association logo
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތަނާއި ވަގުތު:
- ތަން: ހުޅުމާލޭ ސްޕޯރޓްސް ކޮމްޕްލެކްސް (ހުޅުމާލޭ ސްވިމިންގ ޕޫލް ހުންނަ ބިލްޑިންގ)
- ތާރީޚް: 25 ޖުލައި 2020
- ރިޕޯރޓްކުރަންޖެހޭ ގަޑި: ހެނދުނު 10:30
- އިތުރު ތަފްޞީލް: އިލެކްޝަންސްގެ ލިންކުން
ޖަލްސާއަށް ވަޑައިގަންނަވާއިރު، އެސޯސިއޭޝަނުގެ މެންބަރޝިޕް ކާޑު ނުވަތަ، ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ. އަދި، ކޮންމެ ބޭފުޅަކުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާފައިވާ ލަފައާއި އެއްގޮތަށް އަނގަޔާއި ނޭފަތް ނިވާވާނޭ ގޮތަށް މާސްކް އަޅުއްވައި، ވޯޓު ކަރުދާސްކޮޅުގައި ފާހަގަޖެއްސެވުމަށް ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ގެންނެވުމަށް ދަންނަވެމެވެ.
ވީމާ، އެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވަމެވެ.
our sponsors and partners