community meeting 2014 – k.huraa2019
ސްވިމިންގ އެސޯސިއޭޝަނުން ޢަމަލުކުރަންފެށި އައު ހިންގާ ޤަވައިދުގެ ދަށުން އެކުލަވާލަންޖެހޭ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނަށް ހުޅުވާލަމެވެ.
މިގޮތުން އެކި ކުޅިވަރު ޑިސިޕްލިންތަކުން، ތިރީގައިވާ ކޮމިޝަންތަކަށް ކުރުމަތިލުމަށް މިކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު، ސަބްމިޓްކުރެއްވުން އެދެމެވެ.
- އެތުލީޓްސް ކޮމިޝަން (ހިންގާ ޤަވައިދުގެ 36 ވަނަ މާއްދާ)
- ކޯޗާސް ކޮމިޝަން (ހިންގާ ޢަވައިދުގެ 37 ވަނަ މާއްދާ)
- ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ (ހިންގާ ޢަވައިދުގެ 38 ވަނަ މާއްދާ)
އޮންލައިން އެޕްލިކޭޝަން ފޯރމް: ލިންކް
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވައިދު: ލިންކް
ވީމާ، މި ކޮމިޝަންތަކުގައި ބައިވެރިވެ، ފެތުމުގެ ދާއިރާއަށް ޚިދުމަތްކުރުމަށް ޝައުޤުވެރިވާ މެންބަރުން، 19 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ފޯރމް ހުށަހެޅުއްވުން އެދެމެވެ.
our sponsors and partners