މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ‘ހައި ޕާރފޮރމަންސް މެންޓަރޝިޕް ޕްރޮގްރާމް ފޮރ ކޯޗަސް’ ސެމިނަރގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އެ ކޮމިޓީގެ ހުރިހާ މެންބަރު އެސޯސިއޭޝަންތަކަށް ވަނީ ހުޅުވާލާފައެވެ.
ސެމިނަރގެ މަޢުލޫމާތު:
- ސެމިނަރގެ ނަން: ‘ހައި ޕާރފޮރމަންސް މެންޓަރޝިޕް ޕްރޮގްރާމް ފޮރ ކޯޗަސް’
- ތާރީޚް: 2017 ވަނަ އަހަރުގެ އެޕްރީލް މަހުގެ 10 ން 16 އަށް
- ބޭއްވޭތަން: މާލެ
- މޮޑިއުލްގެ ޢަދަދު: 6
- ޖުމްލަ ޖާގައިގެ ޢަދަދު: 20 (ފުރުޞަތު ދޭނެ ކޯޗުން ކަނޑައަޅާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.)
ވީމާ، މިއެސޯސިއޭޝަނުގެ މެންބަރު ކޯޗުންގެ ތެރެއިން ވާދަވެރި ފެތުންތެރިން އުފެއްދުމަށް މަސައްކަތްކުރައްވަމުން ގެންދަވާ މި ސެމިނަރގައި ބައިވެރިވުމަށް އެދޭ ކޯޗުން 14 މާރޗް 2017 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް މިކަމަށް އެދި ސީޓީ ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ info@swimming.org.mv އަށެވެ.
ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 14 މާރޗް 2017 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން.
ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:
- ސީވީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
- (އީމެއިލް ކުރައްވާނަމަ، ސީވީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ ޕީ.ޑީ.އެފް ފޯރމެޓްގައި އީމެއިލްއަށް އެޓޭޗް ކުރަންވާނެއެވެ.)
our sponsors and partners