މާސްޓަރސް ޑިގްރީ ޕްރޮގްރާމް: އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް

މާސްޓަރސް ޑިގްރީ ޕްރޮގްރާމް: އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް

އިންޓަރނޭޝަނަލް އޮލިމްޕިކް އެކަޑަމީ އާއި ޔުނިވަރސިޓީ އޮފް ޕެލޮޕޮނީސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ‘އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެންބަރު ހުރިހާ ކުޅިވަރު އެސޯސިއޭޝަންއަށް ވަނީ ހުޅުވާލާފައެވެ.

މާސްޓަރސް ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: މާސްޓަރސް އިން އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް
  • ބޭއްވޭތަން: އޮލިމްޕިއާ، ގްރީސް
  • ފުރަތަމަ ސެމިސްޓަރގެ ތާރީޚް: 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ 20 ން 23 ނޮވެމްބަރ އަށް
  • ދެވަނަ ސެމިސްޓަރގެ ތާރީޚް: 2025 ވަނަ އަހަރުގެ އެޕްރީލް 4 ން 8 ޖޫން އަށް
  • އިތުރު މަޢުލޫމާތު: ލިންކު
  • މަޢުލޫމާތު ސާފުކުރެއްވުމަށް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ފޯނު: 3346640، އީމެއިލް: info@olympic.mv

އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އެކްސެޕްޓް ކުރާ ކެނޑިޑޭޓުންގެ ތެރެއިން އޮލިމްޕިކް ސޮލިޑާރިޓީއިން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާ މި މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިކަން ހުންނަ މިއެސޯސިއޭޝަނުގެ މެންބަރުން، މިކަމަށް އެދި 17 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން މިކަމަށް އެދި ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި: 17 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން

ޝަރުތު:

  • ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައިވުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއަށް އެޑްރެސްކޮށްފައިވާ ކަވަރ ލެޓަރ.
  • ކުޅިވަރުގެ ދާއިރާއިންނާއި، ޕްރޮފެޝަނަލް ދާއިރާއިން ކޮށްދީފައިވާ ޚިދުމަތްތަކާއި، ހޯދާފައިވާ ކާމިޔާބުތަކާއި، ތަޢުލީމްގެ ތަފްޞީލް އަދި މަސައްކަތުގެ ތަޖުރިބާ ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ފުރިހަމަ ސީވީ
  • ކުޅިވަރު ޚަރަކާތްތަކުގައި (ކުޅުންތެރިއެއް، އޮފިޝަލެއް އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ފީލްޑްގައި ނަމަވެސް) މިހާރުވެސް އުޅެމުންދާކަމުގެ ލިޔުންތަކުގެ ސްކޭން.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ސްކޭން.
  • ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ސްކޭން.
  • އެމް.ކިއު.އޭ އިން އެކްރިޑިޓް ކޮށް، ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ ބެޗްލަރސް ޑިގްރީ ގެ ސްކޭން އަދި އެ ޑިގްރީގެ ފުރިހަމަ ޓްރާންސްކްރިޕްޓް.
  • ޕޯސްޓްގްރެޖުއޭޓް ޑިގްރީ ހާސިލްކޮށްފައިވާނަމަ، އެމް.ކިއު.އޭ އިން އެކްރިޑިޓް ކޮށް، ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ ގެ ސްކޭން އަދި އެ ޑިގްރީގެ ފުރިހަމަ ޓްރާންސްކްރިޕްޓް.
  • ބެޗްލަރސް އަދި ޕޯސްޓްގްރެޖުއޭޓް ޑިގްރީތަކުގައި ތީސިސްއެއް ހިމެނޭނަމަ، އެ ތީސިސްގެ ސްކޭން ނުވަތަ ޕީ.ޑީ.އެފް ފައިލް.
  • ސަރުކާރުގެ އިދާރާއަކުން އެޓެސްޓްކޮށްފައިވާ އިނގިރޭސި ބަހުން ލިޔަން ކިޔަން އިނގޭކަމުގައި ސެޓްފިކެޓެއްގެ ސްކޭން (ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް، ސީ.އޭ.އީ، ސީ.ޕީ.އީ، އައި.އެލް.ޓީ.އެސް، ޓީ.އޯ.އީ.އެފް.އެލް ފަދަ)
  • އެކެޑަމިކް ޕަބްލިކޭޝަން އެއް އޮތްނަމަ، އޭގެ ތަފްޞީލު.
  • ސީވީގައި ހިމަނާފައިވާ ކަންކަމަށް ބާރުދޭ ލިޔުންތަކުގެ ސްކޭން.
  • ޕާސްޕޯޓުގެ ބަޔޯ ޑޭޓާ ޕޭޖުގެ ސްކޭން.
  • ޕާސްޕޯޓު ސައިޒްގެ ފޮޓޯއެއްގެ ސޮފްޓްކޮޕީ.
  • އެޕްލިކޭޝަން ފޯރމް
  • އިރުރަށް ހުށަހަޅަން ބޭނުންވާ ލިޔުންތަކުގެ ސްކޭން.
  • ނޯޓު: ހުރިހާ ސްކޭންއެއް ހުންނަންވާނީ، ސާފުކޮށް އަދި ކުލަކޮށެވެ.

our sponsors and partners

މާސްޓަރސް ޑިގްރީ ޕްރޮގްރާމް: އޮލިމްޕިކް ސްޓަޑީޒް، އޮލިމްޕިކް އެޑިއުކޭޝަން، އޮގަނައިޒޭޝަން އެންޑް މެނޭޖްމަންޓް އޮފް އޮލިމްޕިކް އިވެންޓްސް
read more

ފަސްދޮޅަސް ހަތަރުވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2024 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަސްދޮޅަސް ހަތަރުވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2024 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

2024 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 64 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2024 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ ޕާރޓިސިޕަންޓް ސެލެކްޝަންއަށް 1 އަންހެން އަދި 1 ފިރިހެން ކުއްޖެއްގެ ނަން ހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ދިވެހިރާއްޖެ ތަމްޞީލުކުރާ ބައިވެރިން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 64 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
    ބޭއްވޭޭ ތާރީޚް: 2024 ވަނަ އަހަރުގެ ޖޫން މަހުގެ 8 ން 21 ށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 14 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ޝެންގަން ވިސާ ހެއްދުމަށް އިންޑިއާއަށް ނުވަތަ ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސްކޭން (31 ޑިސެމްބަރ 2024 އަށް މުއްދަތު ހަމަނުވާ)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2024 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ނުފުރޭ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަން ނުވަތަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެންބެސެޑަރސްގެ ސެޝަނެއްގައި މީގެކުރިން ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހިރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.

މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):


our sponsors and partners

ފަސްދޮޅަސް ހަތަރުވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2024 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2024 – 2025 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2024 – 2025 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ibbe coach

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ އިން ހިންގާ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 15 ވަނަ އެޑިޝަން’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ ހުޅުވާލާފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ތިރީގައި ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ބްރޯޝަރ: ޑައުންލޯޑް ލިންކް
  • ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 8 އެޕްރީލް 2024
  • ޝަރުތު:
    1. ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ހުށަހަޅަންޖެހޭ ސުންގަޑި: 11 ފެބްރުވަރީ 2024 ގެ 12:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.

އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:

  • އެ ކޯޗެއްގެ ސީވީ
  • ކޯޗިންގ ޕޯރޓްފޯލިއޯ (ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް އިނގޭނެ ގޮތަށް)
  • ޕްރޮޖެކްޓް ޕްރޮޕޯސަލް (ބްރޯޝަރ ގައިވާގޮތަށް ތައްޔާރުކުރެވިފައިވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
  • މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2024 – 2025 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2024 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2024 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބުޑަޕެސްޓް (ހަންގޭރީ) ގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިކުރުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް (info@swimming.org.mv) މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: 2024 ވަނަ އަހަރުގެ އެޕްރީލް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ހަންގޭރިއަން ޔުނިވަރސިޓީ އޮފް ސްޕޯރޓްސް ސައިންސް
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1
  • އިތުރު މަޢުލޫމާތު: https://tf.hu/en/students/future-students/international-coaching-course

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ނުވަތަ މިއަށްވުރެ މަތީ ފާހެއް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • މަދުވެގެން 2 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • މީގެ ކުރިން، މިފަދަކޯހެއްގައި ބައިވެރިވެފައިވާ ކޯޗެއްކަމުގައި ނުވުން.

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ޤައުމީ ސީނިއަރ ނުވަތަ ޖޫނިއަރ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދޭ ކޯޗުންނަށް އިސްކަންދިނުން.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • 5 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ ކޯޗުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ (އިނގިރޭސިބަހުން)
  • ސީވީ (އިނގިރޭސި ބަހުން)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ސްކޭން
  • ޕާސްޕޯޓްގެ ކުލަ ސްކޭން
  • ޕާސްޕޯރޓް ސައިޒް ފޮޓޯ ގެ ސޮފްޓް ކޮޕީ
  • ކޮވިޑް 19 ވެކްސިން ޖެހިކަމުގެ ލިޔުން (ވެކްސިން ޖަހާފައިވާނަމަ)

ސުންގަޑި: 22 ޖަނަވަރީ 2024 (13:00)

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ. ނަމަވެސް، ވިސާ އެޕްލިކޭޝަން އާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެއް ނަގަންވާނީ އެޕްލިކަންޓެވެ.

ވީމާ، ކޯޗުންނާއި މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.


our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2024 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2023 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2023 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހު ބުޑަޕެސްޓް (ހަންގޭރީ) ގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 21 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް (info@swimming.org.mv) މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: 2023 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ 2 އިން ފެށިގެން 1 ޑިސެމްބަރ 2023 ގެ ނިޔަލަށް
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ހަންގޭރިއަން ޔުނިވަރސިޓީ އޮފް ސްޕޯރޓްސް ސައިންސް
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1
  • އިތުރު މަޢުލޫމާތު: https://tf.hu/en/students/future-students/international-coaching-course

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ނުވަތަ މިއަށްވުރެ މަތީ ފާހެއް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • މަދުވެގެން 2 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  • މީގެ ކުރިން، މިފަދަކޯހެއްގައި ބައިވެރިވެފައިވާ ކޯޗެއްކަމުގައި ނުވުން.

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ޤައުމީ ސީނިއަރ ނުވަތަ ޖޫނިއަރ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދޭ ކޯޗުންނަށް އިސްކަންދިނުން.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • 5 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ ކޯޗުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ (އިނގިރޭސިބަހުން)
  • ސީވީ (އިނގިރޭސި ބަހުން)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ސްކޭން
  • ޕާސްޕޯޓްގެ ކުލަ ސްކޭން
  • ޕާސްޕޯރޓް ސައިޒް ފޮޓޯ ގެ ސޮފްޓް ކޮޕީ
  • ކޮވިޑް 19 ވެކްސިން ޖެހިކަމުގެ ލިޔުން (ވެކްސިން ޖަހާފައިވާނަމަ)

ސުންގަޑި: 21 ޖުލައި 2023 ވާ ހުކުރު ދުވަހުގެ 18:00

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ. ނަމަވެސް، ވިސާ އެޕްލިކޭޝަން އާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެއް ނަގަންވާނީ އެޕްލިކަންޓެވެ.

ވީމާ، ކޯޗުންނާއި މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.


our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2023 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

ފަސްދޮޅަސް ތިންވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2023 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަސްދޮޅަސް ތިންވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2023 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

2023 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 63 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2023 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ ޕާރޓިސިޕަންޓް ސެލެކްޝަންއަށް 1 އަންހެން އަދި 1 ފިރިހެން ބޭފުޅެއްގެ ނަން ހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ ޕާޓިސިޕަންޓް ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 06 މެއި 2023 ވާ ހޮނިހިރު ދުވަހުގެ 20:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 63 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެމްބެސެޑަރސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
    ބޭއްވޭޭ ތާރީޚް: 2023 ވަނަ އަހަރުގެ ޖޫން މަހުގެ 10 ން 22 ށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 06 މެއި 2023 ވާ ހޮނިހިރު ދުވަހުގެ 20:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ޝެންގަން ވިސާ ހެއްދުމަށް އިންޑިއާއަށް ނުވަތަ ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސްކޭން (30 ޑިސެމްބަރ 2023 އަށް މުއްދަތު ހަމަނުވާ)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2023 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 30 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަން ނުވަތަ އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގ އޮލިމްޕިކް އެންބެސެޑަރސްގެ ސެޝަނެއްގައި މީގެކުރިން ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހިރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.

މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):


our sponsors and partners

ފަސްދޮޅަސް ތިންވަނަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ އޮލިމްޕިކް އެމްބެސެޑާރސް 2023 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ހއ.ކެލާ އަދި ހއ.ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި

ހއ.ކެލާ އަދި ހއ.ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި

ހ.އ ކެލާ އަދި ހއ.ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސްތައް ހިންގައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި އަހަރުގެ އޮކްޓޫބަރު މަހުގެ 25 ން ނޮވެމްބަރ 12 އަށް ހިންގުނު މި ކޯސްތަކުގައި ޖުމްލަ 30 އިންސްޓްރަކްޓަރުން ވަނީ ތަމްރީނު ކުރެވިފައެވެ.

