ސްވިމިންގ ކޯޗިންގ ކޯސް ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯޓްސް އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ސްވިމިންގ ކޯޗިންގ ލެވެލް 1 ގެ ކޯސް، 2016 މޭ 17 ން 30 ށް މާލޭގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

މި ކޯހަކީ ރާއްޖޭގެ ނެޝަނަލް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 1 ގެ ކޯޗިންގ ކޯހެކެވެ. މި ކޯހުގެ ކިޔެވުން ދުވާލަކު 5 ގަޑިއިރު އޮންނާނެއެވެ. މި ކޯސް ކުރިޔަށް ގެންދާނީ އިނގިރޭސިބަހުންނެވެ.

ކޯހުގެ ސެޓްފިކެޓް ލިބޭނީ ހާޒިރީން %80 އިންސައްތަ ހާޞިލްކޮށް، ކޯހުންދޭ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކަށެވެ. ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނެ ވަގުތު ހަމަޖައްސާނީ ބައިވެރިންނާ މަޝްވަރާ ކުރުމަށް ފަހުއެވެ.

ވީމާ މި ކޯހުގައި ބައިވެރިވާން އެދޭ، ސްވިމިންގ ކޯޗެއްގެ ގޮތުގައި ކުރިޔަށްދާން ޝައުޤުވެރިވާ ފަރާތްތަކުން ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2016 މޭ 12 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހުށަހެޅުން އެދެމެވެ.

މިކޯހާއިބެހޭ އިތުރު މަޢުލޫމާތު މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން (ފޯނު ނަންބަރު: 3326985، އީމެއިލް: info@mnis.gov.mv) އަދި މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭފޯރމް ޑައުންލޯޑު ކުރެއްވުމަށް (ލިންކް)

our sponsors and partners

ސްވިމިންގ ކޯޗިންގ ކޯސް ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު