2021 ވަނަ އަހަރުގެ މާރޗް މަހުގެ 4 ން 31 ޖުލައިހގެ ނިޔަލަށް ޖަރުމަނުވިލާތުގެ ލައިޕްޒިގް Universität Leipzig ގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު، މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކަމަށްއެދި 13 އޮގަސްޓް 2020 ވާ ބުރާސްފަތު ދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.
- ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ސްވިމިންގ)
- ކޯސް ބޭއްވޭ ތާރީޚް: މާރޗް 4 ން 31 ޖުލައި 2021
- ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް: އެޕްލިކޭޝަން ފޯރމް ޑައުންލޯޑް ލިންކް
- ކޯސް ބޭއްވޭ ޤައުމު: ޖަރުމަނުވިލާތް
- ކޯހުގެ ފީ: ހިލޭ
- ޕޮކެޓްމަނީ: ޖަރުމަނުގައި ހޭދަވާ ދުވަސްތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، ޖަރުމަނު އެންބަސީގެ ފަރާތުން ކޮންމެ މަހަކު އެލަވަންސް ހަމަޖައްސައިދޭނެއެވެ.
- ޓިކެޓް: ޖަރުމަނަށް ދިޔުމާއި އައުމުގެ ޓިކެޓް ހަމަޖައްސަން ޖެހޭނީ އެބައިވެރިޔެއްގެ އަމިއްލަ ޚަރަދުގައެވެ.
- ވިސާ: މިކޯހުގައި ބައިވެރިވެ، ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަޖައްސަން ޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަ ޚަރަދުގައެވެ.
- މެޑިކަލް އަދި އިންޝިއުރަންސް: މިކޯހުގައި ބައިވެރިވުމަށް ނަން ފޮނުވޭފަރާތްތައް ހައްދަންޖެހޭ މެޑިކަލް އާއި، ޓްރެވަލް އިންޝިއުރަންސް ހައްދަންޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަޚަރަދުގައެވެ.
- ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.
- ފޯރމް ހުށަހަޅަން ޖެހޭތަން: އީމެއިލް މެދުވެރިކޮށް، sharif@swimming.org.mv އަށް.
- އިތުރު މަޢުލޫމާތު: ކޯހުގެ ވެބްސައިޓް
ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:
- 13 އޮގަސްޓް 2020 އަށް 18 އަހަރު ފުރި، 31 ޖުލައި 2021 އަށް 40 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
- ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވުން (ކުޅިވަރު ކޮމިއުނިޓީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ކުޅިވަރާއިބެހޭ ދާއިރާއެއްގެ ސެޓްފިކެޓެއް)
- ކޯޗެއްގެ ގޮތުގައި ނުވަތަ، ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައި ވުން.
- ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުން.
އެޕްލިކޭޝަން ފޯރމްއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯރމް
- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
- ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕާސްޕޯރޓްގެ ކޮޕީ.
މިކޯހުގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން ހުށަހަޅާ ނަން ހޮވުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.
- ފެތުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
- ސްވިމިންގ ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
- ސްވިމިންގ އެސޯސިއޭޝަނަށާއި ކުޅިވަރުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޚިދުމަތް ކޮށްދީފައިވާ މުއްދަތު.
our sponsors and partners