އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައިޝަތު ސާޖިނާ އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސާޖިނާ އާކޮށްފައިވަނީ 00:39.68 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސާޖިނާއެވެ. އެއީ 2015 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކް ގައި ބޭއްވި 8 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓް 00:39.81 އިން ފުރިހަމަކޮށްގެންނެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 5 ވަނަ ޤައުމީ ރެކޯރޑެވެ.