ހއ.ކެލާގައި ހިންގި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސް ކުރިއަށް ގެންދިޔައިރު، ހއ.ކެލާ ކައުންސިލް އާއި، ހއ.ކެލާ ޕޮލިސް ސްޓޭޝަންގެ އިތުރުން އެރަށު ޝެއިޚް އިބްރާޙިމް ސްކޫލާއި، ހެލްތު ސެންޓަރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ވަނީ ލިބިފައެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ، މޫސާ ރަޝީދުގެ ބެލުމުގެ ދަށުންނެވެ.

ހުސެން ރަޝީދުގެ ބެލުމުގެ ދަށުން ހއ.ހޯރަފުށީގައި ހިންގި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސް ކުރިއަށް ގެންދިޔުމުގައި އެރަށު ކައުންސިލާއި، ސިއްޙީ މަރުކަޒު އަދި ޕޮލިސް ސްޓޭޝަންގެ އިތުރުން، ހއ.އަތޮޅު މަދަރުސާގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ވަނީ ލިބިފައެވެ.


our sponsors and partners

ހއ.ކެލާ އަދި ހއ.ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި
read more

ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ މާސްޓަރސް ޕްރޮގްރާމަށް ޝަޖަން

ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ މާސްޓަރސް ޕްރޮގްރާމަށް ޝަޖަން

shajan

ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ފެށުމަށް އާމިނަތު ޝަޖަން ބެލްޖިއަމްއަށް ފުރައިފިއެވެ.

މިއީ، ޔޫރަޕިއަން ޔޫނިއަންގެ ސްޓުޑަންޓް އެކްސްޗޭންޖް ޕްރޮގްރާމް (އިރަސްމުސް) އަދި ބެލްޖިއަމްގެ ކޭ.ޔޫ ލޫވެން ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ އިރަސްމުސް މުންޑުސް ޖޮއިންޓް މާސްޓަރ އޮފް އާރޓްސް އިން ސްޕޯރޓްސް އެތިކްސް އެންޑް އިންޓަރގްރިޓީ މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ފުރުޞަތެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ޝަޖަންއަށް ލިބުނު މި ސްކޮލަރޝިޕް އަކީ، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން އޮލިމްޕިއަނުންނަށް ހާއްސަކޮށް ދޭ ސްކޮލަރޝިޕް ފުރުޞަތެކެވެ.

shajan (photo: maldives olympic committee)

ޝަޖަން ވަނީ ލަންޑަން 2012 އޮލިމްޕިކް ގޭމްސް އަދި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލުކޮށްފައެވެ. އަދި، ސިންގަޕޯރ 2010 ޔޫތު އޮލިމްޕިކް ގޭމްސްގައިވެސް ޝަޖަން ވަނީ ދިވެހިރާއްޖެ ތަމްޞީލުކޮށްފައެވެ. 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ޝަޖަން ހޯދައިދިން ލޯ މެޑަލްއަކީ ދިވެހި ތާރީޚުގައި، ފެތުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ އިންޑިވިޖުއަލް މެޑަލްއެވެ. މީގެ އިތުރުން ޝަޖަން ވަނީ، 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި އިތުރު 2 ލޯ މެޑަލް ދިވެހިރާއްޖެއަށް ހޯދައިދީފައެވެ.

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން ބެޗްލަރ އިން ސްޕޯރޓްސް މެނޭޖްމަންޓު ހާޞިލްކޮށްފައިވާ ޝަޖަން މިހާރުވެސް ޖުމްލަ 9 އިވެންޓެއްގެ ޤައުމީ ރެކޯޑް ހޯލްޑްކުރެއެވެ.


our sponsors and partners

ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ މާސްޓަރސް ޕްރޮގްރާމަށް ޝަޖަން
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2021 – 2022 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2021 – 2022 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

hajja coach

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ އިން ހިންގާ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް – ވަރޗުއަލް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ތިރީގައި ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ލީފްލެޓް: ޑައުންލޯޑް ލިންކް
  • ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 26 އޮކްޓޯބަރ 2021
  • ޝަރުތު:
    1. ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ހުށަހަޅަންޖެހޭ ސުންގަޑި: 19 ސެޕްޓެމްބަރ 2021ގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.

އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:

  • އެ ކޯޗެއްގެ ސީވީ އަދި ކޯޗިންގ ޕޯރޓްފޯލިއޯ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
  • މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2021 – 2022 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

މި 2021 ވަނައަހަރުގެ އަހަރީ އާންމުޖަލްސާ ބާއްވާ ތާރީޚް

މި 2021 ވަނައަހަރުގެ އަހަރީ އާންމުޖަލްސާ ބާއްވާ ތާރީޚް

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ 2021 ވަނަ އަހަރުގެ މާރިޗު މަހުގެ 27 ވާ ހޮނިހިރު ދުވަހު މާލެ ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަހަރީ އާންމު ޖަލްސާ ބޭއްވޭ ތަނާއި ވަގުތު އަދި އެހެނިހެން މަޢުލޫމާތު ފަހުން ޢިއުލާނު ކުރެވޭނެއެވެ.

ވީމާ، މިކަން މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.


our sponsors and partners

މި 2021 ވަނައަހަރުގެ އަހަރީ އާންމުޖަލްސާ ބާއްވާ ތާރީޚް
read more

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

ގަޑިތައް:

  • ހެނދުނު 08:00 ން 09:00
  • ހެނދުނު 09:00 ން 10:00
  • ހަވީރު 14:00 ން 15:00
  • ހަވީރު 15:00 ން 16:00.

ޝަރުތުތައް:

  • 25 މީޓަރަށް ރަނގަޅަށް ފަތަން އެނގުން.
  • އުމުރުން 18 އަހަރުން ފުރިފައި ނުވުން.

ޕްރެކްޓިސް ވެނޫ: ހުޅުމާލެ ސްވިމިންގ ޕޫލް

ޑިވެލޮޕްމަންޓް ޕްރޮގްރާމް މެމްބަރޝިޕް ފީ: މަހަކު 350.00

އޮންލައިން އެޕްލިކޭޝަން ފޯރމް: https://goo.gl/forms/0PvdxLSIq6ZcGybg2

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ދެވޭނީ ފަތަން އެނގޭތޯ ހަދާ ޓެސްޓް ހެދުމަށްފަހުގައެވެ.


our sponsors and partners

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2021
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2021 ވަނަ އަހަރުގެ މާރޗް މަހުގެ 4 ން 31 ޖުލައިހގެ ނިޔަލަށް ޖަރުމަނުވިލާތުގެ ލައިޕްޒިގް Universität Leipzig ގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު، މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކަމަށްއެދި 13 އޮގަސްޓް 2020 ވާ ބުރާސްފަތު ދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ސްވިމިންގ)
  • ކޯސް ބޭއްވޭ ތާރީޚް: މާރޗް 4 ން 31 ޖުލައި 2021
  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް: އެޕްލިކޭޝަން ފޯރމް ޑައުންލޯޑް ލިންކް
  • ކޯސް ބޭއްވޭ ޤައުމު: ޖަރުމަނުވިލާތް
  • ކޯހުގެ ފީ: ހިލޭ
  • ޕޮކެޓްމަނީ: ޖަރުމަނުގައި ހޭދަވާ ދުވަސްތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، ޖަރުމަނު އެންބަސީގެ ފަރާތުން ކޮންމެ މަހަކު އެލަވަންސް ހަމަޖައްސައިދޭނެއެވެ.
  • ޓިކެޓް: ޖަރުމަނަށް ދިޔުމާއި އައުމުގެ ޓިކެޓް ހަމަޖައްސަން ޖެހޭނީ އެބައިވެރިޔެއްގެ އަމިއްލަ ޚަރަދުގައެވެ.
  • ވިސާ: މިކޯހުގައި ބައިވެރިވެ، ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަޖައްސަން ޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަ ޚަރަދުގައެވެ.
  • މެޑިކަލް އަދި އިންޝިއުރަންސް: މިކޯހުގައި ބައިވެރިވުމަށް ނަން ފޮނުވޭފަރާތްތައް ހައްދަންޖެހޭ މެޑިކަލް އާއި، ޓްރެވަލް އިންޝިއުރަންސް ހައްދަންޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަޚަރަދުގައެވެ.
  • ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.
  • ފޯރމް ހުށަހަޅަން ޖެހޭތަން: އީމެއިލް މެދުވެރިކޮށް، sharif@swimming.org.mv އަށް.
  • އިތުރު މަޢުލޫމާތު: ކޯހުގެ ވެބްސައިޓް

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 13 އޮގަސްޓް 2020 އަށް 18 އަހަރު ފުރި، 31 ޖުލައި 2021 އަށް 40 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވުން (ކުޅިވަރު ކޮމިއުނިޓީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ކުޅިވަރާއިބެހޭ ދާއިރާއެއްގެ ސެޓްފިކެޓެއް)
  • ކޯޗެއްގެ ގޮތުގައި ނުވަތަ، ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައި ވުން.
  • ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުން.

އެޕްލިކޭޝަން ފޯރމްއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

މިކޯހުގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން ހުށަހަޅާ ނަން ހޮވުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ފެތުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ އެސޯސިއޭޝަނަށާއި ކުޅިވަރުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޚިދުމަތް ކޮށްދީފައިވާ މުއްދަތު.

our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2020 – 2021 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2020 – 2021 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

hajja coach

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ލީފްލެޓް: ޑައުންލޯޑް ލިންކް
  • ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
  • ފުރަތަމަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ން ސެޕްޓެމްބަރު މަހުގެ 13 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
  • ދެވަނަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ން 26 އަށް ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
  • ތިންވަނަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ން އޮކްޓޫބަރު މަހުގެ 04 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
  • ހަތަރުވަނަ މޮޑިއުލް: 2021 ވަނަ އަހަރުގެ އެޕްރީލް 24 ން 29 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
  • ޝަރުތު:
    1. ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ހުށަހަޅަންޖެހޭ ސުންގަޑި: 31 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.

އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:

  • އެ ކޯޗެއްގެ ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
  •  30 ނޮވެމްބަރ 2021 ގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2020 – 2021 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ފަސްދޮޅަސް ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަސްދޮޅަސް ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ioa facilities greece

2020 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 60 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 60 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
    ބޭއްވޭޭ ތާރީޚް: 2020 ވަނަ އަހަރުގެ މެއި 23 ން ޖޫން 03 އަށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 23 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ 13:00
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ވިސާ ހެއްދުމަށް ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖެނުއަރީ 2021 ގެ ނިޔަލަށް މުއްދަތުހަމަނުވާ)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2020 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަނެއްގައި މީގެކުރިން ގައި ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި މީހުންނަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.

މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):


our sponsors and partners

ފަސްދޮޅަސް ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2020 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް – ކުޅުދުއްފުށި

ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް – ކުޅުދުއްފުށި

the city of kulhudhuffushi (photo by: abuubakuru – abooish)

ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ކޯޗުން ތަމްރީނުކުރުމަށް ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް މިއެސޯސިއޭޝަނާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

10 ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިޔަށްދާނީ 2020 ފެބުރުއަރީ 2 ވަނަދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކޯހުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ކޮންމެދިވެއްސަކަށް ލިބިގެންވެއެވެ.

ވީމާ މިކޯހުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކޮށް 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، ސަބްމިޓްކުރުމަށް ދަންނަވަމެވެ.

ކޯހުގައި ބައިވެރުވުމުގެ ޝަރުތުތައް:

  1. ޢުމުރުން 18 ން މަތީގެ ދިވެއްސަކަށްވުން.
  2. އެހެންމީހެއްގެ އެހީތެރިކަމެއްނެތި އަމިއްލައަށް، 400 މީޓަރަށް ފަތަން އެނގޭ މީހަކަށްވުން.
  3. ދިވެހިބަހުންނާ އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކޮށް ލިޔެކިޔަން އެނގުން.
  4. ކޯހުގެ މުއްދަތުގައި ކުޅުދުއްފުށި ސިޓީއަށް އަމިއްލަ ޚަރަދުގައި އައިސް ކޯސް ފުރިހަމަކުރެވޭފަދަ މީހަކަށްވުން.
  5. މިފަދަ ކޯހެއް ފުރިހަމަކޮށް ވާދަވެރި ފެތުންތެރިން އުފެއްދުމުގެ މަސައްކަތުގައި ދެމިހުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  6. ޝަރުޢީ ބަންދެއްގައި ހުރި މީހަކަށް ނުވުން.
Online Form

our sponsors and partners

ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް – ކުޅުދުއްފުށި
read more

ސްވިމިންގ ކޯޗު ޚަދީޖާ، އިންޓަނޭޝަނަލް ކޯޗިންގ ކޯސް ފުރިހަމަކޮށްފި

ސްވިމިންގ ކޯޗު ޚަދީޖާ، އިންޓަނޭޝަނަލް ކޯޗިންގ ކޯސް ފުރިހަމަކޮށްފި

khadheeja easa fulhu with icc certification

އިންޓަނޭޝަނަލް ކޯޗިން ސެޓްފިކޭޝަން ކޯސް ކާމިޔާބު ކަމާއިއެކު ޚަދީޖާ އީސާފުޅު (ހައްޖަ ކޯޗު) ފުރިހަމަކޮށްފިއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުން ޑިސެމްބަރަށް ހަންގޭރީގެ ބުޑަޕެސްޓުގައި ބޭއްވި މިކޯހުގައި ބައިވެރިވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ޚަދީޖާއަށް ފަހިކޮށްދިން މި ފުރުޞަތުގައި ކާމިޔާބު ކަމާއިއެކު މިކޯސް ނިންމައި، މިހާރު ޚަދީޖާ ވަނީ ދިވެހި ފެތުންތެރިން ކުރިއެރުވުމުގެ ބުރަ މަސައްކަތް ފަށައިފައެވެ.

މިކޯސް ނިންމައި، ޚަދީޖާ މި އެސޯސިއޭޝަނަށާއި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ފޮނުއްވާފައިވާ ސްޓޭޓްމަންޓެއްގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާއި، މި އެސޯސިއޭޝަނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި، ސްވިމިންގ ކޮމިއުނިޓީގައި އެހީތެރިވުމުގައި ދެމިހުންނާނެކަމަށް ވަނީ ދަންނަވާފައެވެ.

ޚަދީޖާގެ ސްޓޭޓްމަންޓް:

I would like to take this opportunity to express my heartfelt thanks to the International Olympic Committee (IOC), to the Maldives Olympic Committee (MOC) and to the Maldives Swimming Association for giving me the opportunity to be a part of this International Coaching Course (ICC) in University of Physical Education, Hungary,

I have certainly learned a lot (but not enough) about the Physical Education and Sports Specialization, throughout the course, which is something we needed most, much appreciated for providing such an opportunity to grow in field professional and personal level.

I promise you all that I will keep spreading all the knowledge I gained within the community and those who needed. Once again thank for everything.

Khadheeja Easa Fulhu 2019

our sponsors and partners

ސްވިމިންގ ކޯޗު ޚަދީޖާ، އިންޓަނޭޝަނަލް ކޯޗިންގ ކޯސް ފުރިހަމަކޮށްފި
read more

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

learn to swim programme batch 01

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަތަން ދަސްކޮށްދިނުމުގައި ޙަރަކާތްތެރިވުމަށް އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް މާލޭގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މިކޯސް އޮންނާނީ 2019 އޮކްޓޫބަރ 20 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ 20 ވަނަދުވަހުގެ ނިޔަލަށެވެ. ކޯހުގައި ކިޔަވައިދިނުމުގެ ވަގުތުތައް ހަމަޖައްސާނީ ކޯހުގެ ބައިވެރިންނާ ވާހަކަދެއްކުމަށްފަހުގައެވެ.

ކޯހުގައި ބައިވެރިވާ މީހުންގެ އަންނަނިވި ޝަރުޠުތައް ހަމަވާން ވާނެއެވެ.

  • ދިވެހިރައްޔިތަކަށްވުން.
  • ޝަރުޢީ ބަންދެއްގައި ހުރިމީހަކު ކަމުގައި ނުވުން.
  • ފަތަންދަސްކޮށްދިނުމުގެ މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  • ރަނގަޅަށް ފަތަން އިނގޭމީހެއް ކަމުގައިވުން.
  • ޢުމުރުން 18 އަހަރާ 45 އަހަރާދެމެދުގެ މީހަކަށްވުން.
  • ދިވެހިބަހުން އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން.

މިކޯސް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް ދެވޭނީ މިއެސޯސިއޭޝަނުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޯހުގެ ޢަމަލީބައި ފުރިހަމަކޮށް، ހާޒިރީން %95 އަށްވުރެ މަތިން ހޯދައި، ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓްތަކުން %75 އަށްވުރެ މަތިން މާކްސް ހޯދާ މީހުންނަށެވެ. މިކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށެއް ނުޖެހޭނެއެވެ.

ވީމާ މިކޯހުގައި ބައިވާން އެދޭ މިކަމަށް ޝައުޤުވެރިވާ މީހުން ކޯހުގައި ބައިވެރިވުމުގެ އޮންލައިން ފޯމު ފުރިހަމަކޮށް 2019 އޮކްޓޫބަރ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 08:00 ން މެންދުރު 14:00 ށް 3323429 އަށް ގުޅުއްވުން އެދެމެވެ.

APPLY ONLINE (FORM)

our sponsors and partners

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
read more

ސޯޅަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2019 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ސޯޅަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2019 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

bandarawela

މި 2019 ވަނަ އަހަރު ސްރީލަންކާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ސްރީލަންކާގެ ބަންޑާރަވެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2019 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 03 އަންހެން އަދި 03 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 03 އަންހެން އަދި 03 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 1 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 16 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2019 (ސްރީލަންކާ)
    ބޭއްވޭ ތަން: ބަންޑާރަވެލަ (ސްރީލަންކާ)
    ބޭއްވޭޭ ތާރީޚް: 16 ން 20 އޮކްޓޫބަރ 2019

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެބޭފުޅެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖޫން 2020 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2019 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 26 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިން ރަނގަޅަށް ލިޔަން ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހިރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ ފަރާތްތައް.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާފަރާތްތައް.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ ފަރާތްތައް.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް.

our sponsors and partners

ސޯޅަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2019 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު

ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ދިވެހިރާއްޖޭގައި ސްވިމިންގ ކޯޗަސް ލެވެލް 2 ގެ ކޯހެއް ބޭއްވުމަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: ފީނާ ސްވިމިންގ ކޯޗަސް ސަރޓިފިކޭޝަން ކޯސް ލެވެލް 2
  • ސެމިނަރ ބޭއްވޭ ތަން: މާލެ
  • ސެމިނަރގައި ބައިވެރިވުމުގެ ޝަރުތު:
    • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
    • އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
    • ފީނާއިން ސްވިމިންގ ކޯޗިންގ އެޑްވާންސް ކްލިނިކެއް ފުރިހަމަކޮށްފައިވާ ކޯޗެއް ކަމުގައި ވުން ނުވަތަ، ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަން ޤަބޫލުކުރާ ކޯޗިންގ އާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސް ކޯހެއް ފުރިހަމަކޮށްފައިވާ މީހެއް ކަމުގައިވުން.
    • ސްވިމިންގ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމުގައިވުން.
  • އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ފޮނުވަންޖެހޭ ތަކެތި:
    • ނެޝަނަލް އައިޑެންޓިޓީ ކާރޑްގެ ކުލަ ސްކޭންޑް ކޮޕީއެއް.
    • ހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯގަނޑެއް.
    • މިކޯހުގައި ބައިވެރިވެރިވުމަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.
    • ސްވިމިންގ ކޯޗިންގ ދާއިރާއިން ހޯދައިފައިވާ ކާމިޔާބީތަކުގެ ލިޔުންތަކުގެ ސްކޭންޑް ކޮޕީ.
    • ސްވިމިންގގެ ދާއިރާއިން ހޯދައިފައިވާ ތަޢުލީމީ އަދި ޓްރެއިނިންގ ޕްރޮގްރާމް އަދި ކްލިނިކްތަކުގެ ސެޓްފިކެޓްތަކުގެ ސްކޭންޑް ކޮޕީ.
    • ތަކެތި ފޮނުވަންވީ އީމެއިލް: sharif@swimming.org.mv
  • ކޯހުގެ ޝެޑިއުލް:
    • އޮންލައިން ކިޔެވުން ފެށޭ ތާރީޚް: 12 އޮގަސްޓް 2019
    • ފޭސްޓު ފޭސް ސެމިނަރ އޮންނާނެ ތާރީޚް: 5 ން 11 ނޮވެމްބަރ 2019 ގައި، ކޮންމެ ދުވަހަކު ހެނދުނު 09:00 ން 17:00 އަށް.

މި ކްލިނިކްގައި ދިވެހިރާއްޖެއިން ބައިވެރިވާނެ މީހުން ކަނޑައަޅާނީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.


our sponsors and partners

ފީނާ ސްވިމިންގ ކޯޗަސް ކޯސް، ލެވެލް 2 ގައި ބައިވެރިވުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2019 – 2020 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2019 – 2020 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

swimming competition

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ލީފްލެޓް: ޑައުންލޯޑް ލިންކް
  • ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
  • ފުރަތަމަ މޮޑިއުލްގެ ތާރީޚް: 15 އޮގަސްޓް އިން 15 ސެޕްޓެމްބަރ 2019 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
  • ދެވަނަ މޮޑިއުލްގެ ތާރީޚް: 15 ސެޕްޓެމްބަރ އިން 5 އޮކްޓޫބަރ 2019 ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
  • ތިންވަނަ މޮޑިއުލްގެ ތާރީޚް: 5 އޮކްޓޫބަރ އިން 12 އޮކްޓޫބަރ 2019 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
  • ހަތަރުވަނަ މޮޑިއުލް: 27 އެޕްރީލް އިން 1 މެއި 2020 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
  • ޝަރުތު:
    1. ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
    3. އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 4 އެޕްރީލް 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނުގެ އިދާރާއަށް.

ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  •  30 ނޮވެމްބަރ 2020 ގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތައް

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް 2019 – 2020 ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ބެޗްގެ ނިމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި.

ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ބެޗްގެ ނިމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި.

instructors batch 1 – 2019

2019 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ސްވިމިންގ އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް ނިމި، ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ލިޔުން ޙަވާލުކޮށްފިއެވެ. ފެބްރުވަރީ މަހުގެ 2 ން މާރިޗް މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުނު މި ޓްރެއިނިންގ ކޯހުގައި ކިޔަވައިދެއްވާފައިވަނީ، އިބްރާޙީމް ޢަލީ އެވެ.

16 ބައިވެރިން ވަނީ ސްވިމިންގ އިންސްޓްރަކްޓަރ ޓްރެއިނިންގ ކޯސް ފުރިހަމަކޮށް، ސެޓްފިކެޓް ޙާސިލްކޮށްފައެވެ.


our sponsors and partners

ސްވިމިންގ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ބެޗްގެ ނިމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފި.
read more

ފަންސާސް ނުވަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2019 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަންސާސް ނުވަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2019 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

2019 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 59 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2019 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 17 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 59 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އޮލިމްޕިއާ، އެތަންސް، ޑެލްފީ)
    ބޭއްވޭޭ ތާރީޚް: 2019 ވަނަ އަހަރުގެ ޖޫން މަހުގެ 1 އިން 15 އަށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 17 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ވިސާ ހެއްދުމަށް ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖެނުއަރީ 2020 ގެ ނިޔަލަށް މުއްދަތުހަމަނުވާ)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2019 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަނެއްގައި މީގެކުރިން ގައި ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ހޮވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ މީހުން.

މި ސެސަޝަނުގެ ބައިވެރިންނަށް ބޭނުންވާ އިތުރު މަޢުލޫމާތު (މުޙިއްމު):


our sponsors and partners

ފަންސާސް ނުވަ ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2019 (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2019 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2019 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2019 ވަނަ އަހަރު ބުޑަޕެސްޓް (ހަންގޭރީ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 6 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: މާރޗް 18 ން 07 ޖޫން 2019 ގެ ނިޔަލަށް.
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ޔުނިވަރސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން، ބުޑަޕެސްޓް، ހަންގޭރީ
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.
  • 2 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • ނަންފޮނުވުމުގައި އަންހެން އެޕްލިކަންޓުންނަށް އިސްކަން ދެވޭނެއެވެ.
  • އުމުރުން 25 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުން.
  • 5 އަހަރުދުވަހުގެ ސްވިމިންގ ކޯޗިންގ ތަޖުރިބާ ލިބިފައިވާ މީހުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
  • ޕާސްޕޯރޓް ކޮޕީ

ސުންގަޑި:6 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00.

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ 45 ދުވަސް ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ. ނަމަވެސް، ވިސާ އެޕްލިކޭޝަން އާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެއް ނަގަންވާނީ އެޕްލިކަންޓެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.


our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2019 (ހަންގޭރީ) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 2 ން 31 ޖަނަވަރީ 2020ގެ ނިޔަލަށް ޖަރުމަނުވިލާތުގެ ލައިޕްޒިގް Universität Leipzig ގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު، މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކަމަށްއެދި 3 ފެބްރުއަރީ 2019 ވާ އާދީއްތަދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް އަދި، ފޯރމްއާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ސްވިމިންގ)
  • ކޯސް ބޭއްވޭ ތާރީޚް: 2 ސެޕްޓެމްބަރ 2019 ން 31 ޖެނުއަރީ 2020
  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް: އެޕްލިކޭޝަން ފޯރމް ޑައުންލޯޑް ލިންކް
  • ކޯސްބޭއްވޭ ޤައުމު: ޖަރުމަނުވިލާތް
  • ކޯހުގެ ފީ: ހިލޭ
  • ޕޮކެޓްމަނީ: ޖަރުމަނުގައި ހޭދަވާ ދުވަސްތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، ޖަރުމަނު އެންބަސީގެ ފަރާތުން ކޮންމެ މަހަކު އެލަވަންސް ހަމަޖައްސައިދޭނެއެވެ.
  • ޓިކެޓް: ޖަރުމަނަށް ދިޔުމުގެ ޓިކެޓް ހަމަޖައްސަން ޖެހޭނީ އެބައިވެރިޔެއްގެ އަމިއްލަ ޚަރަދުގައެވެ.
  • ވިސާ: މިކޯހުގައި ބައިވެރިވެ، ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަޖައްސަން ޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަ ޚަރަދުގައެވެ.
  • ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 3 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން.
  • ފޯރމް ހުށަހަޅަން ޖެހޭތަން: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް.
  • އިތުރު މަޢުލޫމާތު: ކޯހުގެ ވެބްސައިޓް އަދި ފްލައިއަރ

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 3 ސެޕްޓެމްބަރ 2019 އަށް 18 އަހަރު ފުރި، 40 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވުން (ކުޅިވަރު ކޮމިއުނިޓީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ކުޅިވަރާއިބެހޭ ދާއިރާއެއްގެ ސެޓްފިކެޓެއް)
  • ކޯޗެއްގެ ގޮތުގައި ނުވަތަ، ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައި ވުން.
  • ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުން.

އެޕްލިކޭޝަން ފޯރމްއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯރމް
  • އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  • އަސްލާއި އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ، ކުޅިވަރުގެ ދާއިރާއިން ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސައިޒްގެ 4 ފޮޓޯގަނޑު (ދިވެހިރާއްޖޭގެ ޕާސްޕޯރޓް ހެއްދުމަށް ބޭނުންވާ ފޮޓޯގެ މިންގަނޑުތަކާއި އެއްގޮތަށް)
  • މެޑިކަލް އެގްޒެމިނޭޝަން ރިޕޯރޓް (ޝެންގަން ލޯންގް ޓަރމް ވިސާއަށް ބޭނުންވާ)، އޮރިޖިނަލް ލެބޯރިޓީ ޓެސްޓްތަކުގެ ނަތީޖާއާއިއެކު.
  • އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކޮޕީ.

މިކޯހުގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން ހުށަހަޅާ ނަން ހޮވުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ފެތުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ އެސޯސިއޭޝަނަށާއި ކުޅިވަރުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޚިދުމަތް ކޮށްދީފައިވާ މުއްދަތު.

our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު
read more

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

swimmers

ފަތަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް މާލޭގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މިކޯސް އޮންނާނީ 2019 ފެބުރުއަރީ 2 ވަނަ ދުވަހުން ފެބުރުއަރީ 28 ވަނަދުވަހުގެ ނިޔަލަށެވެ. ކޯހުގައި ކިޔަވައިދިނުމުގެ ވަގުތުތައް ހަމަޖައްސާނީ ކޯހުގެ ބައިވެރިންނާ ވާހަކަދެއްކުމަށްފަހުގައެވެ.

ކޯހުގައި ބައިވެރިވާ މީހުންގެ އަންނަނިވި ޝަރުޠުތައް ހަމަވާން ވާނެއެވެ.

  • ދިވެހިރައްޔިތަކަށްވުން.
  • ޝަރުޢީ ބަންދެއްގައި ހުރިމީހަކު ކަމުގައި ނުވުން.
  • ފަތަންދަސްކޮށްދިނުމުގެ މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  • މީހެއްގެ އެހީއަކާނުލައި ހުއްޓިނެތި 400 މީޓަރަށް ފަތަންއެނގޭ މީހަކަށްވުން.
  • ޢުމުރުން 18 އަހަރާ 45 އަހަރާދެމެދުގެ މީހަކަށްވުން.
  • ދިވެހިބަހުން އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން.

މިކޯސް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް ދެވޭނީ މިއެސޯސިއޭޝަނުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޯހުގެ ޢަމަލީބައި ފުރިހަމަކޮށް، ހާޒިރީން %95 އަށްވުރެ މަތިން ހޯދައި، ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓްތަކުން %75 އަށްވުރެ މަތިން މާކްސް ހޯދާ މީހުންނަށެވެ.

ވީމާ މިކޯހުގައި ބައިވާން އެދޭ މިކަމަށް ޝައުޤުވެރިވާ މީހުން ކޯހުގައި ބައިވެރިވުމުގެ އޮންލައިން ފޯމުފުރިހަމަކޮށް 2019 ޖެނުއަރީ 30 ވަނަދުވަހު 14:00 ގެކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 08:00 ން މެންދުރު 14:00 ށް 3323429 އަށް ގުޅުއްވުން އެދެމެވެ.

APPLY ONLINE (FORM)

our sponsors and partners

ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރިނުކުރުމުގެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
read more

ބީޗް ވޯޓަރ ޕޯލޯ ބޭސިކް ރެފްރީ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

ބީޗް ވޯޓަރ ޕޯލޯ ބޭސިކް ރެފްރީ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

hulhumalé swimming track

ފެތުމުގެ ކުޅިވަރުތަކާއިބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ (ފީނާ) އާއި މިއެސޯސިއޭޝަން ގުޅިގެން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ބީޗް ވޯޓަރ ޕޯލޯ ބޭސިކް ރެފްރީ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކްލިނިކްގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ފޯރމް ފުރިހަމަކުރުމަށްފަހު 25 އޮކްޓޫބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ. ހުޅުމާލޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިކްލިނިކްގައި ކިޔަވައިދެއްވާނީ ފީނާގެ ލެކްޗަރަރ، ޑިއޮން ވިލިސް އެވެ.

Name: Beach Water Polo, Basic Referee Clinic

Date: 31st October to 2nd November 2018

Location: Hulhumale’, Maldives

Application due date: 25th October 2018

Schedule: All three days, morning 08:00am to 10:00am and afternoon 15:00pm to 17:00pm (participants must participate in all the sessions in order to complete the clinic)

Application Form: Online Form (https://goo.gl/forms/06za0bVFAoAYUs8E3)

Number of Slots: 30 (if the number of applicants exceed 30, association will make a selection depending on the information provided in the application)

Fee: Free


our sponsors and partners

ބީޗް ވޯޓަރ ޕޯލޯ ބޭސިކް ރެފްރީ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު
read more

ބީޗް ވޯޓަރ ޕޯލޯ ބޭސިކް ކޯޗިންގ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

ބީޗް ވޯޓަރ ޕޯލޯ ބޭސިކް ކޯޗިންގ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

beach water polo clinic

ފެތުމުގެ ކުޅިވަރުތަކާއިބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ (ފީނާ) އާއި މިއެސޯސިއޭޝަން ގުޅިގެން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ބީޗް ވޯޓަރ ޕޯލޯ ބޭސިކް ކޯޗިންގ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކްލިނިކްގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ފޯރމް ފުރިހަމަކުރުމަށްފަހު 11 އޮކްޓޫބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ. މިކްލިނިކްގައި ކިޔަވައިދެއްވާނީ ފީނާގެ ލެކްޗަރަރ، ލަޒްލޯ ހުރުޒާއެވެ.

Name: Beach Water Polo, Basic Coaches Clinic

Date: 14th to 20th October 2018

Location: Male’/Hulhumale’, Maldives

Application due date: 11th October 2018

Application Form: Online Form (https://goo.gl/forms/k0ZWfyFt0CKkFhrR2)

Number of Slots: 30

Fee: Free


our sponsors and partners

ބީޗް ވޯޓަރ ޕޯލޯ ބޭސިކް ކޯޗިންގ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު
read more

އޯޕަން ވޯޓަރ ސްވިމިންގ މީޑިއާ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

އޯޕަން ވޯޓަރ ސްވިމިންގ މީޑިއާ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

fina clinic dhiffushi

ފެތުމުގެ ކުޅިވަރުތަކާއިބެހޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ (ފީނާ) އާއި މިއެސޯސިއޭޝަން އަދި މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމް.އެމް.އައި) ގުޅިގެން ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އޯޕަން ވޯޓަރ ސްވިމިންގ މީޑިއާ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މިކްލިނިކްގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ތިރީގައިވާ ލިންކުގައިވާ ފޯރމް ފުރިހަމަކުރުމަށްފަހު 24 ޖޫން 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ސަބްމިޓް ކުރެއްވުން އެދެމެވެ.

Name: Media Clinic for Open Water Swimming

Date: 28th to 30th June 2018

Location: Male’, Maldives

Application due date: 24th June 2018

Application Form: Online Form (https://goo.gl/forms/s3E9qyaynwvO7rjg2)

Number of Slots: 30

Fee: Free

Contents of the Clinic:

  • Development and opportunities in open water swimming.
  • Media coverage of the events.
  • Aspects covered by the media
  • Review on similar events
  • Role of Public Address Announcers & Television Commentators
  • Camera Angles & image framing
  • Technical Issues
  • Social Media presentation & how to engage the public before, during and after the event

Schedule of the Clinic:

Date From To Description
Thursday, 28 June 2018 08:15 11:30 Theory Session 01
13:00 15:00 Theory Session 02
Friday, 29 June 2018 07:30 10:30 Practical Session 01 – Villingili
14:00 15:00 Theory Session 03
Saturday, 30 June 2018 08:15 11:30 Theory Session 04
13:00 15:00 Theory Session 05

 

މި ކްލިނިކްގައި ފުރުޞަތުދެވޭ 30 ބައިވެރިން ކަނޑައެޅުމުގައި، ވޭތުވެދިޔަ މުއްދަތުގައި ފެތުމުގެ ކުޅިވަރުތަކާއި ޚަރަކާތްތަކާއި ގުޅޭ ޚަބަރުތަކާއި މީޑިއާ އުފެއްދުންތަކާއި، އެސޯސިއޭޝަނުގެ ޚަރަކާތްތަކަށް މިހާރުވެސް ކޮންޓްރިބިއުޓް ކުރަމުންގެންދާ ފަރުދުންނަށާއި ފޮޓޯ އަދި ވީޑިއޯގްރަފީ އަދި މީޑިއާ ކުންފުނިތަކަށް ނިސްބަތްވާ މީހުންނަށް އިސްކަންދެވޭނެއެވެ.

މި ކްލިނިކަކީ، އޯޕަން ވޯޓަރ ސްވިމިންގ ޑެސްޓިނޭޝަންއެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކޮށް، ކުރިއެރުވުމަށް މިއެސޯސިއޭޝަނުން ފަށާފައިވާ މަޝްރޫއުއަށް ބޭނުންވާ މީޑިއާ އެކްސްޕާރޓުން ޓްރެއިންކުރުމަށާއި، ޖުލައި 20 އަދި 21 ވަނަ ދުވަހު ކ.ދިއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދިގުފެތުމުގެ 13 ވަނަ މުބާރާތާއި، ޤައުމީ އަކުއަތުލޯން ފުރަތަމަ މުބާރާތުގެ މީޑިއާކަވަރޭޖް ހެދުމަށް ރާއްޖޭގެ މީޑިއާތައް ތައްޔާރުވުމަށް އެހީތެރިވެދިނުމުގެގޮތުން ހިންގޭ ކްލިނިކެކެވެ.

މިއީ ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ އަށް ޚާއްސަކޮށްގެން ހިންގޭ މިފަދަ ފުރަތަމަ ކްލިނިކެވެ. މި ކްލިނިކްގައި ކިޔަވައިދެއްވާނީ ފީނާގެ އޯޕަންވޯޓަރ ސްވިމިންގ އިވެންޓްތައް ހިންގުމުގެ ތަޖުރިބާކާރެއް ކަމަށްވާ މިސްޓަރ ކޮލިން ހިލްއެވެ.


clinic partner

our sponsors and partners

އޯޕަން ވޯޓަރ ސްވިމިންގ މީޑިއާ ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު
read more

ފަންސާސް އަށްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަންސާސް އަށްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

international olympic academy

2018 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީއިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 58 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2018 ގައި ދިވެހިރާއްޖެ ތަމްޞީލްކުރުމަށް ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 58 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އެތަންސް، ޑެލްފީ، އޮލިމްޕިއާ)
    ބޭއްވޭޭ ތާރީޚް: 2018 ވަނަ އަހަރުގެ ޖޫން މަހުގެ 16 އިން 30 އަށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 20 ފެބްރުއަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ވިސާ ހެއްދުމަށް ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖެނުއަރީ 2019 ގެ ނިޔަލަށް މުއްދަތުހަމަނުވާ)

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2018 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަނެއްގައި މީގެކުރިން ގައި ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

ފަންސާސް އަށްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2018 (ހަންގޭރީ) ގައި ބައިވެރިވުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2018 (ހަންގޭރީ) ގައި ބައިވެރިވުމުގެ ފުރުޞަތު

2018 ވަނަ އަހަރު ބުޑަޕެސްޓް (ހަންގޭރީ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 07 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: މާރޗް 19 ން 08 ޖޫން 2018 ގެ ނިޔަލަށް.
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ޔުނިވަރސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން، ބުޑަޕެސްޓް، ހަންގޭރީ
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިވާ ޚިދުމަތް އަދި ކުރަމުންދާ މަސައްކަތް.
  • ނަންފޮނުވުމުގައި އަންހެން އެޕްލިކަންޓުންނަށް އިސްކަން ދެވޭނެއެވެ.

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ މީހަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕާސްޕޯރޓް ކޮޕީ

ސުންގަޑި: 7 ޖެނުއަރީ 2018 ވާ އާދީއްތަ ދުވަހުގެ 14:00.

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ 45 ދުވަސް ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ. ނަމަވެސް، ވިސާ އެޕްލިކޭޝަން އާއި، ވިސާގެ ކަންކަން ހަމަޖެއްސުމުގެ ހުރިހާ ޒިންމާއެއް ނަގަންވާނީ އެޕްލިކަންޓެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2018 (ހަންގޭރީ) ގައި ބައިވެރިވުމުގެ ފުރުޞަތު
read more

އެކާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އެކާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

noa session malaysia 2015 (photo by: maldives olympic committee)

2017 ވަނަ އަހަރު މެލޭޝިއާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ކުއަލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 21 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ)
    ބޭއްވޭ ތަން: ކުއަލަ ލަމްޕޫރު (މެލޭޝިއާ)
    ބޭއްވޭޭ ތާރީޚް: 2017 ޑިސެމްބަރ 11 ން 15 އަށް

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 އޮގަސްޓް 2018 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހަށް 25 އަހަރު ފުރި 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

އެކާވީސް ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ފީނާ އޯޕަން ވޯޓަރ ސްވިމިންގ ސްކޫލް ފޮރ އޮފިޝަލްސް ވޯރކްޝޮޕް ނިންމާލުން

ފީނާ އޯޕަން ވޯޓަރ ސްވިމިންގ ސްކޫލް ފޮރ އޮފިޝަލްސް ވޯރކްޝޮޕް ނިންމާލުން

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ރާއްޖޭގައި ބޭއްވި ފީނާ އޯޕަން ވޯޓަރ ސްވިމިންގ ސްކޫލް ފޮރ އޮފިޝަލްސް 2017 ވޯރކްޝޮޕް ނިމި، މި ވޯރކްޝޮޕް ފުރިހަމަކުރި ފަރާތްތައް އިޢުލާނުކޮށްފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގެ ސެމިނަރ ރޫމްގައި ހިންގި މި ވޯރކްޝޮޕް 11 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ.

މި ވޯރކްޝޮޕް ހިންގައިދީފައިވަނީ ފީނާ ގެ ޓެކްނިކަލް އޯޕަންވޯޓަރ ސްވިމިންގ ކޮމެޓީގެ މެމްބަރ، ބިލް ފޯރޑްއެވެ.

ފީނާ އޯޕަން ވޯޓަރ ސްކޫލް ފޮރ އޮފިޝަލްސް 2017 ފުރިހަމަކުރި ބައިވެރިން.

  • މުޙައްމަދު ވިޝާމް
  • އަޙްމަދު ސޮބާޙް
  • މުޙައްމަދު ޔައިޝް ޙުސައިން
  • އިބްރާޙީމް މޫސާ
  • ފާރިޝް އިބްރާޙީމް
  • ލަލިތު ގަމަގެ (ސްރީލަންކާ)
  • އަޙްމަދު ރާޢިދު
  • މުޙައްމަދު ޝާރިފް

މިވޯރކްޝޮޕަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އޯޕަން ވޯޓަރ ސްވިމިންގ މުބާރާތްތައް އޮފިޝިއޭޓްކުރުމަށް އޮފިޝަލުން ތަމްރީންކުރުމުގެ ބޭނުމުގައި ފީނާ އިން ދިވެހިރާއްޖޭގައި ބޭއްވި ވޯރކްޝޮޕެކެވެ. މިއީ ފީނާގެ ފަރާތުން މިފަދަ ވޯރކްޝޮޕެއް ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ.


our sponsors and partners

ފީނާ އޯޕަން ވޯޓަރ ސްވިމިންގ ސްކޫލް ފޮރ އޮފިޝަލްސް ވޯރކްޝޮޕް ނިންމާލުން
read more

ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ސްކޫލްގައި ބައިވެރިވުމުގެ ފުރުޞަތު

ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ސްކޫލްގައި ބައިވެރިވުމުގެ ފުރުޞަތު

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމްޢިއްޔާ، ފީނާ އިން ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ޓްރެއިނިންގ ސްކޫލް 2017 ޖުލައި 2 އަދި 3 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިސެމިނަރ އަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި އޯޕަން ވޯޓަރ ސްވިމިންގ މުބާރާތްތައް އޮފިޝިއޭޓްކުރުމަށް އޮފިޝަލުން ތަމްރީންކުރުމުގެ ބޭނުމުގައި ބޭއްވޭ ސެމިނަރ އެކެވެ.

ވީމާ، މި ސެމިނަރގައި ބައިވެރިވާން އެދޭފަރާތްތަކުން 13 ޖޫން 2017 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ސެމިނަރގެ ނަން: ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ޓްރެއިނިންގ ސްކޫލް
  • ސެމިނަރ ބޭއްވޭ ތާރީޚް: 2 ން 3 ޖުލައި 2017، ކޮންމެ ދުވަހަކު ހެނދުނު 09:00 ން 17:00 އަށް
  • ސެމިނަރ ބޭއްވޭ ތަން: މާލެ
  • ސެމިނަރގައި ބައިވެރިވުމުގެ ޝަރުތު:
    • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
    • އިނގިރޭސިބަހުން ރަނގަޅަށް ލިޔަން، ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
    • މިސެމިނަރގައި ބައިވެރިިވެ، އޯޕަން ވޯޓަރ ސްވިމިންގ މުބާރާތްތަކުގައި އޮފިޝަލެއްގެ ގޮތުގައި ޚަރަކާތްތެރިވެވޭނެ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ފަރާތެއްކަމުގައިވުން.
  • ބައިވެރިވާން އެދޭ ފޯރމް: (ޑައުންލޯޑް ލިންކް)
  • ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:
    • ނެޝަނަލް އައިޑެންޓިޓީ ކާރޑްގެ ކުލަ ކޮޕީއެއް.
    • ހުދު ބެކްގްރައުންޑެއްގައި ނަގާފައިވާ ޕާސްޕޯރޓް ސައިޒްގެ ފޮޓޯގަނޑެއް.

ބައިވެރިން ނެގުމުގައި ސްވިމިންގ އެސޯސިއޭޝަނަށް އޮފިޝަލުންގެ ގޮތުގައި ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.


our sponsors and partners

ފީނާ އޯޕަން ވޯޓަރ ސްވިމިންގ އޮފިޝަލް ސްކޫލްގައި ބައިވެރިވުމުގެ ފުރުޞަތު
read more

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެންބަރު ހުރިހާ ކުޅިވަރު އެސޯސިއޭޝަންއަށް ވަނީ ހުޅުވާލާފައެވެ.

ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:

  • ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
  • މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
  • ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
  • ފުރަތަމަ މޮޑިއުލްގެ ތާރީޚް: 16 ސެޕްޓެމްބަރ އިން 01 އޮކްޓޯބަރ 2017 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
  • ދެވަނަ މޮޑިއުލްގެ ތާރީޚް: 01 ން 08 އޮކްޓޯބަރ 2017 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
  • ތިންވަނަ މޮޑިއުލްގެ ތާރީޚް: 08 ން 20 އޮކްޓޯބަރ 2017 އަށް ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
  • ހަތަރުވަނަ މޮޑިއުލް: 26 އެޕްރީލް އިން 08 މެއި 2017 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
  • ޝަރުތު:
    1. ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
    2. ކޯޗިންގެ ދާއިރާގައި މެދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަޢުލޫމާތު ސާފުކުރެއްވުމަށް: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ، ފޯނު: 3346640، އީމެއިލް: info@nocmaldives.org

މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.

ސިޓީ ހުށަހަޅަންޖެހޭ ސުންގަޑި: 26 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނުގެ އިދާރާއަށް.

ސިޓީ އާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

  • ސީވީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

our sponsors and partners

އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އައްޑޫ ސިޓީގައި ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި

އައްޑޫ ސިޓީގައި ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި

addu city basic coaching course

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއި އެކު ފީނާ ގެ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް ނިމި، ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫ އައްޑޫ ސިޓީ ފުޓުބޯޅަ ސްޓޭޑިއަމްގައި ބޭއްވި މި ކޯސް ނިންމުމުގެ ރައްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ، އަލްފާޟިލް އަބްދުﷲ ޠައްޔިބެވެ. މި ޙަފްލާގައި ޠައްޔިބް ދެއްކެވި ވާހަކަފުޅުގައި މިކޯހުގައި އުނގެނު ތަކެތި އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް ބައިވެރިންގެ ފަރާތުން އެދިވަޑައިގަތެވެ.

އައްޑޫ ސިޓީގެ ހިތަދޫ އައްޑޫ ސިޓީ ފުޓުބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މިކޯޗިންގ ކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެންގެވުމުގެ މަތީން ސްވިމިންގ އެސޯސިއޭޝަނުން މި ފެބްރުއަރީ މަހުގެ 22 ގެ ނިޔަލަށް ހިންގި ކޯހެކެވެ.

މިކޯހުގައި ކިޔަވާދެއްވީ އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ އެވެ.

ބޭސިކް ސްވިމިންގ ކޯޗިން ކޯސް ފުރިހަމަކުރި 17 ބައިވެރިން:

  • Ahmed Mu-uthasim Ibrahim
  • Ahmed Khalid
  • Khadeeja Yoosuf
  • Najwa Ali Rasheedh
  • Mohamed Ziyad
  • Mariyam Jooda
  • Mohamed Aslam
  • Mohamed Shaheed
  • Ahmed Imran
  • Ahsan Mohamed
  • Aishath Naufa Ahmed
  • Shenin Hussain
  • Fathimath Naashiyath
  • Aishath Najma
  • Anas Ibrahim
  • Niuma Hassan
  • Ahmed Rasheed

our sponsors and partners

އައްޑޫ ސިޓީގައި ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓްދީފި
read more

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށައިފި

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށައިފި

addu city basic coaching course

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއި އެކު ފީނާ ގެ ތަޖުރިބާކާރު ކޯޗެއްގެ ބެލުމުގެ ދަށުން އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށައިފިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށްދާ މިކޯޗިންގ ކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްނެންގެވުމުގެ މަތީން ސްވިމިންގ އެސޯސިއޭޝަނުން މި ފެބްރުއަރީ މަހުގެ 22 ގެ ނިޔަލަށް ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ ކިޔަވައިދެއްވާ މި ކޯހުގެ ތިއަރީ ސެޝަންތައް އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމްގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ޕްރެކްޓިކަލް ސެޝަންތައް ކުރިއަށް ގެންދާނީ އައްޑޫ ސިޓީ ހިތަދޫ ސްވިމިންގ ޓްރެކްގައެވެ.

މި ކޯހުގައި 20 މީހުން ވަނީ ބައިވެރިވެފައެވެ.

addu city basic coaching course


our sponsors and partners

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް ފަށައިފި
read more

ފަންސާސް ހަތްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަންސާސް ހަތްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

international olympic academy

2017 ވަނަ އަހަރު އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ގްރީސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 57 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް 2017 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 22 ފެބްރުއަރީ 2017 ވާ ބުދަ ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 57 ވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް
  • އޮގަނައިޒަރ: އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީ
    ބޭއްވޭ ތަން: ގްރީސް (އެތަންސް، ޑެލްފީ، އޮލިމްޕިއާ)
    ބޭއްވޭޭ ތާރީޚް: ޖޫން 17 ން 1 ޖުލައި 2017 އަށް
  • ސިޓީ ހުށަހަޅަންޖެހޭ ތާރީޚް: 22 ފެބްރުއަރީ 2017 ވާ ބުދަދުވަހުގެ 14:00
  • ވިސާ: މިސެޝަނަށް ދިޔުމަށްޓަކައި ވިސާ ހެއްދުމަށް ސްރީލަންކާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ.

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖެނުއަރީ 2018 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ މީހެއްކަމުގައިވުން. (2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2017 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަނެއްގައި މީގެކުރިން ގައި ބައިވެރިވެފައިވާ މީހެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

ފަންސާސް ހަތްވަނަ އިންޓަނޭޝަނަލް ސެޝަން ފޮރ ޔަންގ ޕާރޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ވިހި ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ވިހި ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

noa session malaysia 2016 (photo by: maldives olympic committee)

2017 ވަނަ އަހަރު މެލޭޝިއާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ކުއަލަ ލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 09 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 20 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ)
    ބޭއްވޭ ތަން: ކުއަލަ ލަމްޕޫރު (މެލޭޝިއާ)
    ބޭއްވޭޭ ތާރީޚް: 27 ފެބްރުއަރީ ން 03 މާރޗް 2017 އަށް

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެމީހެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 އޮގަސްޓް 2017 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 25 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 25 އަހަރު ފުރިފައިވާ އަދި 2017 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 35 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހުން.

our sponsors and partners

ވިހި ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2017 (މެލޭޝިއާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ސްވިމިންގ ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ސްވިމިންގ ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

from addu city coaching course 2016

އޮލިމްޕިކް ސޮލިޑާރިޓީގެ އެހީތެރިކަމާއިއެކު މިއެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ގުޅިގެން އައްޑޫސިޓީ ހިތަދޫގައި، ބޭސިކް ސްވިމިންގ ކޯޗިންގ ކޯހެއް 2017 ފެބްރުއަރީ 15 ން 22 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގައި ކިޔަވާދެއްވާނީ އެމެރިކާގެ ތަޖުރިބާކާރު ކޯޗެއްކަމުގައިވާ ޖިއަންލޫކާ އަލްބެރާނީ އެވެ.

ވީމާ، މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު 9 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެކުރިން ސަބްމިޓްކުރުމަށް ދަންނަވަމެވެ. މިކޯހުގައި ބައިވެރިވާން ހުށަހަޅާ އަންހެން އެޕްލިކަންޓުންނަށް އިސްކަންދެވޭނެއެވެ.

ކޯހާއިބެހޭ އިތުރު މަޢުލޫމާތު:

  • ކޯހުގެ ނަން: ސްވިމިންގ ބޭސިކް ކޯޗިންގ ކޯސް
  • ކޯހުގެ ފީ: ހިލޭ
  • ކޯސް ބޭއްވޭތަން: އައްޑޫ ސިޓީ ހިތަދޫ
  • ކޯހުގެ ތާރީޚްތަކާއި ޝެޑިއުލް: 2017 ފެބްރުއަރީ 15 ން 22 އަށް، ކޮންމެ ދުވަހަކު ހެނދުނު 06:00 ން 08:00 (ޕްރެކްޓިކަލް) އަދި ހަވީރު 16:00 ން 18:00 (ތިއަރީ) އަށް.

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އިނގިރޭސިބަހުން ލިޔެ، ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
  • ރަނގަޅަށް ފަތަން އިނގޭ މީހެއްކަމުގައިވުން.
  • ސާބިތު އެއްވެސް ޖިނާއީ ކުށެއްކޮށްފައިވާ މީހެއްކަމުގައިނުވުން.
  • ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތީގެ މައްސަލައެއްގެ ރެކޯރޑް އޮތް މީހެއްކަމުގައިނުވުން.

our sponsors and partners

އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވާ ބޭސިކް ސްވިމިންގ ކޯޗިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
read more

ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު

ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ ފަރާތުން 2017 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ކޯހާއި ބެހޭ މަޢުލޫމާތު:

  • ކޯހުގެ ނަން: ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް
  • މުއްދަތު: 1 އަހަރު ދުވަސް
  • ކޯހުގެފީ: ހިލޭ
  • ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް، މާލެ
  • ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:
    • އުމުރުން 20 އަހަރު ފުރި، އޯލެވެލް އިމްތިހާން ފުރިހަމަކޮށްފައިވުމާއިއެކު ކުޅިވަރާއި ގުޅުންހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
    • އުމުރުން 20 އަހަރު ފުރިފައުވުމާއިއެކު ލެވެލް 4ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ،
    • ސްޕޯރޓްސް މެނޭޖްމަންޓް ދާއިރާއިން ލެވެލް 4 ފުރިހަމަކޮށްފައިވުން ނުވަތަ ސްޕޯރޓްސް މެނޭޖްމަންޓްއާއި ގުޅޭ ދާއިރާއަކުން ލެވެލް 4ގެ ފާހެއް ޙާސިލްކޮށްފައިވުން. ނުވަތަ،
    • ޖީ.ސީ.އީ އޭލެވެލް ފުރިހަމަކޮށްފައިވުން.
  • ކޯހަށް ވަނުމަށް އެދޭފޯރމް: ޑައުންލޯޑް ލިންކް
  • އިތުރު މަޢުލޫމާތު: info@mnis.gov.mv ފޯނު: 3326986

ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ބޭފުޅުން، 12 ޖެނުއަރީ 2017 ވަނަދުވަހުގެ 14:00ގެ ކުރިން މިކޯހަށް ވަނުމަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.


our sponsors and partners

ޑިޕްލޮމާ އިން ސްޕޯރޓްސް މެނޭޖްމަންޓް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު
read more

ތުއްތުކުދިންނާއި މުޢާމަލާތް ކުރުމާއިބެހޭ ވޯރކްޝޮޕެއް ސްވިމިންގ ކޯޗުންނަށް ހިންގައިފި

ތުއްތުކުދިންނާއި މުޢާމަލާތް ކުރުމާއިބެހޭ ވޯރކްޝޮޕެއް ސްވިމިންގ ކޯޗުންނަށް ހިންގައިފި

from workshop

ތުއްތުކުދިންގެ އުޅުންދެނެގަނެ، އެކުދީންނާއި މުޢާމަލާތްކުރާނެ ގޮތްތަކާއި ބެހޭ ވޯރކްޝޮޕެއް ސްވިމިންގ ކޯޗުންނަށް ހިންގައިފިއެވެ. އިންސްޓިޓިއުޓް ފޮރ މެންޓަލް ވެލްބީންގ އާއި ސްވިމިންގ އެސޯސިއޭޝަނާއި ގުޅިގެން ހިންގި މިވޯރކްޝޮޕްގައި، ތުއްތުކުދިންނާއި މުޢާމަލާތްކުރާއިރު ވިސްނަންޖެހޭ ކަންކަމާއި، އެކުދިންގެ އުޅުން ދެނެގަންނާނެ ގޮތްތަކާއި، އެކުދީންގެ މައްސަލަތައް ދެނެގަނެ، އެކަންކަމަށް ޙައްލުހޯދައިދިނުމަށް ކުރެވިދާނެކަންކަމާއި ބެހޭގޮތުން ވަނީ މަޢުލޫމާތުދީފައެވެ.

ރާއްޖޭގައި މިވަގުތު ޚަރަކާތްތެރިވާ އެންމެ މަތީލެވެލްގެ ސްވިމިންގ ކޯޗުންނަށް އަމާޒުކޮށްގެން ހިންގިމި ވޯރކްޝޮޕްގައި ޖުމްލަ 15 ކޯޗުން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް ފޮރ ސްޕޯރޓްސްގެ ސެމިނަރ ރޫމްގައި މިއަދު ކުރިއަށްދިޔަ މި ވޯރކްޝޮޕްގައި އިންސްޓިޓިއުޓް ފޮރ މެންޓަލް ވެލްބީންގގެ ފަރާތުން ކޯޗުންނަށް މަޢުލޫމާތުދެއްވީ އައިޝަތު ސަނޫރާއެވެ. ސަނޫރާއަކީ މިދާއިރާއިން މަތީތަޢުލީމް ޙާޞިލްކޮށްފައިވާ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ސައިކޮލޮޖީ  ލެކްޗަރަރ އެއްގެ މަޤާމް ފުރަމުންދާ ފުންނާބުއުސް ބޭފުޅެކެވެ.

އިންޓިޓިއުޓް ފޮރ މެންޓަލް ވެލްބީންގ އަކީ އާއިލާތަކާއި، ކުދިބޮޑު އެންމެންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކޮށް ނަފްސާނީ ބަލިތަކަށް ފަރުވާދޭ އިންސްޓިޓުޓްއެކެވެ. މި އިންސްޓިޓުޓްގެ ފަރާތުން ނަފްސާނީ ބަލިތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ނަފްސާނީ ބަލިތަކާއި ގުޅުންހުރި ދިރާސާތަށް ވަރަށް ފުޅާދާއިރާއެއްގައި ދަނީރާއްޖޭގައި ކުރަމުންނެވެ.

މިއީ ސްވިމިންގ ކޯޗުންނަށް އަމާޒުކޮށްގެން މިފަދަ ވޯރކްޝޮޕެއް ހިންގި ފުރަތަމަފަހަރެވެ.

Institute for Mental Well-Being 


our sponsors and partners

ތުއްތުކުދިންނާއި މުޢާމަލާތް ކުރުމާއިބެހޭ ވޯރކްޝޮޕެއް ސްވިމިންގ ކޯޗުންނަށް ހިންގައިފި
read more

ފަނަރަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2016 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

ފަނަރަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2016 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު

bandarawela

2016 ވަނަ އަހަރު ސްރީލަންކާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ބަންޑާރަވެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2016 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 03 އަންހެން އަދި 03 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.

މިސެޝަނުގައި ބައިވެރިވާ 03 އަންހެން އަދި 03 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.

ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޫބަރ 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.

ސެޝަނުގެ މަޢުލޫމާތު:

  • ސެޝަނުގެ ނަން: 15 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2016 (ސްރީލަންކާ)
    ބޭއްވޭ ތަން: ބަންޑާރަވެލަ (ސްރީލަންކާ)
    ބޭއްވޭޭ ތާރީޚް: 1 ން 3 ޑިސެމްބަރ 2016

މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  • މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
  • އެބޭފުޅެއްގެ ވަނަވަރު.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ކޮޕީ (30 ޖޫން 2017 ގެ ނިޔަލަށް މުއްދަތުހަމަނުވާ).

މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.

  • 20 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2016 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 26 އަހަރު ފުރިފައިނުވާ ފަރާތްތައް)
  • މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
  • ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
  • އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
  • ދިވެހި ރައްޔިތެއް ކަމުގައިވުން.

މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ ފަރާތްތައް.
  • މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާފަރާތްތައް.
  • ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ ފަރާތްތައް.
  • ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް.
  • އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ ފަރާތްތައް.

our sponsors and partners

ފަނަރަ ވަނަ ނެޝަލަން އޮލިމްޕިކް އެކަޑަމީ ސެޝަން 2016 (ސްރީލަންކާ) ގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ ފުރުޞަތު
read more

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ނިމި ކްލިނިކް ފުރިހަމަކުރި ކޯޗުންނަށް ސެޓްފިކެޓްދީފި

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ނިމި ކްލިނިކް ފުރިހަމަކުރި ކޯޗުންނަށް ސެޓްފިކެޓްދީފި

from the closing ceremony 

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމުޢިއްޔާ، ފީނާ އާއި މި އެސޯސިއޭޝަނާއި ގުޅިގެން އޮކްޓޫބަރ 2 ން 11 އަށް ހިންގި ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް ނިންމައި، ބައިވެރިންނަށް ސެޓްފިކެޓްދީފިއެވެ. މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް ގެ ސެމިނަރ ރޫމްގައި ބޭއްވި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ، މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް ރައްޒާޤު އިބްރާޙީމެވެ.

ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުންދާ ކޯޗުންނާއި، އަލަށް ކޯޗިންގެ ދާއިރާގައި ޚަރަކާތްތެރިވާން ބޭނުންވާ ފެތުންތެރިންނާއި ރިޓަޔަރޑް ފެތުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ 10 ދުވަހުގެ މި ކްލިނިކް 23 ފަރާތަކުން ވަނީ ފުރިހަމަކޮށްފައެވެ.

ކްލިނިކް ފުރިހަމަކޮށް، ސެޓްފިކެޓް ޙާޞިލްކުރި ކޯޗުން:

  • Ismail Faruhaan
  • Aminath Shajan
  • Aishath Sajina
  • Hussain Mubah
  • Ibrahim Moosa
  • Ahmed Haneef
  • Mariyam Nuzhath
  • Mohamed Jaufaru
  • Nishantha Kevin De Costa
  • Ahmed Areef
  • Aslam Abdulla
  • Ahmed Firass Afeef
  • Naufal Moosa
  • Azleena Rasheed
  • Mohamed Zahid
  • Abdulla Naseer
  • Ahmed Zunaij
  • Ahmed Riyaz
  • Mariyam Yaula Yasaar
  • Khadeeja Easa
  • Aminath Shifaza
  • Mariyam Nafha Ali

our sponsors and partners

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ނިމި ކްލިނިކް ފުރިހަމަކުރި ކޯޗުންނަށް ސެޓްފިކެޓްދީފި
read more

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ފަށައިފި

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ފަށައިފި

from the opening ceremony 

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމުޢިއްޔާ، ފީނާ އާއި މި އެސޯސިއޭޝަނާއި ގުޅިގެން ހިންގާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް މިއަދު ފަށައިފިއެވެ. މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް ގެ ސެމިނަރ ރޫމްގައި ކުރިއަށްގެންދާ މި ކްލިނިކްގައި 22 މީހުން ބައިވެރިވެފައިވެއެވެ.

ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުންދާ ކޯޗުންނާއި، އަލަށް ކޯޗިންގެ ދާއިރާގައި ޚަރަކާތްތެރިވާން ބޭނުންވާ ފެތުންތެރިންނާއި ރިޓަޔަރޑް ފެތުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ 10 ދުވަހުގެ މި ކްލިނިކްގައި ތިއަރީ ސެޝަންތަކުގެ އިތުރުން ޕްރެކްޓިކަލް ސެޝަންތައްވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިކްލިނިކް ގައި ކިޔަވާދެއްވާނީ އިނގިރޭސިވިލާތުގެ ޖޭމްސް މާރޓިން ރިޗަރޑްސް އެވެ. ޖޭމްސް އަކީ ލީޑްސް މެޓްރޮޕޯލިއަން ޔުނިވަރސިޓީއިން ސްޕޯރޓްސް ކޯޗިންގގެ ދާއިރާއިން އޮނަރސް ޑިގްރީ ޙާޞިލްކޮށްފައިވާ އަދި ޔޫ.ކޭ.ސީ.ސީ ލެވެލް 3 ސްވިމިންގ ކޯޗެކެވެ.

މި ކްލިނިކް ފެށުމުގެ ރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު އަބްދުއްސައްތާރު ދެއްކެވި ވާހަކަފުޅުގައި، މި ކްލިނިކްގައި ކޯޗުންއުނގެނޭ ތަކެތި ރާއްޖޭގެ ފެތުންތެރިން ކުރިއެރުވުމަށް ބޭނުންކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


our sponsors and partners

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް 2016 ފަށައިފި
read more

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު

from coaches course 2016

ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއިބެހޭ ޖަމުޢިއްޔާ، ފީނާ އާއި މި އެސޯސިއޭޝަނާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ފީނާ އެޑްވާންސް ސްވިމިންގ ކޯޗަސް ކްލިނިކް މި އޮކްޓޯބަރ މަހުގެ 2 ން 11 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ކްލިނިކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ކްލިނިކްގެ ނަން: ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކް

ކްލިނިކް ބޭއްވޭތަން: މާލެ

ޖާގައިގެ ޢަދަދު: 25 (ބައިވެރިވުމަށް ހުށަހަޅާ ޝަރުޠު ހަމަވާ މީހުންގެ ޢަދަދު 25 ށް ވުރެން ގިނަ ނަމަ، މި ކްލިނިކްގައި ބައިވެރިވެވޭނެ ފަރާތްތައް ކަނޑައަޅާނީ މިއެސޯސިއޭޝަނުންނެވެ.)

ކްލިނިކް ބޭއްވޭ ތާރީޚް: 2 ން 11 އޮކްޓޯބަރ 2016

ގަޑިތައް: 10:00 ން 15:30 ށް ތިއަރީކްލާސް އަދި 16:00 ން 18:00 ށް ޕްރެކްޓިކަލް ގަޑި

ކްލިނިކްގައި ބައިވެރިވެވޭ ފަރާތްތަކުގެ ޝަރުޠުތައް:

  • ވޭތުވޭދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ސްވިމިންގ އެސޯސިއޭޝަނުން ނުވަތަ ފީނާއިން ނުވަތަ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން ޤަބޫލުކުރާ ސްވިމިންގ ކޯޗަސް ކްލިނިކެއް ނުވަތަ ކޯހެއް ފުރިހަމަކޮށްފައިވާ މީހެއްކަމުގައިވުން ނުވަތަ، ބައިނަލްއަޤްވާމީ މުބާރާތެއްގައި ނުވަތަ ސަރަޙައްދީ މުބާރާތެއްގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ ފަރާތެއްކަމުގައިވުން.
  • އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.
  • 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.

ބައިވެރިވުމުގެ ސުންގަޑި: 29 ސެޕްޓެމްބަރ 2016 ގެ 14:00 ގެ ކުރިން.

ބައިވެރިވުމަށް އެދޭ ފޯރމް: އޮންލައިން ލިންކް


Online Application Form:


our sponsors and partners

ފީނާ ސްވިމިންގ ކޯޗަސް އެޑްވާންސް ކްލިނިކްގައި ބައިވެރިވުމުގެ ފުރުޞަތު
read more

އައްޑޫ ސިޓީގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް 23 ފަރާތަކުން ފުރިހަމަކޮށްފި

އައްޑޫ ސިޓީގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް 23 ފަރާތަކުން ފުރިހަމަކޮށްފި

practical sessions held in Addu City, Hithadhoo Swimming Track

އައްޑޫ ސިޓީގައި 2016 އެޕްރީލް 17 ން މެއި 14 އަށް ހިންގި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް 23 ފަރާތަކުން ފުރިހަމަކޮށްފިއެވެ.

އައްޑޫ ސިޓީގައި ފެތުމުގެ ކުޅިވަރު އާލާކުރުމަށް ބޭނުންވާ ކޯޗުން ތަމްރީންކުރުމަށް ހިންގި މިކޯހަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގުޅިގެން އައްޑޫ ސިޓީގައި ހިންގި ކޯޗިން ކޯހެކެވެ.

މިކޯހުގެ ބައިވެރިންނަށް ކިޔަވައިދެއްވީ، ސްރީލަންކާގެ ތަޖުރިބާކާރު ކޯޗު، މރ.ޑަނަޖީ ޑި ސިލްވާ އެވެ. ކޯޗުން ތަމްރީންކުރުމުގައި 30 އަހަރަށްވުރެ ގިނަދުވަހު ޚަރަކާތްތެރިވެފައިވާ ޑަނަޖީއަކީ، ސްރީލަންކާގައި ކޯޗުން ތަމްރީންކުރުމުގައި އެންމެ ކުރީސަފުގައި ގުނާލެވޭ އެއް ފަރާތެވެ.

ރާއްޖޭގައި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް އިތުރު ކޯޗުން ތަމްރީންކުރުމަށް އަދި މިހާރު މިދާއިރާގައި މަސައްކަތްކުރަމުންދާ ކޯޗުންގެ ފެންވަރު ރަނގަޅުކުރުމަށް، މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯޓްސް އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ސްވިމިންގ ކޯޗިންގ ލެވެލް 1 ގެ ކޯސް މި މޭމަހުގެ ތެރޭގައި މާލޭގައި ހިންގުމަށްވަނީ ހަމަޖެހިފައެވެ.

our sponsors and partners

އައްޑޫ ސިޓީގައި ބޭއްވި ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް 23 ފަރާތަކުން ފުރިހަމަކޮށްފި
read more

ސްވިމިންގ ކޯޗިންގ ކޯސް ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު

ސްވިމިންގ ކޯޗިންގ ކޯސް ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު

މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް ފޮރ ސްޕޯޓްސް އާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ސްވިމިންގ ކޯޗިންގ ލެވެލް 1 ގެ ކޯސް، 2016 މޭ 17 ން 30 ށް މާލޭގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

މި ކޯހަކީ ރާއްޖޭގެ ނެޝަނަލް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 1 ގެ ކޯޗިންގ ކޯހެކެވެ. މި ކޯހުގެ ކިޔެވުން ދުވާލަކު 5 ގަޑިއިރު އޮންނާނެއެވެ. މި ކޯސް ކުރިޔަށް ގެންދާނީ އިނގިރޭސިބަހުންނެވެ.

ކޯހުގެ ސެޓްފިކެޓް ލިބޭނީ ހާޒިރީން %80 އިންސައްތަ ހާޞިލްކޮށް، ކޯހުންދޭ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކަށެވެ. ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނެ ވަގުތު ހަމަޖައްސާނީ ބައިވެރިންނާ މަޝްވަރާ ކުރުމަށް ފަހުއެވެ.

ވީމާ މި ކޯހުގައި ބައިވެރިވާން އެދޭ، ސްވިމިންގ ކޯޗެއްގެ ގޮތުގައި ކުރިޔަށްދާން ޝައުޤުވެރިވާ ފަރާތްތަކުން ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2016 މޭ 12 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހުށަހެޅުން އެދެމެވެ.

މިކޯހާއިބެހޭ އިތުރު މަޢުލޫމާތު މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އިން (ފޯނު ނަންބަރު: 3326985، އީމެއިލް: info@mnis.gov.mv) އަދި މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭފޯރމް ޑައުންލޯޑު ކުރެއްވުމަށް (ލިންކް)

our sponsors and partners

ސްވިމިންގ ކޯޗިންގ ކޯސް ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު
read more

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓްރެއިނިންގ ސްކޮލަރޝިޕްގައި ނިޝްވާން ސައުތު އެފްރިކާއަށް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓްރެއިނިންގ ސްކޮލަރޝިޕްގައި ނިޝްވާން ސައުތު އެފްރިކާއަށް

National Squads are Sponsored by:

Sponsor - Arena Banner


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ރާއްޖެއަށް ހޯދައިދިން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ޓްރެއިނިންގ ސްކޮލަރޝިޕްގައި ދިވެހިރާއްޖޭގެ އެންމެ ބާރު އެއްފެތުންތެރިޔާ، ނިޝްވާން އިބްރާޙީމް ފުރައިފިއެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ޚަރަދުގައި ނިޝްވާންގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ސައުތު އެފްރިކާގެ ޑާރބަންގައި ހިންގަމުންދާ ޕްރައިމް ހިއުމަން ޕަރފޮރމަންސް އިންސްޓިޓިއުޓް ގައެވެ. މި އިންސްޓިޓިއުޓަކީ މިވަގުތު ދުނިޔޭގައިހުރި އެންމެ ފެންވަރު ރަނގަޅު ސްޕޯރޓްސް އިންސްޓިޓިއުޓް ތަކުގެތެރޭގައި ހިމެނޭ އެއް އިންސްޓިޓިއުޓެވެ.

2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށް އަޒުމް ކަނޑައަޅާފައިވާ ނިޝްވާން ވަނީ ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ގިނަ ޤައުމީ ރެކޯރޑްތަކެއް އާކޮށް، 2014 ވަނަ އަހަރުގެ އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

އޮލިމްޕިކް ޓްރެއިނިންގ ސްކޮލަރޝިޕްގެ ދަށުން މިހާރުވެސް ދިވެހިރާއްޖޭގެ 2 ފެތުންތެރިން ކަމަށްވާ އައިމިނަތު ޝަޖަން އަދި އާއިޝަތު ސާޖިނާ އަންނަނީ ތައިލެންޑްގެ ޕުކެޓްގައި ހިންގަމުންދާ ތަންޔަޕޫރަ ހައިޕްރޮފޮރމަންސް ޓްރެއިނިންގ ސެންޓަރގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންނެވެ. މި ދެފެތުންތެރިން ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސް 2016 ގައި ގިނަ ޤައުމީ ރެކޯރޑްތަކެއް އާކޮށްފައެވެ. އަދި، ސަޖަން ވަނީ މިމުބާރާތުގައި ބްރައުންޒް މެޑަލްއެއް ދިވެހިރާއްޖެއަށް ހޯދައިދީފައެވެ.

our sponsors and partners

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޓްރެއިނިންގ ސްކޮލަރޝިޕްގައި ނިޝްވާން ސައުތު އެފްރިކާއަށް
read more

ނޭޕާލްގައި ބާއްވާ 3 ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް ސަޖަން އަދި ސާޖިނާ ފުރައިފި

ނޭޕާލްގައި ބާއްވާ 3 ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް ސަޖަން އަދި ސާޖިނާ ފުރައިފި

cover photo by: Mohamed Ahsan (images.mv)

National Squads are Sponsored by:

Sponsor - Arena Banner


ނޭޕާލްގެ ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 3 ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް އައިމިނަތު ސަޖަން އަދި އާއިޝަތު ސާޖިނާ ފުރައިފިއެވެ. މި ދެފެތުންތެރިން މިކޭމްޕަށް ފުރާފައިވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށްފަހު ސީދާ އިންޑިއާގެ ގްވަހަތީންނެވެ. މި ކޭމްޕްގައި މިދެފެތުންތެރިން މިހާރު ފަރިތަކުރަމުންދާ ތައިލެންޑްގެ ހައި ޕްރޮފޮރމަންސް ޓްރެއިނިންގ ސެންޓަރގެ އެސިސްޓަންޓް ކޯޗުގެ އިތުރުން ސައުތު އޭޝިއާ ސަރަޙައްދުން މި ޓްރެއިނިންގ ސެންޓަރގައި ފަރިތަކުރުންތައް ފުރިހަމަކުރަމުންގެންދާ ބައެއް ފެތުންތެރިން ބައިވެރިވާނެއެވެ.

މިކޭމްޕް ނިންމުމަށްފަހު ނޭޕާލުން މިދެފެތުންތެރިން ގެ ތަމްރީންތައް ފުރިހަމަކުރުމަށް އެނބުރިދާނީ ތައިލެންޑަށެވެ.

ސަޖަން އަދި ސާޖިނާ ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސް 2016 ގައި ރަނގަޅު ޕްރޮފޮރމަންސްއެއް ދައްކާފައެވެ. ސަޖަން އަދި ސާޖިނާ، މިއިން ކޮންމެ ފެތުންތެރިއެއް ވަނީ 3 ޤައުމީ ރެކޯރޑެއް އާކޮށްފައެވެ. އަދި، ޓީމް ރިލޭ އިވެންޓުން ދިވެހިރާއްޖޭގެ 3 ޤައުމީ ރެކޯރޑެއް އާކުރުމުގައި މިދެފެތުންތެރިންގެ ޙިއްސާ ބޮޑެވެ. މީގެ އިތުރުން ސަޖަން ވަނީ މިމުބާރާތުގައި ރާއްޖެއަށް ބްރޯންޒް މެޑަލްއެއްވެސް ހޯދައިދީފައެވެ. މިއީ މިމުބާރާތުގައި ރާއްޖެއަށްލިބުނު ފުރަތަމަ މެޑަލްއެވެ.

our sponsors and partners

ނޭޕާލްގައި ބާއްވާ 3 ދުވަހުގެ ޓްރެއިނިންގ ކޭމްޕަކަށް ސަޖަން އަދި ސާޖިނާ ފުރައިފި
read more

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު

2016 ވަނަ އަހަރު ބުޑަޕެސްޓް (ހަންގޭރީ) ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯސް (އައި.ސީ.ސީ) ގައި އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ބައިވެރިވުމަށް އެއްނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

ކޯހުގެ މަޢުލޫމާތު:

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް
  • ކޯހުގެ ތާރީޚް: މާރޗް 21 ން 10 ޖޫން 2016ގެ ނިޔަލަށް.
  • ކޯސް ހިންގޭ ޔުނިވަރސިޓީ އަދި ސިޓީ: ޔުނިވަރސިޓީ އޮފް ފިޒިކަލް އެޑިއުކޭޝަން، ބުޑަޕެސްޓް، ހަންގޭރީ
  • ކޯހުގެފީ: އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ދަށުން ހިލޭ
  • އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީ ސްކޮލަރޝިޕްގެ ޖާގައިގެ ޢަދަދު: ދިވެހިރާއްޖެއިން 1 ފަރާތަށް
  • ސްވިމިންގ އެސޯސިއޭޝަނުން މި ސްކޮލަރޝިޕްއަށް ހުށެހެޅޭނެ ނަމުގެ ޢަދަދު: 1

ސްވިމިންގ އެސޯސިއޭޝަނުން މި ކޯހަށް ހުށަހަޅާ ނަން ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ސްވިމިންގ ކޯޗިންގެ ދާއިރާއިން ރާއްޖެއަށް ކޮށްދީފައިވާ ޚިދުމަތްތައް.
  • ފެތުންތެރިން އުފެއްދުމަށާއި ފެތުމުގެ ކުޅިވަރުތައް ކުރިއެރުވުމަށް ކޮށްފައިބވާ ޚިދުމަތް އަދި ކުރަމުންދާ މައްސައްކަތް.
  • ނަންފޮނުވުމުގައި އަންހެން އެޕްލިކަންޓުންނަށް އިސްކަން ދެވޭނެއެވެ.

ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ޝަރުތުތައް:

  • ދިވެހިރައްޔިތެއް ކަމުގައިވުން.
  • 18 އަހަރުން މަތީގެ ފަރާތަކަށްވުން.
  • ޖީ.ސީ.އީ ނުވަތަ އައި.ޖީ.ސީ.އެސް.އީ އޯލެވެލް އިމްތިޚާނުން އިނގިރޭސި މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއި، އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގުން.
  • ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • މިކޯހުގައި ބައިވެރިވެ، ސްކޮލަރޝިޕްއަށް އެދި ހުށަހަޅާ ސިޓީ
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ޕާސްޕޯރޓް ކޮޕީ

ސުންގަޑި: 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00

އަމިއްލަ ގޮތުން މިކޯހުގައި ބައިވެރިވުން.

އަމިއްލަ ޚަރަދުގައި މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ. އަމިއްލަގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކުންވެސް މަތީގައި ދަންނަވާފައިވާ ލިޔުންތައް 14 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އެބޭފުޅަކު ހުށަހާޅާ ސިޓީގައި ބައިވެރިވާން ބޭނުންވަނީ އަމިއްލަގޮތުންކަން ބަޔާންކޮށްފައި އޮންނަން ވާނެއެވެ. (އަމިއްލަ ގޮތުން ބައިވެރިވާނަމަ ކުރަންޖެހޭނެ ބޮޑެތި ޚަރަދުތައް: މިކޯހުގެ ފީގެ ގޮތުގައި 6900 ޔޫރޯ އަދި ހުރުމާއި، ކެޔުމާއި، ޓިކެޓް)

ހަންގޭރީއަށް ދިޔުމަށް ބޭނުންވާ ވިސާ:

ވިސާގެ ކަންކަމަށް ކޯސްފެށުމުގެ 45 ދުވަސް ކުރިން ސްރީލަންކާއަށް ނުވަތަ އިންޑިއާއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އައި.އޯ.ސީ އޮލިމްޕިކް ސޮލިޑާރިޓީގެ ސްކޮލަރޝިޕް ލިބޭފަރާތަކަށް ވިސާގެކަންކަމުގެ ހުރިހާ ޚަރަދެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހަމަޖައްސައި ދޭނެއެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.

އިންޓަނޭޝަނަލް ކޯޗިންގ ކޯސް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު
read more

Swimming Official Training Programme October 2015

Swimming Official Training Programme October 2015

ސްވިމިންގ އޮފިޝަލް ޓްރެއިންގ ޕްރޮގްރާމް 2015

Official 2015 100Plus


ސްވިމިންގ އެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކަށް އޮފިޝަލުން (ޖަޖުން) ތަމްރީނު ކުރުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އާއި މިއެސޯސިއޭޝަނާއި ގުޅިގެން ބާއްވާ ޓްރެއިނިންގ ޕްރޮގްރާމެއް މިއަހަރުގެ އޮކްޓޯބަރ 14 ން 21 އަށް މާލޭގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ޖާގައިގެ ޢަދަދު: 40

އުމުރު: 16 އަހަރުން މަތި

ޓްރެއިނިންގ ޕްރޮގްރާމްގެ ފީ: ހިލޭ

ޕްރެކްޓިކަލް ގަޑިތަކަށް ކޮންމެ ސެޝަނަކަށް ޖީބު ފައިސާގެގޮތުގައި 50.00 ރުފިޔާ އަދި ސައިގެ ފައިސާގެ ގޮތުގައި 20.00 ރުފިޔާ ލިބޭނެއެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ސަބްމިޓް ކުރެއްވުން އެދެމެވެ. ފޯމް ހުށަހެޅުއްވުމުގެ އެންމެ ފަހުގެ ތާރީޚަކީ 13 އޮކްޓޯބަރ 2015 ވަނަ ދުވަހުގެ 14:00 އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިއެސޯސިއޭޝަނުގެ ފޯނު ނަންބަރު 3323429 އާއި ގުޅުއްވުން އެދެމެވެ.

ނޯޓް: ފަތަން ނުދަންނަ ކުދިންނަށް ވެސް މިޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެ، ސްވިމިންގ އިވެޓްތައް އޮފިޝިއޭޓް ކުރުމުމުގެ ފުރުޞަތު އޮންނާނެއެވެ.


Online Application Form: j.mp/officialtraining2015oct

Swimming Official Training Programme October 2015
read more

FINA Swimming Clinic for Officials Has Been Concluded

FINA Swimming Clinic for Officials Has Been Concluded

ފީނާ އިން ސްވިމިންގ އޮފިޝަލުން ތަމްރީންކުރުމަށް ރާއްޖޭގައި ހިންގި ކްލިނިކް ނިމިއްޖެ


2015 - FINA Officials Clinic Participants

ފެތުމުގެ ކުޅިވަރުތަކުގެ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ (ފީނާ) އިން އޮކްޓޫބަރ 5 ން 9 ށް ރާއްޖޭގައި އޮފިޝަލުން ތަމްރީން ކުރުމަށް ބޭއްވި ކްލިނިކް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ހ.ބޯޅަގޭގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި މިކްލިނިކްގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވައި މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މޯލްޑިވިއަން ރެޑްކްރެސެންޓް ގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަބްދުލް ރައްޒާޤު އިބްރާޙިމްއެވެ.

މިކްލިނިކްގައި ކިޔަވާދެއްވީ ފީނާ ޓެކްނިކަލް ކޮމިޓީގެ މެންބަރު ރަޔާން އަބްލަސްޓަރ އެވެ. މިކްލިނިކްގައި ބައިވެރިވެ ކްލިނިކް ފުރިހަމަކުރި ފަރާތްތައް ތިރީގައިއެވަނީއެވެ.

  1. Abdull Ghanee Mohamed
  2. Ahmed Firass Afeef
  3. Ahmed Raidh
  4. Aishath Ashfa
  5. Aishath Zain Hamid
  6. Fathimath Nasha
  7. Fathimath Risla Ibrahim
  8. Hassan Siraar
  9. Ismail Huzaam
  10. Mariyam Nuzhath
  11. Mohamed Fazeel
  12. Mohamed Rafeeg
  13. Mohamed Sameer
  14. Mohamed Yaish Hussain
  15. Mohamed Zakariyya

މޯލްޑިވްސް ނެޝަނަލް އިންޓިޓިއުޓް އޮފް ސްޕޯރޓްސް އާއި މިއެސޯސިއޭޝަނާއި ގުޅިގެން މިމަހުގެ 14 އިން 24 އޮފިޝަލުން ތަމްރީންކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިއީ މިއެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކަށް އެކަށީގެންވާ ފެންވަރުގެ އޮފިޝަލުން ތަމްރީންކުރުމަށް މިއެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ރާވައި ހިންގަމުންގެންދާ ޕްރޮގްރާމްތަކެކެވެ.

FINA Swimming Clinic for Officials Has Been Concluded
read more

FINA Officials Clinic 2015

FINA Officials Clinic 2015

ފީނާ އޮފިޝަލްސް ކްލިނިކް 2015


Official-2015-100Plus-banner

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްއިއްޔާ (ފީނާ) އާއި ގުޅިގެން ސްވިމިންގ އޮފިޝަލްސް ކްލިނިކެއް އޮކްޓޯބަރ 05 ން 09 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ކްލިނިކް ބޭއްވުމަށް ހަމަޖެހިފައިވާތަން: މާލެ

މިކްލިނިކްގެ ގަޑިތައް ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތަށެވެ.

ތިއަރީ: އޮކްޓޯބަރ 05 ން 08 ކޮންމެ ދުވަހެއްގެ 16:00 ން 20:00 އަށް

ޕްރެކްޓިކަލް: އޮކްޓޯބަރ 09 ވަނަ ދުވަހު 15:00 ން 18:00 އަށް.

ކްލިނިކް ގައި ބައިވެރިވުން: ހިލޭ

މިކްލިނިކް ގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ 25 ފަރާތަށެވެ. 25 ފަރާތައްވުރެ ގިނަ ފަރާތުން މި ކްލިނިކް ގައި ބައިވެރިވުމަށް ކުރިމަތިލާފައި ވާނަމަ، ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅާނީ އެބޭފުޅެއް ސްވިމިންގ އޮފިޝަލެއްގެ ގޮތުގައި ސްވިމިންގގެ ދާއިރާއަށް ޚިދުމަތްކޮށްދީފައިވާ މުއްދަތަށާއި ތަޖުރިބާއަށް ބެލުމަށްފަހު މި އެސޯސިއޭޝަނުންނެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 04 އޮކްޓޯބަރ 2015 ވާ އާދީއްތަދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ސަބްމިޓް ކުރެއްވުން އެދެމެވެ.


Online Application Form:

FINA Officials Clinic 2015
read more

Swimming Official Training Programme 2015

Swimming Official Training Programme 2015

ސްވިމިންގ އޮފިޝަލް ޓްރެއިންގ ޕްރޮގްރާމް 2015

Official 2015 100Plus


ސްވިމިންގ އެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކަށް އޮފިޝަލުން ތަމްރީނު ކުރުމަށް މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސް އާއި މިއެސޯސިއޭޝަނާއި ގުޅިގެން ބާއްވާ ޓްރެއިނިންގ ޕްރޮގްރާމެއް މިއަހަރުގެ ސެޕްޓެމްބަރ 05 ން 19 އަށް މާލޭގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ޖާގައިގެ ޢަދަދު: 40

އުމުރު: 16 އަހަރުން މަތި

ޓްރެއިނިންގ ޕްރޮގްރާމްގެ ފީ: ހިލޭ

ޕްރެކްޓިކަލް ގަޑިތަކަށް ކޮންމެ ސެޝަނަކަށް ޖީބު ފައިސާގެގޮތުގައި 50.00 ރުފިޔާ އަދި ސައިގެ ފައިސާގެ ގޮތުގައި 20.00 ރުފިޔާ ލިބޭނެއެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ސަބްމިޓް ކުރެއްވުން އެދެމެވެ. ފޯމް ހުށަހެޅުއްވުމުގެ އެންމެ ފަހުގެ ތާރީޚަކީ 02 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 15:00 އެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިއެސޯސިއޭޝަނުގެ ފޯނު ނަންބަރު 3323429 އާއި ގުޅުއްވުން އެދެމެވެ.

ނޯޓް: ފަތަން ނުދަންނަ ކުދިންނަށް ވެސް މިޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެ، ސްވިމިންގ އިވެޓްތައް އޮފިޝިއޭޓް ކުރުމުމުގެ ފުރުޞަތު އޮންނާނެއެވެ.


Online Application Form: j.mp/officialtraining2015

Swimming Official Training Programme 2015
read more