އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ސްވިމިންގ ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

from addu city coaching course 2016

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއިއެކު މިއެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ގުޅިގެން އައްޑޫސިޓީ ހިތަދޫގައި، ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް 2017 ފެބްރުއަރީ 15 ން 22 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ކިޔަވާދެއްވާނީ އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ އެވެ.

ވީމާ، މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު 9 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެކުރިން ސަބްމިޓްކުރުމަށް ދަންނަވަމެވެ. މިކޯހުގައި ބައިވެރިވާން ހުށަހަޅާ އަންހެން އެޕްލިކަންޓުންނަށް އިސްކަންދެވޭނެއެވެ.

ކޯހާއިބެހޭ އިތުރު މަޢުލޫމާތު:

  • ކޯހުގެ ނަން: ސްވިމިންގ ބޭސިކް ކޯޗިންގ ކޯސް
  • ކޯހުގެ ފީ: ހިލޭ
  • ކޯސް ބޭއްވޭތަން: އައްޑޫ ސިޓީ ހިތަދޫ
  • ކޯހުގެ ތާރީޚްތަކާއި ޝެޑިއުލް: 2017 ފެބްރުއަރީ 15 ން 22 އަށް، ކޮންމެ ދުވަހަކު ހެނދުނު 06:00 ން 08:00 (ޕްރެކްޓިކަލް) އަދި ހަވީރު 16:00 ން 18:00 (ތިއަރީ) އަށް.

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • ރަނގަޅަށް ފަތަން އިނގޭ މީހެއްކަމުގައިވުން.
  • ސާބިތު އެއްވެސް ޖިނާއީ ކުށެއްކޮށްފައިވާ މީހެއްކަމުގައިނުވުން.
  • ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯރޑް އޮތް މީހެއްކަމުގައިނުވުން.

our sponsors and partners

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ސްވިމިންގ ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު