ޓްރެކް ސަރަޙައްދަށް މޫދަށް އެރޭ ފަރާތްތަކުގެ ސަމާލުކަމަށް

ދިރާގު ފައިބަރ އޮޕްޓިކަލް ކޭބަލް މާލޭ އިރުދެކުނު ފަރާތު ޓްރެކް ސަރަޙައްދަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު އެސަރަޙައްދު އެއްގަމު ކޮނެ ފެންހިންދަން ނަގާފެން އެދިމާ ބޭރުތޮށިން ބޭރުވާގޮތަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަސައްކަތާއެކު ހޮޅި ވަޅުލުމަށްޓަކައި މޫދު ކޮނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިޔަށް ދާތީ އެސަރަޙައްދަށް މޫދަށް އެރޭ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް ނަސޭޙަތްތެރި ވަމެވެ. އަދި އެސަރަޙައްދު ކޮނެ މޫދަށް ފެން ބޭރުކުރަމުންދާ ވަގުތު މޫދަށް އެރޭ ސަރަޙައްދުގެ ލޮނުގަނޑު ކިލަނބުވެ ތަޣައްޔަރުވެފައިވާނަމަ އެސަރަޙައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރި ކަމަކަމަށް ނުވާނެތީ އެކަމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވަމެވެ.

މިދުވަސްވަރަކީ ގިނަ ބަޔަކު މޫދަށް އެރުމަށް އެސަރަޙައްދު ބޭނުން ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު އެސަރަޙައްދަށް މޫދަށް އެރުމުގެކުރިން އިސްވެ ދެންނެވި ކަންކަމަށް ސަމާލުކަން ދެއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދަންނަވައި ރައްކާތެރިކަމަށް ކޮންމެ ބޭފުޅަކުވެސް އިސްކަން ދެއްވުމަށް މިފުރުޞަތުގައި އިލްތިމާސް ކުރަމެވެ. އަދި ކުޑަކުދިންނާ ޢުމުރުން ދުވަސްވީ މީހުން މިދުވަސްތަކުގައި އެސަރަޙައްދު ބޭނުން ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ މުހިއްމު ކަމެއް ކަމުގައި ދަންނަވަމެވެ.

Swimming Track - Dhiraagu Fiber Optic Cable Work - 13-12-2015 - 002

ޓްރެކް ސަރަޙައްދަށް މޫދަށް އެރޭ ފަރާތްތަކުގެ ސަމާލުކަމަށް