 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
  • ޕާސްޕޯރޓް ކޮޕީ

ސުންގަޑި:6 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00.

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ 45 ދުވަސް ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ. ނަމަވެސް، ވިސާ އެޕްލިކޭޝަން އާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެއް ނަގަންވާނީ އެޕްލިކަންޓެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.


our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2019 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު