under 18 girls relay team, 1st south asian aquatic championships
އޮކްޓޯބަރ 18 ން 23 ސްރީލަންކާގެ ކޮލޮންބޯގައި ކުރިއަށްދާ ސައުތު އޭޝިއަން އެކުއަޓިކް ސްވިމިންގ ޗެމްޕިއަންޝިޕްސްގެ 3 ވަނަ ދުވަހުގެ އިވެންޓްތައް ނިމުނު އިރު، ދިވެހިރާއްޖޭގެ ފެތުންތެރިންވަނީ ދިވެހިރާއްޖެއަށް މުޅި ޖުމްލަ 14 މެޑަލް ހޯދައިދީ، 4 އިވެންޓެއްގެ ޤައުމީ ރެކޯރޑް އާކޮށްފައެވެ.
މުބާރާތުގެ 3 ވަނަ ދުވަހު ފެތުންތެރިން ދިވެހިރާއްޖެއަށް ހޯދައިދީފައިވާ މެޑަލްތަކުގެ ތަފްޞީލް:
200 މީޓަރ ބްރެސްޓް ސްޓްރޯކް، 18 އަހަރުން މަތި، އަންހެން، ރިހި މެޑަލް.
ޢާއިޝަތު ސާޖިނާ
4 ގުނަ 100 ފްރީސްޓައިލް ރިލޭ، 15 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.
- ހަމްނާ އަޙްމަދު
- އީމާ މުޙައްމަދު ފަހުމީ
- އާމިނަތު ޖުޙައިނާ މުޙައްމަދު
- އައިޝަތު އުލްޔާ ޝާއިޤް
4 ގުނަ 100 ފްރީސްޓައިލް ރިލޭ، 18 އަހަރުން ދަށް އަންހެން، ރަންވަންލޯ މެޑަލް.
- އަންމާޢު އަޙްމަދު ސަލީމް
- އައިޝަތު ތުހުފާ ނާޒިމް
- ފާތިމަތު ޒުހާ ޒިޔާދު
- އާމިނަތު ޒާނާ ޝިރާޒް
މި މުބާރާތުގެ 3 ވަނަ ދުވަހުގެ އިވެންޓްތައް ނިމުނު އިރު ދިވެހިރާއްޖޭގެ ފެތުންތެރިންވަނީ 12 ރަންވަންލޯ މެޑަލްއާއި، 2 ރިހި މެޑަލް ހޯދައިފައެވެ. އަދި ވަނީ ޤައުމީ 4 ރެކޯރޑެއް އާކޮށްފައެވެ.
our sponsors and partners