ހުޅުމާލޭގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި

ހުޅުމާލޭގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި

swimmers of the learn to swim programme

މިއެސޯސިއޭޝަނުގެ ފަރާތުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމައި، ފެތުންތެރިންނަށް ލިޔުން ޙަވާލުކޮށްފިއެވެ. ފެބްރުއަރީ މަހުގެ 18 އިން މާރޗް 7 އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމް ވަނީ 44 ފެތުންތެރިން ފުރިހަމަކޮށްފައެވެ. މިއީ މިއަހަރު ހުޅުމާލޭގައި ކުރިއަށްގެންދެވުނު މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.


our sponsors and partners

ހުޅުމާލޭގައި ކުރިއަށް ގެންދެވުނު ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ނިންމާލައިފި
read more

ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް: ހުޅުމާލެ، 2019 ފެބްރުއަރީ

ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް: ހުޅުމާލެ، 2019 ފެބްރުއަރީ

މިއެސޯސިއޭޝަނުން ހުޅުމާލޭގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ޕްރޮގްރާމްގައި ބައިވެރިކުރަން ބޭނުންވާ 10 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިން ބައިވެރިކުރުމަށް، އޮންލައިން ފޯރމް ފުރިހަމަކޮށް ސަބްމިޓް ކުރެއްވުން އެދެމެވެ.

  • ފީ: ހިލޭ
  • ތާރީޚް: 18 ފެބްރުއަރީ 2019 ން ފެށިގެން 2 ހަފްތާ
  • ގަޑި: ކޮންމެ ދުވަހަކު ހަވީރު 16:15 ން 17:15 އަށް.
  • ޕްރޮގްރާމް ބޭއްވޭތަން: ހުޅުމާލޭ ފަތާ ސަރަޙައްދު
  • އުމުރުފުރާ: 10 އަހަރާއި 13 އަހަރާއި ދެމެދު
  • ޖާގައިގެ ޢަދަދު: 75
  • ބޭނުންވާނެ ތަކެތި: ގޮގްލްސް
  • ފޯރމް: https://goo.gl/forms/hlamzszdhh7cxEWk2
Open Online Form

our sponsors and partners

ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް: ހުޅުމާލެ، 2019 ފެބްރުއަރީ
read more

ޗައިނާމޯލްޑިވްސް ލާން ޓު ސްވިމް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙް ކޮށްފި

ޗައިނާމޯލްޑިވްސް ލާން ޓު ސްވިމް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙް ކޮށްފި

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހިންގަން ހަމަޖެހިފައިވާ “ޗައިނާ މޯލްޑިވްސް ލާން ޓު ސްވިމް ޕްރޮގްރާމް” ރަސްމީކޮށް  އިފްތިތާޙްކޮށް މި ޕްރޮގްރާމުގެ ދަށުން ފަތަންދަސްކުރި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙް ކުރެވިގެންދިޔައީ ހއ. ދިއްދޫ ނާޑް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ސްޓޭޝަން އަދި ސްވިމިންގ އެސޯސިއޭޝަނުން ގުޅިގެން ދިއްދޫގައި ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުން ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާޢްޞަ ރަސްމިއްޔާތެއްގައި ޗައިނާ އެމްބަސީގެ ކައުންސެލަރ މރ. ލިޔު ޝިޔަންގ އެވެ.

China Let's Swim 004މިރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ކައުންސިލަރ ދެއްކެވި ވާހަކަފުޅުގައި ފަތަން ދަސްކޮށްދިނުން ކަހަލަ އިޖުތިމާޢީ ޕްރޮގްރާމުތަކުގައި ޗައިނާއިން ދިވެހިންނަށް އެހީވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށާއި ޗައިނާ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް މިފަދަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ޗައިނާ ސަރުކާރަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް އެހީވުމުގައި ގުޅިގެން ކުރެވޭ މަސައްކަތްވެސް ޗައިނާ ކައުންސިލަރ ފާހަގަ ކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ދެއްކެވި ވާހަކަފުޅުގައި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް މާލެ އާއި އަތޮޅުތަކުގައި ސްވިމިންގ އެސޯސިއޭޝަނާއި މަދަނީ ޖަމްޢިއްޔާ ތަކާއި ކުލަބްތަކުން ހިންގައި އިންސާނީ ޚިދުމަތެއްގެ ގޮތުގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަ ކުރެއްވިއެވެ. އަދި މި ޙަރަކާތް މިހާރަށްވުރެ ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަ ކުރެއްވިއެވެ.

China Let's Swim 002ސްވިމިންގ އެސޯސިއޭޝަންގެ ރައީސްގެ ވާހަކަފުޅުގައި، ދިވެހިންނަށް ފަތަން ދަސްކޮށްދިނުމަށް ހިންގާ  މިފަދަ މުހިއްމު ޕްރޮގްރާމެއްގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ލިބިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ސްވިމިންގ އެސޯސިއޭޝަނުން ހިންގާ ފަތަމާ ހިނގާ  ޕްރޮގްރާމް ހިންގުމަށް ޗައިނާއިން ލިބުނު އެހީތެރިކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައިގެން މި ޕްރޮގްރާމް މާލެ އާއި އަތޮޅުތަކުގައި ފުޅާދާއިރާއެއްގައި ކުރިޔަށް ގެންދަން މަސައްކަތް ކުރައްވާނެކަމުގައިވެސް ވިދާޅުވިއެވެ. މިއާއެކު ފަތަމާހިނގާ ޕްރޮގްރާމާއި ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ތަކުގައި ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުންނާއި ޖަމްޢިއްޔާތަކުން އަދި ފުލުހުންނާ ސިފައިންގެ ފަރާތުން ލިބިގެންދާ އެހީތެރިކަން ފާހަގަ ކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާ ކުރެއްވިއެވެ.

ދިއްދޫ ނާޑް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ދިއްދޫގައި ކުރިޔަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމު ފުރިހަމަކޮށް 48 ދަރިވަރަކު ވަނީ ފަތަން ދަސްވިކަމުގެ ސެޓްފިކެޓް ޙާޞިލް ކޮށްފައެވެ. ފަތަން ދަސްކުރި ދަރިވަރުންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ޗައިނާ އެމްބަސީގެ ކައުންސިލަރ މރ ލިޔު ޝިޔަންގ އެވެ. ފަތަން ދަސްކޮށްދިނުމުގައި އެހީތެރިވެ އިންސްޓްރަކްޓަރުންނަށް ސެޓްފިކެެޓް ދެއްވައި ނާޑް ސްޕޯޓްސް ކުލަބަށާއި ދިއްދޫ ޕޮލިސް ސްޓޭޝަނަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރުއެވެ. ފަތަންދަސްކޮށްދިނުމުގެ ޕްރޮގްރާމާއެކު ބޭއްވި ފެތުމުގެ މުބާރާތުގެ ވަނަތަކަށް އިނާމު ދެއްވީ ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝިނާން އެވެ.

China Let's Swim 001ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ކައުންސިލަރ މރ. ލިޔު ޝިޔަންގ އާއި ހއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ދިއްދޫ ކައުންސިލްގެ ރައީސް އާއި މެމްބަރުންނާއި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އާއި ދިއްދޫގައިހުރި މުއައްސަސާތަކުގެ ވެރިންނާއި ހއ. އަތޮޅު ކޮމާންޑަރާއި ފުލުހުންނާއި ބެލެނިވެރިންގެ އިތުރުން ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުން ބައިވެރިވިއެވެ.

ޗައިނާމޯލްޑިވްސް ލާން ޓު ސްވިމް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙް ކޮށްފި
read more