Announcement for a National Assistant Swimming Coach

ފެތުމުގެ ދާއިރާގެ ވަޒީފާގެ ފުރުޞަތު


ސްވިމިންގ އެސޯސިއޭޝަންއިން ހިންގާ ޕްރޮގްރާމްތަކަށް ތިރީގައިވާ ވަޒީފާތަކަށް މީހުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 5 މާރޗް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަނަށް ސިޓީއާއި ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކާއި އައިޑެންޓިޓީކާޑުގެ ކޮޕީ އަދި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

  • މަޤާމް: ނެޝަނަލް އެސިސްޓަންޓް ކޯޗް
  • ބޭނުންވާ އަދަދު: 1
  • މުސާރަ: 4000.00 (ހަތަރުހާސް ރުފިޔާ)
  • މަސައްކަތްކުރަންޖެހޭ ތަން: މާލެ

މިނިމަމް ފެންވަރު ނުވަތަ ޝަރުތު:

  • ފެތުމުގެ ކޯޗިންގ ކޯސް ފުރިހަމަ ކޮށްފައިވުން.
  • އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
  • އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
  • ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރި ވުމުގެ ޝައުޤުވެރިކަން ހުރުން.
  • އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
  • ވަގުތައް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
  • ފީނާގެ ގަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.

ކުރަންޖެހޭ މަސައްކަތް:

  • އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ޤައުމީ ފެތުމުގެ ސްކޮޑްގެ ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.

ނޯޓް: ޕްރޮފޯރމަންސްއަށް ބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.

24 ފެބްރުއަރީ 2015


Sponsor - Arena Banner


No.: SAM/2015/ILU/004

Announcement for a National Assistant Swimming Coach