ފީނާ ސްވިމިން ކޯޗަސް ކްލިނިކް 2014
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްއިއްޔާ (ފީނާ) އާއި ގުޅިގެން ސްވިމިންގ ކޯޗިންގ ކްލިނިކެއް 2014 އޮކްޓޯބަރ 19 ން 29 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
މިކްލިނިކްގެ ގަޑިތައް ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތަށެވެ.
ޕްރެކްޓިކަލް: އޮކްޓޯބަރ 20 ން 29 ކޮންމެ ދުވަހެއްގެ 07:00 ން 09:00 އަށް
ތިއަރީ: އޮކްޓޯބަރ 19 ން 29 ކޮންމެ ދުވަހެއްގެ 13:00 ން 15:00 އަށް
މިކްލިނިކް ގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ 25 ފަރާތަށެވެ. 25 ފަރާތައްވުރެ ގިނަ ފަރާތުން މި ކްލިނިކް ގައި ބައިވެރިވުމަށް ކުރިމަތިލާފައި ވާނަމަ، ބައިވެރިކުރާނެ ފަރާތްތައް ކަނޑައަޅާނީ އެބޭފުޅެއް ސްވިމިންގގެ ދާއިރާއަށް ޚިދުމަތްކޮށްދީފައިވާ މުއްދަތަށާއި ތަޖުރިބާއަށް ބެލުމަށްފަހު މި އެސޯސިއޭޝަނުންނެވެ.
ކްލިނިކް ބޭއްވުމަށް ހަމަޖެހިފައިވާތަން: މާލެ
މި ކްލިނިކްގައި ބައިވެރި ވެވޭނީ ހަމައެކަނި ފަތަންދަންނަ ފަރާތްތަކަށެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިކަމަށް އެދި ފޯރމް ފުރިހަމަ ކުރުމަށްފަހު، 16 އޮކްޓޫބަރ 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ސަބްމިޓް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު: 3323429، 9947802
އިޢުލާން: http://goo.gl/ZHI0Y7
ބައިވެރިވުމަށް އެދޭ އޮންލައިން ފޯރމް:
No: SAM/2014/IUL/022