News & Announcements

ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ދިވެހިރާއްޖޭގައި ސްވިމިންގ ކޯޗަސް ލެވެލް 2 ގެ ކޯހެއް ބޭއްވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: ފީނާ ސްވިމިންގ ކޯޗަސް ސަރޓިފިކޭޝަން ކޯސް ލެވެލް 2
  • ސެމިނަރ ބޭއްވޭ ތަން: މާލެ
  • ސެމިނަރގައި ބައިވެރިވުމުގެ ޝަރުތު:
    • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
    • އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
    • ފީނާއިން ސްވިމިންގ ކޯޗިންގ އެޑްވާންސް ކްލިނިކެއް ފުރިހަމަކޮށްފައިވާ ކޯޗެއް ކަމުގައި ވުން ނުވަތަ، ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަން ޤަބޫލުކުރާ ކޯޗިންގ އާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން.
    • ސްވިމިންގ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން.
  • އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ފޮނުވަންޖެހޭ ތަކެތި:
    • ނެޝަނަލް އައިޑެންޓިޓީ ކާރޑްގެ ކުލަ ސްކޭންޑް ކޮޕީއެއް.
    • ހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯގަނޑެއް.
    • މިކޯހުގައި ބައިވެރިވެރިވުމަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
    • ސްވިމިންގ ކޯޗިންގ ދާއިރާއިން ހޯދައިފައިވާ ކާމިޔާބީތަކުގެ ލިޔުންތަކުގެ ސްކޭންޑް ކޮޕީ.
    • ސްވިމިންގގެ ދާއިރާއިން ހޯދައިފައިވާ ތަޢުލީމީ އަދި ޓްރެއިނިންގ ޕްރޮގްރާމް އަދި ކްލިނިކްތަކުގެ ސެޓްފިކެޓްތަކުގެ ސްކޭންޑް ކޮޕީ.
    • ތަކެތި ފޮނުވަންވީ އީމެއިލް: sharif@swimming.org.mv
  • ކޯހުގެ ޝެޑިއުލް:
    • އޮންލައިން ކިޔެވުން ފެށޭ ތާރީޚް: 12 އޮގަސްޓް 2019
    • ފޭސްޓު ފޭސް ސެމިނަރ އޮންނާނެ ތާރީޚް: 5 ން 11 ނޮވެމްބަރ 2019 ގައި، ކޮންމެ ދުވަހަކު ހެނދުނު 09:00 ން 17:00 އަށް.

މި ކްލިނިކްގައި ދިވެހިރާއްޖެއިން ބައިވެރިވާނެ މީހުން ކަނޑައަޅާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.


our sponsors and partners

ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު