ދޯހާ (ޤަތަރު) ގައި ކުރިއަށްދާ 12 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕް (25 މީޓަރ)ގެ ފަހުދުވަހުގެ އިވެންޓްތަކުގެ ތެރެއިން ރާއްޖޭގެ ފެތުންތެރިޔާ އައިމިނަތު ޝަޖަން އަންހެނުންގެ 200މީޓަރ ފްރީސްޓައިލް އިވެންޓްގެ ރާއްޖޭގެ ޤައުމީ ރެކޯރޑް އާކޮށްފިއެވެ.
މިއިވެންޓަކީ ރާއްޖެއިން މިމުބާރާތުގައި ވާދަކުރާ އެންމެ ފަހު އިވެންޓެވެ. މުޅި ޖުމްލަ 8 ރިކޯރޑް މިމުބާރާތުގައި ރާއްޖޭގެ 3 ފެތުންތެރިން އާކޮށްފައިވާއިރު، މިފެތުންތެރިންނާއި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 09 ޑިސެމްބަރ 2014 ވާ އަންގާރަދުވަހުއެވެ.
މުބާރާތުގެ ރިޕޯރޓް: 12th FINA World Swimming Championship – 25m
National Record Renewed:
- 200m Freestyle – Female
- Renewed by: Aminath Shajan (02:28.41)
- Previously Held by: Aminath Shajan (02:33.94) – 2013