ފީނާ ލެވެލް 2 ސްވިމިންގ ކޯޗިންގ ކޯސް ދިވެހިރާއްޖޭގެ 9 ކޯޗުން ކާމިޔާބު ކަމާއިއެކު ފުރިހަމަކޮށްފި

participants

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްޢިއްޔާ، ފީނާ އިން ދިވެހިރާއްޖޭގައި އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ފީނާ ލެވެލް 2 ސްވިމިންގ ކޯޗިން ކޯސް ދިވެހިރާއްޖޭގެ 9 ކޯޗުން ފުރިހަމަކޮށްފިއެވެ. މިއީ، ފީނާގެ ލެވެލް 2 ގެ ކޯޗިން ކޮލިފިކޭޝަނެއް ދިވެހިރާއްޖޭގެ ކޯޗުން ފުރިހަމަކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

ފީނާ ލެވަލް 2 ގެ ސްވިމިންގ ކޯޗިން ކޮލިފިކޭޝަން ހާސިލްކޮށްފައިވާ ފުރަތަމަ ދިވެހި ކޯޗުން ނަކީ:

  1. ޙުސައިން މުބާޙް
  2. މުޙައްމަދު އާދަމް
  3. މަރިޔަމް ޔައުލާ ޔަސާރު
  4. މުޙައްމަދު ޖައުފަރު
  5. އިސްމާޢީލް ފަރުހާނު
  6. އަޙްމަދު އަރީފް
  7. އަޙްމަދު ފާއިޒް
  8. މަރިޔަމް ނަފްޙާ ޢަލީ
  9. އިބްރާޙީމް ޢަލީ

ފީނާއިން އިންތިޒާމްކުރާ މިފަދަ ކޯޗިން ކޯސްތަކަކީ އެހެން ޤައުމުތަކުގެ ސްވިމިންގ ފެޑަރޭޝަންތަކުގެ ކޯޗުންނަށް ވެސް ބައިވެރިވެވޭގޮތަށް ހުޅުވާލެވޭ ކޯސް ތަކެކެވެ. މިގޮތުން ޖަޕާނުގެ ކޯޗެއް ކަމަށްވާ ޝިނޯ ޔޮޝިކަވާ އަދި އިންޑިއާގެ ކޯޗެއް ކަމަށްވާ ނޭހާ ރަނާވެސް ވަނީ މި ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ.

މި ނޮވެމްބަރު މަހުގެ 6 ން 11 އަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ކިޔަވައި ދެއްވީ ފީނާގެ ތަޖުރިބާކާރު ކޯޗު، ޖޭމްސް ރިޗަރޑް އެވެ. މިއީ ރާއްޖޭގައި ފީނާ ކޯޗިން ކޮލިފިކޭޝަން ލެވެލްގެ ކޯހެއް ހިންގަން ފުރުޞަތު ލިބުނު ފުރަތަމަ ފަހަރެވެ.


our sponsors and partners

ފީނާ ލެވެލް 2 ސްވިމިންގ ކޯޗިންގ ކޯސް ދިވެހިރާއްޖޭގެ 9 ކޯޗުން ކާމިޔާބު ކަމާއިއެކު ފުރިހަމަކޮށްފި