News & Announcements

55th Young Participants Session 2015

އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް ޕާޓިސިޕަންޓްސް – ގްރީސް


އިންޓަރނޭޝަނަލް ސެޝަން ފޮރ ޔަންގް ޕާޓިސިޕަންޓްސް (ގްރީސް) ގައި ބައިވެރިވުމަށް 1 އަންހެން އަދި 1 ފިރިހެން ބޭފުޅެއްގެ ނަން އޮލިމްޕިކް ކޮމިޓީއަށް ފޮނުވުމުގެ ފުރުޞަތު މިއެސޯސިއޭޝަނަށް ވަނީލިބިފައެވެ. ވީމާ، މިސެޝަނުގައި ބައިވެރިވުމަށް ބޭނުންވާ، މިހާރުވެސް އެކި ގޮތްގޮތުން މިއެސޯސިއޭޝަނަށް ޚިދުމަތް ކުރައްވަމުން ގެންދަވާ 20 އަހަރާއި 35 އަހަރާއި ދެމެދުގެ ބޭފުޅުން މިކަމަށް އެދި ސިޓީ ހުށަހެޅުއްވުން އެދެމެވެ.

• ޕްރޮގްރާމްގެ ނަން: 55 ވަނަ އިންޓަރނޭޝަނަލް ޝެޝަން ފޮރ ޔަންގް ޕާރޓިސިޕަންޓްސް

• ޤައުމު: ގްރީސް

• ތާރީޚް: 2015 ވަނަ އަހަރުގެ މެއި 23ން 6 ޖޫން އަށް

• އުމުރުފުރާ: 20 އަހަރާއި 35 އަހަރާއި ދެމެދު

• ސިޓީ ހުށަހަޅުއްވަންޖެހޭ ތާރީޚާއި ގަޑި: 08 ފެބްރުއަރީ 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން

• ސިޓީއާއިއެކު ހުށަހަޅުއްވަންޖެހޭ ތަކެތި:

    – އެބޭފުޅެއްގެ ނެޝަނަލް އައިޑީ ކާރޑްގެ ކޮޕީ

    – ވަނަވަރު

    – ތަޢުލީމީ ސެޓްފިކެޓްތައް

    – ފެތުމުގެ ދާއިރާއިން ކޮށްދެއްވާފައިވާ އަދި މިހާރު ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ތަފްޞީލް

• އެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އިސްކަންދެވޭނެ ކަންކަން:

    – ރަނގަޅަށް އިނގިރޭސިން ލިޔަން، ކިޔަން އަދި ވާހަކަ ދައްކަން އިނގޭފަރާތްތައް.

    – މިހާރުވެސް ސްވިމިންގއަށް ޚިދުމަތް ކޮށްދޭ ފަރާތްތައް.

    – އެސޯސިއޭޝަނަށް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ ރިޓަޔަރޑް އެތުލީޓުން.

31 ޖެނުއަރީ 2015

55th Young Participants Session 2015