ބާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

from past noa sessions

2018 ވަނަ އަހަރު މެލޭޝިއާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ކުއަލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 22 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2018 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 28 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 10:00 ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 22 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2018 (މެލޭޝިއާ)
    ބޭއްވޭ ތަން: ކުއަލަ ލަމްޕޫރު (މެލޭޝިއާ)
    ބޭއްވޭޭ ތާރީޚް: 2018 ޑިސެމްބަރ 3 ން 7 އަށް

މިސެޝަނުގައި ބައިވެރިވުމަށް ނަން ހުށަހެޅުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (1 ޖުލައި 2019 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހަށް 25 އަހަރު ފުރި 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

ބާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު