2014 By-Elections Postponed

މިއެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީއިން ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާ އޯޑިނަރީ މީޓިންގ ލަސްކުރުން.

 

މިއެސޯސިއޭޝަނުގެ މެންބަރުންގެ ތެރެއިން މެންބަރޝިޕް ފީ ނުދައްކާ ގިނަ މެންބަރުންތަކެއް ހުރުމާއިއެކު، މިމެންބަރުންނަށް މެންބަރޝިޕް ފީ ދެއްކުމަށް އިތުރަށް ފުރުސަތު ދިނުމުގެ ގޮތުން މިއެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމިޓީއިން ހުސްވެފައިވާ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޓްރާ އޯޑިނަރީ މީޓިންގ 6 ސެޕްޓެމްބަރ 2014 ވާ ހޮނިހިރު ދުވަހަށް ލަސްކުރެވިފައިވާ ވާހަކަ ހުރިހާ މެންބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

 

އަދި ދަންނަވަމެވެ. މިހާތަނަށް މެންބަރޝިޕް ނުދައްކަވާ މެންބަރުން، 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 4 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް މެންބަރޝިޕް ފީ ދެއްކެވުން އެދެމެވެ.

 

އިންތިޚާބު އޮންނާނެ ގަޑިއާއި ތަން، ފަހުން ޢިއުލާން ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

އިޢުލާން ނަންބަރު: SAM/IUL/2014/020
2014 By-Elections Postponed