News & Announcements

ވަޒީފާގެ ފުރުޞަތު: އައްޑޫ ސިޓީ ސްވިމިންގ ކޯޗު 2019

ސްވިމިންގ އެސޯސިއޭޝަނުން އައްޑޫ ސިޓީގައި ހިންގާ ޕްރޮގްރާމްތަކަށް ކޯޗުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް، ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ info@swimming.org.mv އަށެވެ.

  • މަޤާމް: ސްވިމިންގ ކޯޗު – ވަގުތީ، ޕާރޓްޓައިމް
  • މުސާރަ:  ނަގާ ކޮންމެ ސެޝަނަކަށް މީލާދީ މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)
  • މަސައްކަތްކުރަންޖެހޭތަން: އައްޑޫ ސިޓީ، ހިތަދޫ
  • ކޮންޓްރެކްޓްގެ މުއްދަތު: މީލާދީ 6 މަސްދުވަސް
  • މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 6 ދުވަސް ދުވާލަކު މަދުވެގެން 2 ގަޑިއިރު

ފެންވަރު ނުވަތަ ޝަރުތު:

  • ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ކްލިނިކެއް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރިވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތަށް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ޤަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • އައްޑޫ ސިޓީ ޖޫނިއަރ ސްވިމިންގ ސްކޮޑްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުން.
  • ކުދިންނަށް ފެތުމުގެ 4 ސްޓްރޯކަށް ޓްރެއިންކޮށް އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކުގެ ސްކޭން ކޮޕީ
  • އައިޑެންޓިޓީކާޑުގެ ސްކޭން ކޮޕީ
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

ނޯޓް: ޕްރޮފޯރމަންސްއަށްބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.


our sponsors and partners

ވަޒީފާގެ ފުރުޞަތު: އައްޑޫ ސިޓީ ސްވިމިންގ ކޯޗު 2019