Officials Training Program 2014

ސްވިމިން އޮފިޝަލް ޓްރެއިނިންގ ޕްރޮގްރާމް 2014

 

ސްވިމިންގ އެސޯސިއޭޝަނުން ރާވައި ހިންގާ މުބާރާތްތަކަށް އޮފިޝަލުން ތަމްރީނު ކުރުމަށް ބާއްވާ ޓްރެއިނިންގ ޕްރޮގްރާމެއް މިއަހަރުގެ ސެޕްޓެމްބަރ 21 ން 27 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 2 ސެޝަނަކަށް ބަހާލައިގެންނެވެ.

މިފަހަރު ޓްރެއިން ކުރުމަށް ހަމަޖެހިފައިވާ ސްވިމިންގ އޮފިޝަލުންގެ ޢަދަދު: 60 (ކޮންމެ ސެޝަނެއްގައި 30 ކުދިން)

ފަތަން ނުދަންނަ ކުދިންނަށް ވެސް މިޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެ، ސްވިމިންގ އިވެޓްތައް އޮފިޝިއޭޓް ކުރުމުމުގެ ފުރުޞަތު އޮންނާނެއެވެ.

އުމުރު: 15 އަހަރުން މަތި

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް އެދި ފޯރމް ފުރިހަމަ ކުރުމަށްފަހު، 16 ސެޕްޓެމްބަރ 2014 ވާ އަންގާރަދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ސަބްމިޓް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިއެސޯސިއޭޝަނުގެ ފޯނު ނަންބަރު 3323429 އާއި ގުޅުއްވުން އެދެމެވެ.

އިޢުލާން އަދި ސެޝަން ތަކުގެ ތަފްޞީލް: http://goo.gl/VQCdAX


Officials Training Program 2014